Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއާރުގެ ނިންމުންތަކަށް ފާޑުކިޔުން

ވީއޭއާރުގެ ބޭނުމެއް ނުހިފޭ: މޮރީނިއޯ

މީގެ ކުރިންވެސް މޮރީނިއޯ ވަނީ ވީއޭއާރުގެ ނިންމުންތަކަށް ފާޑުކިޔާފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2020 | ހޯމަ 18:01
ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ހޯސޭ މޮރީނިއޯ

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ހޯސޭ މޮރީނިއޯ

ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ ބޭނުމެއް ނުހިފޭ ކަމަށް ބުނެ ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ހޯސޭ މޮރީނިއޯ އަނެއްކާވެސް ފާޑުކިޔައިފިއެވެ.

މީގެ ކުރިންވެސް މޮރީނިއޯ ވަނީ ވީއޭއާރުގެ ނިންމުންތަކަށް ފާޑުކިޔާފައެވެ.

ދާދި ފަހުން މޮރީނިއޯ ބުނީ ވީއޭއާރް ރަނގަޅު ގޮތުގައި ބޭނުން ކުރާނަމަ މައްސަލައެއް ނުފެންނާނެ ކަމަށާއި، އެކަމަކު ގިނަ ފަހަރު ވީއޭއާރް ބެލުމަށްފަހުވެސް ރެފުރީން ނުރަނގަޅު ނިންމުން ނިންމާފައިވާ ކަމަށެވެ. އޭގެ ސަބަބުން ވީއޭއާރުގެ ބޭނުން ނުހިފޭ ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ރެފުރީންނަށްވެސް ގޯސް ހެދޭނެކަން އޭނާ ގަބޫލުކުރާ ކަމަށާއި، އެކަމަކު އެކަން ތަކުރާރުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ވާހަކަތަކަކީ އޭނާ އެކަނި ދަށްކަމުން އަންނަ ވާހަކަތަކެއް ނޫން ކަމަށާއި، މިކަން އިނގިރޭސި އެފްއޭއިން ބަލަން ޖެހޭ ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

ވީއޭއާރުގެ ސަބަބުން ކުޅުންތެރިންނަށް އެކަމުގެ އަސަރު ކުރާކަން ފާހަގަކުރަމުން މޮރީނިއޯ ބުނީ ކުޅުންތެރިން ބައެއް ފަހަރު ޕްރެޝަރަށް ވައްޓާލުމުގައި ވީއޭއާރުގެ ދައުރު ބޮޑު ކަމަށެވެ. އަދި ވީއޭއާރުގެ ސަބަބުން ފުޓްބޯޅައިގެ ފޯރި ކުޑަވެގެން ގޮސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

އިނގިރޭސި މުބާރާތްތަކުގައި މިދިޔަ ސީޒަނުން ފެށިގެން ވީއޭއާރް ބޭނުންކުރަމުން އަންނަނީ އެހެން ގައުމުތަކާ ތަފާތު ގޮތަކަށެވެ. އެ ގޮތުން ދަނޑު ކައިރީގައި ހުންނަ ވީޑިއޯ މޮނީޓަރު އިނގިރޭސި ރެފުރީން ބޭނުމެއްނުކުރެއެވެ. އޭގެ ބަދަލުގައި ވީޑިއޯ ބެލުމަށްފަހު ގިނަ ނިންމުންތައް ނިންމަނީ ވީއޭއާރް ރޫމުގައި ހުންނަ ރެފުރީއެވެ.

ވީއޭއާރުގެ މައްސަލައިގައި މިހާތަނަށް ގިނަ ކޯޗުންތަކެއް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުން ނުކުރުމަށް ސަޕޯޓަރުންނާއި ކޯޗުން އަދި ކުޅުންތެރިންވެސް ވަނީ އެކި ފަހަރު މަތިން ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ

މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ

18 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު