Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން

ދޮން ދަރިއަށް ޖިންސީ ގޯނާ ކުރި ބައްޕައަކު 15 އަހަރަށް ޖަލަށް ލާން ޙުކުމް ކޮށްފި

26 އޮކްޓޯބަރު 2020 | ހޯމަ 10:56

މި މައްސަލައަކީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބެލި މައްސަލައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޮކްޓޯބަރު 2020 | ހޯމަ 10:56
މިއީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އޭރު ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެއް

މިއީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އޭރު ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެއް

10 އަހަރުގެ ދޮން ދަރިއަށް ޖިންސީ ގޯނާ ކުރި ބައްޕައަކު 15 އަހަރަށް ޖަލަށް ލާން ހައިކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލައި، ކުށް ސާބިތު ނުވާ ކަމަށް 2018 ވަނަ އަހަރު ނިންމާފައިވާ މައްސަލައެކެވެ. އެހެން ނަމަވެސް، މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އޭރު ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ޙުކުމް ކުރުމަށް ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލަކުން ޢަމަލު ކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ދައުވާލިބޭ މީހާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާތިލު ކޮށްފައެވެ. އަދި މި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާތީ އޭނާ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ހައިކޯޓުން ކުރި ޙުކުމުގައި ބުނީ، ދޮން ބައްޕަގެ ފަރާތުން 10 އަހަރުގެ މި ކުއްޖާއަށް ލިބުނު ޖިންސީ ގޯނާތަކުގެ ސަބަބުން އެ ކުއްޖާގެ ބިިކުރު ކެނޑިފައިވާ ކަމަށް މެޑިކޯ ލީޖަލް ރިޕޯޓުން ދައްކާ ކަމަށެވެ. އަދި ކުޑަކުއްޖާ ކިޔާދީފައިވާ ވާހަކަތަކާއި، ޑޮކްޓަރީ ގޮތުން ބެލި ބެލުމުން އެކަން އިތުރަށް ސާފުވެގެން ގޮސްފައިވާ ކަމަށް ޙުކުމުގައި ބަޔާން ކޮށްފައިވެއެވެ.

އޭގެ އިތުރުން، ކުއްޖާގެ މަންމައަށް ފާހަގަވެފައިވާ ކަންކަމާއި، އޭގެ ތެރެއިން ބައެއް ކަންކަމަށް އެ ކުއްޖާގެ ދޮން ބައްޕަ އިންކާރު ކޮށްފައި ނުވާކަންވެސް ހައިކޯޓުގެ ޙުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެ ސަބަބުތަކާ ގުޅިގެން މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭކަން ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމި ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި

30 އެޕްރީލު 2017
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި
20 އެޕްރީލު 2017

ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް

20 އެޕްރީލު 2017
ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް