Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޯންޏަކަށް ބަޔަކު އެރި މައްސަލަ

ތޫނު ހަތިޔާރާއެކު ކަނޑުމަތިން ދޯންޏަކަށް ބަޔަކު އެރި މައްސަލައެއް ބަލަނީ

މި ހާދިޔާ ހިނގީ އެންދަމަން ތިއްބާ ރޭ 11:55 ހާއިރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 އޮކްޓޯބަރު 2020 | ހޯމަ 07:01
ތޫނު ހަތިޔާރު ހިފައިގެން ތިބި ބަޔަކު އެރި \"ފަސްކުރި\" ދޯނި

ތޫނު ހަތިޔާރު ހިފައިގެން ތިބި ބަޔަކު އެރި \"ފަސްކުރި\" ދޯނި

ތޫނު ހަތިޔާރާއެކު ކަނޑުމަތިން ދޯންޏަކަށް ބަޔަކު އެރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އާދީއްތަ ދުވަހުގެ ރޭ 11:55 ހާއިރު ލ. އަތޮޅުގެ އެތެރެވަރި، ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރުމުން، އެ ދޯނި ލ. ގަން ތުނޑިއަށް ކައިރި ކުރާކަން އެނގިފައިވާ ކަމަށާއި، ފުލުހުން ދޯންޏަށް ގޮސް ބެލި ބެލުމުން ދޯންޏަށް އިތުރުބަޔަކު އަރާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ދޯންޏަށް ބަޔަކު އެރި ނަމަވެސް މާރާމާރީއެއް ހިންގާފައިނުވާ ކަމަށެވެ. އެހެންނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި، އެއްބަސްވުމަށް އަމަލުނުކުރާ ކަމަށް ބުނެ، ދޯންޏަށް ދިޔަ ބަޔަކު ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، މި މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް، މައުލޫމާތު އޮޅުންފިލުވައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ތަހުގީގު ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގުރޫޕަކުން އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ "ފަސްކުރި" ދޯންޏަށެ އެވެ. އަދި ދޯންޏަށް ބަޔަކު އެރީ އެންދަމަން ތިއްބާ ކަމަށާއި، 30 ވަރަކަށް މީހުން ތިބި ކަމަށްވެއެވެ. އަދި ދޯނި ގަމު ތުނޑިއާއި ކައިރި ކުރި އިރު ފުލުހުން ތިބި ކަމަށާއި، ނަމަވެސް އެ އެންމެންގެ ނަން ނޯޓު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. މި ދޯނީގައި 22 ފަޅުވެރިން ތިބެއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
03 މާރިޗު 2017

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު