Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ޝުކޫރު

މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ޝުކޫރު ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމައިފި

ޖޭއެސްސީން ނިންމީ ވަގުތީ ގޮތުން 60 ދުވަހަށް މެޖިސްޓްރޭޓް ކަމުގެ މަޤާމުން ދުރު ކުރުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޮކްޓޯބަރު 2020 | ހޯމަ 04:37
ޖޭއެސްސީ: ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަތަކުގައި ފިޔަވަޅު އަޅަމުގެ ގާނޫނީ ޒިންމާ އޮންނަނީ ޖޭއެސްސީއަށް

ޖޭއެސްސީ: ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަތަކުގައި ފިޔަވަޅު އަޅަމުގެ ގާނޫނީ ޒިންމާ އޮންނަނީ ޖޭއެސްސީއަށް

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ޝުކޫރު ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މެޖިސްޓްރޭޓް ޝުކޫރު ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރަން، ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިރު, އެ މައްސަލަ ވަނީ ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށް ވެސް އެޖެންޑާ ކޮށްފައެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ތަހުޤީޤު ކުރަމުންދާ މައްސަލަތަކުގެ ބާވަތާއި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށް މެޖިސްޓްރޭޓް ޝުކޫރު ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ، މެޖިސްޓްރޭޓް ޝުކޫރު ވަގުތީ ގޮތުން 60 ދުވަހަށް މެޖިސްޓްރޭޓް ކަމުގެ މަޤާމުން ދުރު ކުރުމަށް ފެންނަ ކަމަށް އާދިއްތަ ދުވަހު ބޭއްވި ކޮމިޝަނުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

މެޖިސްޓްރޭޓް ޝުކޫރާ ގުޅިގެން ޖޭއެސްސީން ތަހުޤީޤު ކުރި މައްސަލަތައް:

އޭގެ އިތުރުން، މެޖިސްޓްރޭޓް އަހުމަދު ޝުކޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންތަކުގައި ފަނޑިޔާރުކަމުގައި ތިއްބަވައިގެން، އިސްކޮށް އުޅުއްވި، ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ކުރީގެ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީ އާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބުއާއެކު އުޅުއްވި ބޭފުޅެއް ކަމަށް ތުހުމަތު ކުރެވެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު