Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޭރުމުގެ މައްސަލަ

ފަސް މިލިއަން ރުފިޔާ ފޭރެން އުޅުނިކޮށް ހުއްޓުވައިފި

މި މައްސަލަ ހުށަހެޅިފައިވަނީ 11:47 ހާއިރު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 25 އޮކްޓޯބަރު 2020 | އާދީއްތަ 17:18
ފުލުހުންގެ އިދާރާ

ފުލުހުންގެ އިދާރާ

ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފަސް މިލިއަން ރުފިޔާ ފޭރެން އުޅެނިކޮށް ހުއްޓުވައިފި އެވެ.

ފުލުހުން ބުނީ ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ބަޔަކުވެގެން ފޭރެން އުޅުނު މައްސަލަ އެއް އާދިއްތަ ދުވަހު ހެނދުނު 11:47 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރެން އުޅުނީ ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ރޫޓް ކުންފުނީގެ ފައިސާތަކެކެވެ.

ފޭރެން އުޅުނު ފޮށިގަނޑުގައި ފަސް މިލިއަން ހުރި ކަމަށް ރާއްޖެ.އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ވީޑީއޯއިން ފެންނަ ގޮތުގައި ވޭނެއްގޮސް ބޭންކް އޮފް ސިލޯން ކައިރިއަށް މަޑުކޮށްލާތަނުން ދެ ސައިކަލެއްގައި ތިބި ބަޔަކުގޮސް ވޭނުން ބާލަން އުޅުން ފޮށިގަނޑު ފޭރިގަންނަން މަސައްކަތް ކުރެއެވެ. ފޭރެން މަސައްކަތް ކުރި މީހުންގެ ތެރެއިން ބައެއް މީހުން ތިބީ ހެލްމެޓް އަޅާފައެވެ.

ވޭން ކައިރި ހުރި މީހަކަށް ހަމަލާ ދިނުމަށްފަހު އެމީހުން އެ ފައިސާ ފޮށި ނެގީ ވޭން ތެރޭ އިން އަންހެނަކު އެ ވޭނުން ނެރެފައެވެ. ފޮށިގަނޑު ނަގައިގެން ގެންދަން އުޅެނިކޮށް އެމީހާ ވެއްޓިފައި އޮއްވާ ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީގާޑު ފޭރޭ މީހުންގެ އަތުން ފޮށިގަނޑު އަތުލާ މަންޒަރު ފެނެއެވެ.

ރޫޓްގެ މުވައްޒަފުންތަކެއްވެސް ފައިސާ ފޮށިގަނޑު ރައްކާތެރިކުރަން މަސައްކަތްކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ. ވީޑިއޯގައި ފޭރެން އުޅުނު މީހުން ދުވެފަގޮސް ފިލަން އުޅުމުން އެމީހުންގެ ފަހަތުން މީހަކު ދުއްވައިގަންނަ މަންޒަރު ފެނެއެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ދަނީ ތަހުޤީގު ކުރަމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު