Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއާރުގެ ނިންމުންތަކަށް ފާޑުކިޔުން

ވީއޭއާރް ބޭނުންކުރީ ހަމައެކަނި ބާސާއާ ދެކޮޅަށް: ކޫމަން

25 އޮކްޓޯބަރު 2020 | އާދީއްތަ 16:06

ރެއާލަށް މި މެޗުގައި ޕެނަލްޓީ ދިނީ ވީއޭއާރުގެ އެހީ ހޯދުމަށްފަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 އޮކްޓޯބަރު 2020 | އާދީއްތަ 16:06
ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން

އެލް ކްލަސިކޯ މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބޭނުންކޮށްފައިވަނީ ހަމައެކަނި ބާސެލޯނާއާ ދެކޮޅަށް ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބާސާ އަތުން ރެއާލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމު 1-1 ން އެއްވަރުވެފައި ވަނިކޮށް ރެއާލުން ލީޑު ނެގީ މެޗުގެ 63 ވަނަ މިނެޓުގައި ކެޕްޓަން ސާޖިއޯ ރާމޯސް ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ ބާސާގެ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ އޭރިއާ ތެރެއިން ރާމޯސްގެ ޖާޒީގައި ހިފުމާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. ގިނަ އިރުތަކެއް ވަންދެން ރިވިއުކުރި މި ޕެނަލްޓީ ދޭން މެޗުގެ ރެފުރީ ނިންމީ ދަނޑުގައި ބަހައްޓާފައި ހުންނަ ވީއޭއާރް ސިސްޓަމް ބެލުމަށްފަހުއެވެ.

މެޗަށްފަހު ކޫމަން ބުނީ މި މެޗުން ބާސާ ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެޕެނަލްޓީ ކަމަށެވެ. އަދި މި މެޗުގައި ބާސާއަށް ހައްގު ދެ ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށާއި، އެކަމަކު ބާސާއަށް ލިބެން ޖެހޭ ޕެނަލްޓީއެއް ދިނުމަށް ވީއޭއާރް އާއި ރެފުރީއަށްވެސް އުނދަގޫވާ ކަމަށެވެ. އަދި މިހާތަނަށް ލީގުގައި ފަސް މެޗު ކުޅުނުއިރު، ވީއޭއާރުގެ އެހީ މުޅިންވެސް ލިބެނީ ބާސާއާ ދެކޮޅަށް ކުޅޭ ޓީމަށް ކަމަށާއި، ދުވަހަކުވެސް ބާސާއާ އެއްކޮޅަށް ވީއޭއާރުން ނިންމުމެއް ނިންމާތަން ނުފެންނަ ކަމަށްވެސް ކޫމަން ބުންޏެވެ.

ރެއާލުން ބާސާގެ ދަނޑުގައި އެ ޓީމު ބަލިކުރިއިރު، މިއީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހަށްފަހު ބާސާގެ ދަނޑުގައި ކުޅެ ރެއާލުން މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ.

އަދި މި ނަތީޖާއާއެކު ރެއާލް ވަނީ ހަ މެޗުން 13 ޕޮއިންޓް ހަމަކޮށް ލީގުގެ އެއްވަނައަށް ޖެހިލާއެވެ. ބާސާ މި ވަގުތު އޮތީ ފަސް މެޗުން ހަތް ޕޮއިންޓާއެކު ލީގުގެ 12 ވަނައިގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
12 ފެބުރުއަރީ 2017

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް