Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީނުން ފަރިތަކުރުންތައް ފެށުން

ގްރީނުން ފަރިތަކުރުންތައް ފަށައިފި، ސްކޮޑާ މެދު ނިސްތާރު ހިތްހަމަޖެހޭ

25 އޮކްޓޯބަރު 2020 | އާދީއްތަ 12:08

ގްރީނުން ފަރިތަކުރުންތައް ފެށީ ހޮނިހިރު ދުވަހުގެ ހަވީރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 އޮކްޓޯބަރު 2020 | އާދީއްތަ 12:08
ހޮނިހިރު ދުވަހު ގްރީނުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ހޮނިހިރު ދުވަހު ގްރީނުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ކުލަބު ގްރީން ސްޓްރީޓްސްއިން ފަރިތަކުރުންތައް ފަށައިފިއެވެ.

ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވަނީ މި މަހުގެ ކުރީކޮޅުއެވެ. އެހެންކަމުން ހޮނިހިރު ދުވަހުގެ ހަވީރު ގްރީނުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

އައު ސީޒަނަށް ގްރީނުން ކުރިމަތިލަނީ އެ ޓީމުގެ ސްކޮޑަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ޒުވާން ކުޅުންތެރިން ކަމަށްވާ ހަސަން ނަޒީމް ގާސިމް (ޗޯޓު) އާއި، މުޙައްމަދު ޖައިލަމް (އޮގީ) އާއި، އަހުމަދު ނާހިލް އިބްރާހިމާއި، މުހައްމަދު ކަރަމް އަދި އިބްރާހިމް ހަސީބު ވަނީ ގްރީނާ ގުޅިފައެވެ. އަދި ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަށް ކުޅުނު ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް އާއި މިސްރުގެ މިޑްފީލްޑަރު ޚަލީލް ޖަމާލުގެ އިތުރުން ޕާކިސްތާނުގެ ގޯލްކީޕަރު ހަނީފް ސާގިބުވެސް ވަނީ އެ ޓީމާ ގުޅިފައެވެ.

"ރާއްޖެޓީވީ" އަށް ދިން އިންޓަވިއުއެއްގައި ގްރީންގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ ގްރީނުގައި އޮތީ ވަރަށް ރަނގަޅު އޭނާ ހިތްހަމަޖެހޭ ސްކޮޑެއް ކަމަށާއި، މެނޭޖުމަންޓުން މަސައްކަތް ކޮށްގެން އޭނާ ބޭނުންވި ވަރަށް ގިނަ ކުޅުންތެރިންތަކެއް ހޯދައިދިން ކަމަށެވެ. އަދި ޓީމުގައި ޒުވާން ކުޅުންތެރިންގެ އިތުރަށް ތަޖުރިބާހުރި ކުޅުންތެރިންވެސް ހިމެނޭ ކަމަށާއި، މި ކުޅުންތެރިން އެކުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ބުންޏެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ނިންމާފައިވާއިރު، މިހާތަނަށް ތިން ޓީމަކުން ވަނީ އައު ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށާފައެވެ، އެއީ ގްރީނުގެ އިތުރުން ކުލަބު ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ފުޓްބޯޅަ ސީޒަން ފަށާއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހަށެވެ. ލީގުގައި ގްރީނުން ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް