Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ގޯލްކީޕަރުންނަށް ފުރުސަތު ދިނުން

ކޮންމެ ކުލަބަކުންވެސް ދިވެހި ގޯލްކީޕަރެއް ބޭނުންކުރަންޖެހޭ: އިމްރާން

24 އޮކްޓޯބަރު 2020 | ހޮނިހިރު 08:05

މި އަހަރުން ފެށިގެން ކުލަބްތުކަށް ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގޮތަށް ހަދަން މީގެ ކުރިން ނިންމި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 އޮކްޓޯބަރު 2020 | ހޮނިހިރު 08:05
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓް އިމްރާން މުޙައްމަދު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓް އިމްރާން މުޙައްމަދު

މި ހާލަތުގައި ލީގުގެ ކޮންމެ ކުލަބަކުންވެސް ވަކި ވަރަކަށް ވަގުތު ދީގެން ދިވެހި ގޯލްކީޕަރެއް ބޭނުންކުރަންޖެހޭ ގޮތަށް އޮތުން މުހިންމު ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓް އިމްރާން މުޙައްމަދު ބުނެފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2018 ވަނަ އަހަރު ވަނީ ދިވެހި ގޯލްކީޕަރުންނަށް ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން މި އަހަރުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރާއްޖޭގެ ކުލަބްތުކަށް ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގޮތަށް ހަދާފައެވެ. އެކަމަކު ކޮވިޑް-19 ގެ މި ހާލަތާއެކު ކުލަބުތަކުން ބޭނުންވެގެން އެފްއޭއެމުން ވަނީ އެ ނިންމުން ބަދަލުކޮށް، ކުރިއަށް އޮތް ސީޒަނުގައި ބިދޭސީ ގޯލްކީޕަރުން ބޭނުންކުރެވޭ ގޮތަށް ވަގުތީ ހުއްދައެއް ދީފައެވެ.

އެކަމަށް އިޝާރާތްކޮށް އިމްރާން ކުރި ޓްވީޓެއްގައި ބުނީ މި ހާލަތުގައި ލީގުގެ ކޮންމެ ކުލަބަކުންވެސް ވަކި ވަރަކަށް ވަގުތު ދީގެން ދިވެހި ގޯލްކީޕަރެއް ބޭނުންކުރަންޖެހޭ ގޮތަށް އޮތުން މުހިއްމު ކަމަށް ދެކޭ ކަމަށެވެ. އަދި ވާދަވެރި މެޗުތަކެއް ދިވެހި ގޯލްކީޕަރުންނަށް ލިބިގެން ނޫނީ ރަނގަޅު ފެންވަރުގެ ގޯލްކީޕަރުންތަކެއް އުފެދުމަކީ ދުރުކަމެއް ކަމަށްވެސް އިމްރާން ވަނީ ބުނެފައެވެ.

މީގެ ކުރިން 2018 ވަނަ އަހަރު އެފްއޭއެމުން ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގޮތަށް ހަދަން ނިންމުމުން، އެ ފަހަރު އިމްރާން ވަނީ އެފްއޭއެމުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށްވެސް ބުނެފައެވެ.

ގައުމީ ގުޓްބޯޅަ ޓީމަށް 17 އަހަރު ވަންދެން ކުޅުނު އިމްރާން ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އަދި އޭގެ ފަހުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިމްރާން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗިންގ ޓީމާ ގުޅުނުއިރު، ގައުމީ ފުޓްބޯޅަ ޓީމާ ގުޅުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް އިމްރާން ބުނީ އެފްއޭއެމުގެ ހުށަހެޅުން ގަބޫލުކުރީ ހާއްސަ އަމާޒުތަކެއްވެސް އޮވެގެން ކަމަށާއި އެ ގޮތުން ރާއްޖޭގެ ޓީމުތަކަށް ގިނަ ބިދޭސީ ގޯލްކީޕަރުން ގެނައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެކަން ބަދަލުކުރުމަށް ގިނަ ގޯލްކީޕަރުންތަކެއް އުފެއްދުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް ބުންޏެވެ.

މިދިޔަ އަހަރު އިމްރާން ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް ކުލަބު ފެންވަރުގައި ގިނަ ޓީމުތަކަށް ކުޅުނެވެ. އަދި އިމްރާނަށް ވަނީ ކުޅިވަރުގެ ރޮނގުން ކޮށްފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން ދޭ ގައުމީ އިނާމުވެސް ހާސިލުކޮށްފައެވެ.

މީގެ އިތުރުން އިމްރާން ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެދީފައިވާ 109 މެޗު ބަލައިގަނެ، ފީފާއިން އޭނާ އެ އެސޯސިއޭޝަނުގެ ސެންޗަރީ ކްލަބުގައިވެސް ވަނީ ހިމަނާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

30 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު
24 އެޕްރީލު 2017

ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި

24 އެޕްރީލު 2017
ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި
22 އެޕްރީލު 2017

ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި

22 އެޕްރީލު 2017
ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި
11 އެޕްރީލު 2017

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ
11 އެޕްރީލު 2017

ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ

11 އެޕްރީލު 2017
ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
03 މާރިޗު 2017

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް