Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޮންދީނީގެ އާބާދީ ހިމާުޔަތް ކުރުން

ދޮންދީނީ އާބާދީއަށް ގެއްލުން ވާތީ ކާޅު ނައްތާލުމުގެ މަސައްކަތް ފަށައިފި

މި ދުވަސް ވަރު ކާޅު ވަރަށް ގިނަ

އަމްނާ އިމާދު
އަމްނާ އިމާދު | 24 އޮކްޓޯބަރު 2020 | ހޮނިހިރު 07:17
ކާޅެއް، މިއީ އެއްވެސް އިރަކު އައްޑޫ ސިޓީގައި ދިރިއުޅޭ އެއްޗެއް ނޫން

ކާޅެއް، މިއީ އެއްވެސް އިރަކު އައްޑޫ ސިޓީގައި ދިރިއުޅޭ އެއްޗެއް ނޫން

އައްޑޫ ސިޓީގެ ދޮންދީނީ އާބާދީއަށް ކާޅުގެ ސަބަބުން ގެއްލުންވެ، ނަސްލު ނެތި ހިނގައި ދާނެ ކަމުގެ ބިރު ހީވެފައި ވާތީ ކާޅުތައް ނައްތާލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

"ރާއްޖެއެމްވީ" އަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވީ ކާޅަނީ އެއްވެސް އިރަކު އައްޑޫ ސިޓީގައި ދިރިއުޅޭ އެއްޗެއް ނޫން ކަމަށާއި، އެއީ ވަކި ދުވަސް ވަރަކަށް އަންނަ އެއްޗެއް ކަމަށެވެ. އެގޮތުން މި ދުވަސް ވަރު އައްޑޫގައި ކާޅު ވަރަށް ގިނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ ޕެސްޓް ނައްލާތުމަށްޓަކައި ކުރަން ޖެހޭ އަމަލީ މަސައްކަތްތައް ހޮނިހިރު ދުވަހު އެމްއެންޑީއެފުން ފަށާފައިވާ ކަަމަށެވެ. ދާ އަޅައިގެން ނުވަތަ ބަޑި ޖަހައިގެން ނަމަވެސް، މި މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ކާޅުގެ އުނދަގޫ ބޮޑުވެ ދޮންދީނީގެ އާބާދީއަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވާ އިރު، މިހާރު އައްޑޫ ނޭޗަރ ޕާކުގެ ތެރޭގައި ވެސް ކާޅު އުޅޭ ކަމަށެވެ. އެގޮތުން މާކަނާގެ ހާލިތަކަށް ހަމަލާދީ ބިސްތައް ބޯކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކާޅުތައް ފޮނުވާލުން ނުވަތަ ނައްތާލުމުގެ މަސައްކަތްތައް ކުރަނީ އެހެނިހެން ދިރޭ ތަކެތީގެ ހިމާޔަތަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަނޑުތަކަށް ވެސް ގެއްލުން ވަމުން ދާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އައްޑޫގައި ކާޅު ނައްތާލުމުގެ މަސައްކަތް ފަށާފައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ހުއްދައާ ފުރިހަމަ އެއްބާރުލުމާއެކުއެވެ.

އެކަމާ ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ކާޅަކީ އައްޑޫގައި އާއްމު ގޮތެއްގައި އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ، އޭގެ ސަބަބުން އުނދަގުލަކަށް ވާނަމަ އެއީ ޕެސްޓެއްގެ ގޮތުގައި ބަލާ އަޅަން ޖެހޭ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު