Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެއިން ކަރަންޓް ކަނޑައިގެންދިޔުމާއި ސަރުކާރުގެ އ

މާލެއިން ކަރަންޓް ކެނޑުނު ނަމަވެސް، ސަރުކާރުގެ އޮންލައިން ޚިދުމަތްތަކަށް ބުރޫ ނާރާ

މާލެއިން ހުކުުރު ދުވަހު ގިނަ ވަގުތުތަކެއްގައި ވަނީ ކަރަންޓް ކަނޑައިގެންގޮސްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 އޮކްޓޯބަރު 2020 | ހުކުރު 18:12
މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް

މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް

މާލެ ސިޓީން ހުކުރު ދުވަހުގެ ގިނަ ވަގުތުތަކެއްގައި ކަރަންޓް ކަނޑައިގެން ގޮސްފައިވާ އިރު އެ ވަގުތުތަކުގައި ސަރުކާރުގެ އީ-ގަވަރމަންޓް ޚިދުމަތް މެދު ނުކެނޑި ދެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއިން ބުނެފިއެވެ.

ހުކުރު ދުވަހުގެ ހެނދުނު 8:30 ހާއިރުން ފެށިގެން ގާތްގަނޑަކަށް މެންދުރު 12:30 އާ ހަމައަށް ސްޓެލްކޯއަށް ދިމާވި މައްސަލަތަކާއި ގުޅިގެން މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައި ވެއެވެ. އަދި އޭގެ ފަހުން މެންދުރު ފަހު ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވެއެވެ.

ކޮމިޔުނިކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިސަރުކާރުގެ ކުރީކޮޅު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ޑާޓާ ސެންޓަރުގެ ޔޫޕީއެސް ޕަވަރ ސިސްޓަމް ވަރުގަދަކުރެވި ޖެނެރޭޓަރ ސަރވިސް ކުރެވިފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހު އޮފީސްތައް ބަންދު ކޮށްފައި ވަނިކޮށް މާލެއިން ކަރަންޓް ދިޔުމާ އެކު އެންސީއައިޓީގެ ސްޓާފުންނަށް ޑާޓާ ސެންޓަރަށް ހާޒިރުވެ އިކުއިޕްމެންޓްތައް ރައްކާތެރި ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެކަށީގެންވާ ވަގުތު ލިބުނީ މި ސަރުކާރުން ގާއިމު ކޮށްދިން ޔޫޕީއެސް ސިސްޓަމްގެ ސަބަބުން ކަމަށެވެ.

ކަރަންޓް ކަނޑައިގެން ދިޔަ ނަމަވެސް ޑާޓާތައް ނުގެއްލި ދެމުން ގެންދިޔަ ޚިދުމަތްތަކާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞޯލިހު ވިދާޅުވީ ކަރަންޓް ކަނޑައިގެން ދިޔަ ވަގުތުތަކުގައި އީ-ގަވަރމެންޓްގެ ތެރެއިން ދެމުން ގެންދިޔަ ޚިދުމަތްތަކުގެ ތެރޭގައި ބޯޑަރ ކޮންޓްރޯލް ނިޒާމާއި، އެކްސްޕެޓް އަދި އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ކަންކަން ބަލަހައްޓާ ސިސްޓަމްގެ ޚިދުމަތް ހިމެނޭ ކަމަށެވެ.

ކަރަންޓް ކަނޑައިގެން ދާއިރު މިފަދަ ޑާޓާތައް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮންނަ ކަމަށާއި އެހެން ނަމަވެސް އެންސީއައިޓީގެ މުވައްޒަފުން މިކަމަށް ސަމާލުވެ ޖަނަރޭޓަރުތައް ޖައްސާ އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާ ގޮތަކަށް އެކަން ކޮށްފައިވާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމުގައި އެންސީއައިޓީގެ މަދު މުވައްޒަފުންތަކެއް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން އަލަށް އުފެއްދެވި ވުޒާރާތަކުގެ ތެރެއިން ވުޒާރާއެކެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު