Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ

ވެންޓިލޭޓަރު މައްސަލަ: ޕީޖީ ހާޒިރުކޮށް ޖުޑީޝަރީ ކޮމިޓީންވެސް މައްސަލަ އިތުރަށް ބަލަނީ

މެމްބަރުން ވަނީ މި މައްސަލައާއެކު ކުރިއަށްދާނެ ގޮތްތަކެއް ކަނޑައަޅުއްވާފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2020 | ހުކުރު 06:27
ޕީޖީ ޝަމީމް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަޑައިގެން މައުލޫމާތު ހިއްސާ ކުރައްވާފައި

ޕީޖީ ޝަމީމް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަޑައިގެން މައުލޫމާތު ހިއްސާ ކުރައްވާފައި

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ސާފު ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ހާޒިރު ކުރުމަށް ކޮމިޓީން ނިންމައިފިއެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާ ދެމެދު ޙިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް އަދި ޤަރީނާއެއް ނެތްކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެކަން އިތުރަށް ބެއްލެވުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވެވި މެމޯއެއް ބުދަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ވަނީ އިއްވަވާފައެވެ. އެއާ ގުޅިގެން މެމްބަރުން ވަނީ މި މައްސަލައާއެކު ކުރިއަށްދާނެ ގޮތްތަކެއް ކަނޑައަޅުއްވާފައެވެ.

އެކަމާ ގުޅޭގޮތުން މެމްބަރު ޙަސަން ލަތީފް ވިދާޅުވީ، މިއީ ޚާއްސަ އިސްކަމެއް ދީގެން ބަލަންޖެހޭ މައްސަލައެއް ކަމަށާއި، މިނިސްޓަރު އަބްދުﷲ އަމީންގެ އިސްތިއުފާއާއެކު މި މައްސަލަ ނިމިގެންދާ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން މި މައްސަލަ ކޮމިޓީން ދިރާސާ ކުރާއިރު، ލިއުމުން މި މައްސަލައާ ގުޅޭ މައުލޫމާތު ހޯއްދެވުމުގެ އިތުރުން، ޕީޖީ ހުސައިން ޝަމީމް ކޮމިޓީއަށް ހާޒިރު ކުރުމަށްވެސް މެމްބަރު ޙަސަން ލަތީފް ވަނީ ހުށައަޅުއްވާފައެވެ.

އޭގެ އިތުރުން، މި މައްސަލަ ބަލާ ނިމޭއިރު، ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް އަމަލު ކުރާނެ ގޮތްތަކެއްވެސް ކަނޑައަޅައި، 31 އޮކްޓޯބަރުގެ ނިޔަލަށް މި މައްސަލަ ކޮމިޓީން ނިންމައި ރިޕޯޓް އެކުލަވާލުމަށްވެސް މެމްބަރު ޙަސަން ލަތީފް ވަނީ ހުށައަޅުއްވާފައެވެ.

މެމްބަރު ޙަސަން ލަތީފްގެ މި ހުށައެޅުއްވުންތަކަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ތާއީދު ކުރައްވާފައެވެ. އެގޮތުން ސިރާޖު ވިދާޅުވީ، މިފަދަ ބޮޑު މައްސަލައެއްގައި ދައުވާ އުފުލާފައިނުވާއިރު، އޭސީސީގެ ތަޙުޤީޤުތަކާ ގުޅޭގޮތުން މީގެ ކުރިންވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ކޮމިޓީން ބަލަމުންދާއިރު، އޭސީސީއާ ގުޅިގެން ހުށައެޅެމުންދާ ޝަކުވާތައް އިތުރަށް ބެލުމަށްވެސް މެމްބަރު ސިރާޖު ވަނީ ހުށައަޅުއްވާފައެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ ހެލްތް މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭސީސީން ކޮށްފައިވާ ތަހުޤީޤުގައި ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ޕީޖީ ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ އަނބުރާ ފޮނުވާލެއްވި ސަބަބު ތަފްސީލު ކޮށްދެއްވަމުން އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، މި މައްސަލައިގެ ތަހުޤީޤު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ.

ޕީޖީ ވިދާޅުވީ، އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. އެހެން ނަމަވެސް، އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ތަކުރާރުކޮށް ވިދާޅުވެފައިވަނީ ދައުވާ ކުރަން ފޮނުވީ އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.

މި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންވެސް ބަލާފައިވެއެވެ. އެގޮތުން ކޮމިޓީއަށް ހާޒިރުވެ ދެއްކެވި ވާހަކައިގައި ޕީޖީ ޝަމީމް ވަނީ މި މައްސަލައިގައި ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ ޑިއުޓީ ޕްރޮސެކިއުޝަން މަރުޙަލާ މުޅިން ފުރިހަމަ ނުކޮށް ކަމަށް ވިދާޅުވެފައެވެ.

ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުޙަލާއެއް ރާއްޖެގައި ފުރަތަމަ ފަށާފައި ވަނީ ޕީޖީގެ މަގާމާ ހުސެއިން ޝަމީމް ހަވާލު ވެވަޑައިގެންނެވި ފަހުންނެވެ. މި މަރުޙަލާ ތައާރަފު ކުރަން ނިންމީ އެމްއެމްޕީއާރުސީ މައްސަލައިގައި ޕީޖީ އޮފީހުގަ ކަން ހިނގައި ދިޔަ ގޮތް ބެލުމަށްޓަކައި ހެދުނު އިންޓަރނަލް އިންކުއަރީގައި، އެއްވެސް ހަމައެއް ނެތި ބައެއް މައްސަލަތައް ބަލައިގަނެފައިވާ ކަން ހާމަ ވުމުންނެވެ. އަދި ތަހުޤީޤު ފުރިހަމަ ނުވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް އަނބުރާ ފޮނުވާލަންޖެހޭ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުންވެސް މެއެވެ.

ޕީޖީގެ ވާހަކަތަކާ ގުޅިގެން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ފުރިހަމަ ކުރުމަކީ ގާނޫނުން ލާޒިމު ކުރާ ކަމެއް ނޫން ކަމަށާއި އެއީ 'ޕްރެކްޓިސް' އެއް ކަމަށެވެ. އަދި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގެ ސަބަބުން ތަހުގީގުތައް ލަސްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު