Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫބާ ޑައިވިންގ ރެކޯޑް

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ސްކޫބާ ޑައިވިންގ އިވެންޓެއް ބާއްވަނީ!

22 އޮކްޓޯބަރު 2020 | ބުރާސްފަތި 18:18

ކްލޯއިން ދުނިޔޭގެ 3 ރެކޯޑެއް ގާއިމް ކުރަން ނިންމާފައިވަނީ ތަފާތު ތިން ގައުމެއްގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 22 އޮކްޓޯބަރު 2020 | ބުރާސްފަތި 18:18
ރާއްޖޭގައި ސްކޫބާ ޑައިވިންގ އިވެންޓު ބޭއްވުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގައި ސްކޫބާ ޑައިވިންގ އިވެންޓު ބޭއްވުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ރާއްޖޭގައި ސްކޫބާ ޑައިވިންގ ވޯލްޑް ރެކޯޑް އިވެންޓެއް ބޭއްވުމަށް ހަމަ ޖެހިއްޖެއެވެ.

މޯލްޑިވް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ދުނިޔޭގެ ތަފާތު 3 ރެކޯޑެއް ގާއިމް ކުރުމަށް މަސައްކަތް ފަށާފައިވާ އިންޑިއާގެ ޖަމިއްޔާއެއް ކަމަށްވާ "ކޮންކަރ ލޭންޑް އެއަރ ވޯޓަރ ގްލޯބަލް އެޑްވެންޗަރސް އެލްއެލްޕީ" (ކްލޯ) އާއެކު މަސައްކަތް ކުރުމަށް އެ ކުންފުނިން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަަށެވެ.

Advertisement - newsAdvertisement

ކްލޯ ޖަމިއްޔާއަކީ އިންޑިއާގެ ސްޕެޝަލް ފޯސަސްގައި މަސައްކަތް ކޮށް މިހާރު ރިޓަޔަރ ކޮށްފައިވާ އެކުވެރިންތަކެއް އުފައްދާފައިވާ ޖަމިއްޔާއެެކެވެ. މި ޖަމިއްޔާއިން ވަނީ 2019 ވަނަ އަހަރު 'އޮޕަރޭޝަން ބްލޫ ފްރީޑަމް' ގެ ނަމުގައި މި ހާއްސަ ހަރަކާތް ލޯންޗު ކޮށްފައެވެ.

އެގޮތުން ކްލޯއިން ދުނިޔޭގެ 3 ރެކޯޑެއް ގާއިމް ކުރަން ނިންމާފައި ވަނީ ތަފާތު ތިން ގައުމެއްގައެވެ. ތިން އިވެންޓަކަށް ބަހާލައިގެން ގެންދިއުމަށް ހަމަޖެހިފައިވާ މި އިވެންޓުތަކުގެ ތެރެއިން 'ލޭންޑް' މި އިވެންޓު ކުރިއަސް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޑިއާގައެވެ. 'އެއަރ' މި އިވެންޓު ދުބާއީގައި ހިންގުމަށް ހަމަޖެހިފައި ވާއިރު 'ވޯޓަރ' އިވެންޓު ހިންގުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގައެވެ.

ސްކޫބާ ޑައިވިންގ އިވެންޓް ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައި ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާރޗް މަހުގެ ތެރޭގައެވެ. މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ކްލޯގެ ޓީމެއް ރާއްޖެއަށް ޒިޔާރަތް ކޮށް އެ ޓީމުގެ ފަރާތުން ކަމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާތަކާ ބައްދަލު ކޮށް މި އިވެންޓާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ޓީމުން ވަނީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހުމަދު މަހުލޫފްއާ ވެސް ބައްދަލު ކުރަައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް ޖެންޑަރ މިނިސްޓަރ، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަން، އެމްއެމްޕީއާރްސީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިތުރުން ޑައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިސް ބޭފުޅުންނާ ވެސް ވަކިވަކިން ބައްދަލުވުންތައް ބޭއްވުނުކަމަށް މި ބަޔާނުގައި ވެއެވެ.

އެމްއައިޓީޑީސީއިން އިތުރަށް ބުނީ މި ހުރިހާ ފަރާތްތަކުން ވެސް މި އިވެންޓްގެ ވޯޓަރ ސެގްމެންޓް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާ ކޮށްފައިވާ ކަމަށާ މި އިވެންޓަށް ފުރިހަމަ އެއްބާރުލުން އަދި އެހީތެރިކަން ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

މި އިވެންޓާ މެދު ކްލޯގެ ފައުންޑަރ ކަމުގައިވާ އިންޑިއާގެ ސްޕެޝަލް ފޯސަސްގެ ރިޓަޔާޑް މޭޖަރ ވިވެކް ޖޭކަވް ވިދާޅުވީ ހާއްސަ އެހީތެރި ކަމަށް ބޭނުންވާ ފަރާތްތަކަކީ ވެސް އެހެން އިންސާނުންނާ އެއްހަމަ މީހުން ކަމަށާ އެތައް ކަމެއް ތަޖުރިބާ ކުރަން ބޭނުންވާ މީހުން ކަމުގައެވެ. ނަމަވެސް ތަފާތު ގޮންޖެހުންތަކުގެ ސަބަބުން މިފަދަ ހަރަކާތްތަކުގައި ބައިވެރި ވުމަކީ އުނދަގޫ ކަމެއް ކަމަށާ ކްލޯގެ މަގްސަދަކީ މި ގޮންޖެހުންތައް ނައްތާލުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރާއްޖެއިން މިކަމަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށާ އެމްއައިޓީޑީސީއާ ދެމެދު ވެވުނު އެއްބަސްވުމަކީ މި އިވެންޓަށް ލިބިގެން ދިޔަ ވަރަށް ވެސް ބޮޑު އެއްބާރުލެއްވުމެއް ކަމުގައެވެ. މިކަމަށްޓަކާ އޭނާ ވަނީ ރާއްޖެއާ ސަރުކާރަށް އިހުލާސްތެރި ޝުކުރެއް އަދާ ކުރާ ކަމަށް ވިދާޅުވެފައެވެ.

އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ކާމިޔާބު ފަތުރުވެރިކަމުގެ ސިލްސިލާއަށް ލިބިގެން އަންނަ އިތުރު ކުރިއެރުމެއް ކަމުގައެވެ. އަދި 2021 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 49 ވަނަ އަހަރު ފެރޭ އަހަރު ކަމަށާ މި އިންޑަސްޓްރީގެ ފަރާތުން ތަަފާތު ހަރަކާތްތަކެއް ހިންގުމަކީ މުހިއްމު ކަމެއް ކަމުގައި ވިދާޅުވަމުން ރާއިދު ވިދާޅުވީ ކޮވިޑް – 19 ގެ ސަބަބުން ލިބުނު ބޮޑު ގެއްލުމުން އަރައިގަތުމަށް އިތުރު ސަޕޯޓެއް ބޭނުންވާކަމަށެވެ.

ކްލޯގެ މި އިވެންޓަކީ ފަތުރުވެރިކަމުގެ އިތުރުން ހާއްސަ އެހީތެރި ކަމަށް ބޭނުންވާ ފަރާތްތަކަށް މާތް މަތިވެރި މަގްސަދެއްގައި ހިންގޭ އިވެންޓެއް ކަމަށާ މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާ މެދު ދެކޭގޮތް ބަދަލުވެ ދުނިޔޭގެ ކުރިމަތީގައި އިންޑަސްޓްރީގެ ގަދަރު އުފުލިގެން ދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިވެންޓްގައި ގިނަ ބަޔަކު ބައިވެރިވުމަށް ހަމަޖެހިފައިވީ އިރު ވީހާވެސް ގިނަ ދިވެހިން ބައިވެރި ވުމަށް ވެސް ވަނީ ހުޅުވާލާފައެވެ. މި އިވެންޓް ކާމިޔާބު ކަމާ އެކު ހިންގުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހާއްސަ މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް