Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސްނެގުމާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާ

ހިސާންގެ ރައްދު ޝިޔާމަށް: ވަކި މީހެއްގެ އަތުން ފައިސާ ނުލިބިގެން ނޫޅޭ، މި އުޅެނީ ހުރިހާ ވަގުން ހޯދަން

ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2020 | ބުރާސްފަތި 05:02
ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން އަދި ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް

ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން އަދި ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް

ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅާފައިވަނީ ވަކި މީހަކު ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ނޫންކަމަށް ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެވެ. މިބިލް ހުށަހަޅާފައިވަނީ މައިގަނޑު ހަތަރު އިސްލާހެއް ގެނައުމަށެވެ. އޭގެތެރޭގައި ހިމެނޭ އެއް އިސްލާހަކީ ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން އަމިއްލަ ފަރުދަކު ނުވަތަ ޤާނޫނީ ޝަހުސަކުން ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ލާޒިމްކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދައުލަތުގެ ނަމުގައި ބަލައިގަތުމުގެ ބާރު މީރާއަށް ލިބިދިނުމެވެ. އަނެއް އިސްލާހަކީ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ދައްކާފައިނުވާނަމަ އެފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ އިޚުތިޔާރު ބަންޑާރަ ނައިބަށް ލިބިދިނުމެވެ. އަދި ދައްކާފައިނުވާ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް ހުށަހަޅުމުގެ ކުރިން އެފައިސާ ހޯދުމަށްޓަކައި މީރާއަށް ފައިސާ ދައްކާފައިނުވާ ފަރާތްތަކާ މެދުގައި އެޅިދާނެ އިތުރު ފިޔަވަޅުތައް ބަޔާންކުރުމަކީވެސް މިއިސްލާހުގެ ބިލްގައިވާ ކަންތައްތަކެވެ.

މިބިލަށް ބަހުސްކުރައްވަމުން އަންގާރަ ދުވަހުގެ ޖަލްސާގައި ވެސް އަދި ބުދަ ދުވަހުގެ ޖަލްސާގައި ވެސް ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ޝިޔާމް ވިދާޅުވީ މިއިސްލާހަކީ ރައީސް ޔާމީނަށް ޓާގެޓްކޮށްގެން ހަދާފައިވާ އިސްލާހެއް ކަމަށެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި، މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000.00 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އެ ފަރާތަށް އަންގައި، 28 ނޮވެންބަރު 2019 ގައި ވަނީ ހުކުމްކޮށްފައެވެ. އެހެންނަމަވެސް އެފައިސާ އަދިވެސް ދައްކާފައިނުވާ ކަމަށް ދާދިފަހުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.

ޝިޔާމްގެ މިވާހަކަތަކަށް ރައްދުދެއްވަމުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ހިސާން ހުސައިން ވިދާޅުވީ މިބިލްގެ ސަބަބުން ޓެކްސްގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ނުވަތަ ޓެކްސް ދެއްކުމަށް ކުޑަކޮށް ފަހަތު ފަޔަށް ބުރަވެފައިވާ ފަރާތްތަކުގެ އަތުން ހޯދަންޖެހޭ ފައިސާ ދައުލަތަށް ހޯދުމަށް ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކެއް މިބިލްގެ ޒަރީޢާއިން އަންނާނެ ކަމަށް ދެކެވަޑައިގަނަންނަވާ ކަމަށެވެ. އެއީ ކޯޓަކުން ކޮށްފައިވާ ޖޫރިމަނާއެއް ކަމުގައިވިޔަސް، ދައުލަތުގެ އިދާރާއަކުން ކޮށްފައި އޮތް ޖޫރިމަނާ އެއް ކަމަށްވިޔަސް އަދި އެހެނިހެން މުއާމަލާތްތަކާއި ގުޅިގެން ނަގާ ފީއެއް ފަދަ ފައިސާ އެއް ކަމުގައިވީ ނަމަވެސް މީރާއަށް ފައިސާ ދައްކައި ސެންޓްރަލް ނިޒާމަކުން ފައިސާ ބަލައިގަނެވޭނެ ހިސާބު ޖެހޭނެ ނިޒާމެއް އޮތުމަކީ އެކައުންޓަބިލިޓީއަށް މުހިންމު ކަމެއްކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ކޯޓުތަކުގެ ހުކުމްތަކުން ބޮޑެތި އަދަދުތަކުން މީހުން ޖޫރިމަނާކޮށް އެފައިސާ ނުދެއްކުމުން ވާގޮތް މިހާރު މާބޮޑަށް ސާފުވެގެން ނުދާ ކަމަށެވެ. ބައެއް ޒާތުގެ ފައިސާ އާންމު ފަރުދުން ނުދެއްކުމުން އޭގެ ނަތީޖާތަކެއް ހުންނަކަމަށް ހިސާން ވިދާޅުވިއެވެ. އެހެންމަވެސް ލައްކައިންނާއި މިލިއަނުން ފައިސާ ދައްކަންޖެހޭ މީހުން އެފައިސާ ނުދެއްކުމުން އޭނާ އާ މެދު އަޅާ އިތުރު ފިޔަވަޅެއް ނޯންނަ ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ މިބިލްގެ ޒަރީޢާއިން މިގޮތަށް ޚާއްސަ ގޮތެއްގައި ކުށްކޮށްގެން ކޯޓުން ކޮށްފައި ހުންނަ ޖޫރިމަނާ އާއި ދައުލަތަށް ނަގަންޖެހޭ ބަދަލު ނަގައިދިނުމަށް ފަސޭހަވެގެންދާ ކަމަށެވެ. އަދި ހުރިހާ އެންމެންވެސް މިއުޅެނީ ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންކަންކޮށް އެއިންތިޒާމުތައް ހަމަޖެއްސުމަށްކަމަށް ހިސާން ވިދާޅުވިއެވެ.

ރައީސް ޔާމީން ދައުލަތަށް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ހޯދުމަށް އެޓަރނީ ޖެނަރަލް (އޭޖީ) ގެ އޮފީހުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވަނީ އޮގަސްޓް މަހުގެ ތެރޭގައި އަންގާފައެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ރައީސް ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު