Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރުންނާއި ވަޒީރުންގެ ގުޅުން

ވަޒީރުންނަށް ގުޅާ ދާއިރާގެ ކަންކަމުގައި ނުކިޔުމަށް ރައީސް ނަޝީދު އިލްތިމާސް ކުރައްވައިފި

21 އޮކްޓޯބަރު 2020 | ބުދަ 18:19

ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަށް މެމްބަރުން ވައުދުވެވަޑައިގެންނެވި ނަމަވެސް ވަޒީރާ ގުޅުން ބާއްވަންޖެހޭނީ މަޖިލިސް މެދުވެރިކޮށް ސުވާލު ކުރައްވައިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޮކްޓޯބަރު 2020 | ބުދަ 18:19
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގުޅުއްވާ ދާއިރާގެ އެކި ކަންކަން ކުރުމަށް ވާހަކަ ދެއްކުމަކީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން ހޯމް މިިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ އާ ވަނީ ސުވާލުކޮށްފައެވެ. އެގޮތުން އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ދިއްގަރު ދާއިރާގެ މެމްބަރ އިކްރާމް ހަސަން ވަނީ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ކައިރިއަށްގޮސް ވޯޓު ހޯދިއިރު ސަރުކާރާއެކު ގާތުން މެދުވެރިއަކަށް ވެގެން މަސައްކަތްކުރާނެ ކަމަށް ރައްޔިތުން ކައިރީ ދަންނަވާފައި ވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހޯމް މިނިސްޓަރަކީ އެލްޖީއޭގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާ ބޭފުޅެއް ކަމަށާއި ދާއިރާގެ އެކި ކަންކަމުގައި މިނިސްޓަރަށް ގުޅުއްވަން މަސައްކަތް ކުރާ އިރު ނުގުޅޭ މައްސަލަ ވަރަށް ބޮޑަށް ފާހަގަވާ ކަމަށް އިކްރާމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކަމުގައި މިިނިސްޓަރު ގެންގުޅުއްވާ އެއްވެސް ސިޔާސަތެއް އޮވޭތޯ އާއި މިނިސްޓަރ މަޖިލީހަށް ހާޒިރު ކޮށްގެން ނޫން ގޮތަކަށް ޖަވާބު ނުލިބޭނެތޯ އިކްރާމް ވަނީ ސުވާލު ކުރައްވާފައެވެ. އިކްރާމް މި ސުވާލު އެއްސެވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވިދާޅުވީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް މެމްބަރުން ވައުދުވެވަޑައިގެންނެވި ނަމަވެސް ވަޒީރާ ގުޅުން ބާއްވަން ޖެހޭނީ މަޖިލިސް މެދުވެރިކޮށް ސުވާލު ކުރައްވައިގެން ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ މިނިސްޓަރ އިމްރާނަށް ޖަވާބު ދެއްވުމުގެ ފުރުސަތު ދެއްވުމުން މިނިސްޓަރ ވިދާޅުވީ ރިޔާސަތުން އެ ސުވާލުގެ ޖަވާބުގެ އެއްބައި ދެއްވައިފި ކަމުގައެވެ. އަދި، މިނިސްޓަރަށް އަންނަ ހުރިހާ ފޯނު ކޯލަކަށް ޖަވާބު ނުދެއްވޭކަން ގަބޫލުކުރައްވި ނަމަވެސް، ވީވަރަކުން ޖަވާބު ދާރީވުމަށް މަސައްކަތް ކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ބައެއް ވަޒީރުން ބައެއް މެމްބަރުންގެ ދާއިރާތަކުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ވަޒީރުންނާއި ގާތް މެމްބަރުންގެ ދާއިރާތަކުގެ ކަންކަން ކޮށްދެއްވަމުންދާ ކަމަށާއި މެމްބަރުންނަށް އެނގިވަޑައި ނުގަން ދާއިރާތަކުގެ މަޝްރޫޢުތަކަށް ބަދަލު އަންނަ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

27 އެޕްރީލު 2017
ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި
18 އެޕްރީލު 2017

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި

18 އެޕްރީލު 2017
ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި
12 އެޕްރީލު 2017

މެމްބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެމްބަރުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް

12 އެޕްރީލު 2017
މެމްބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެމްބަރުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް
04 އެޕްރީލު 2017

ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

04 އެޕްރީލު 2017
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް