Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދުނިޔޭގެ ތަފާސްހިސާބުގެ ދުވަސް

ސިޔާސަތުތައް އެކަށައެޅުމުގައި ތަފާސްހިސާބު މުހިންމު ދައުރެއް އަދާކުރޭ: ރައީސް

ކޯވިޑް-19 ގެ ހާލަތުގައި ވެސް ތަފާސްހިސާބުގެ މުހިންމުކަން ފާހަގަވެގެން ގޮސްފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2020 | އަންގާރަ 13:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ފުރިހަމަ ގޮތެއްގައި ތަފާސްހިސާބު ބެލެހެއްޓުމަކީ ޤައުމެއްގެ އިޤުތިޞާދުގެ އުފެއްދުންތެރިކަން ދެނެގަތުމާއި، ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމާއި، އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ޚިޠާބުގައެވެ.

Advertisement - newsAdvertisement

ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަފާސްހިސާބު ބަލަހައްޓައި، އެއްކުރާ މަޢުލޫމާތުގެ އަލީގައި ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމުގައެވެ.

ހަމަ މި މޭރުމުން އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތައް އެކަށައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) ގައި އެކުލެވިގެންވާ ދާއިރާތަކުގެ އިތުރުން ދައުލަތް ހިންގުމުގައި ހިމެނޭ ކަންކަމަކީ ވެސް ތަފާސްހިސާބު ބޭނުންކޮށްގެން އެ ދާއިރާތަކުން ހާސިލު ކުރެވޭ ކަންކަމާއި، ކުރިއެރުން ހޯދޭ މިންވަރު ދެނެގަނެވޭނެ ކަންކަން ކަމުގައެވެ.

މީގެ އިތުރުން، މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތުގައި ވެސް ތަފާސްހިސާބުގެ މުހިންމުކަން ފާހަގަވެގެން ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ގޮތުން، މި ބަލިމަޑުކަމުން އަރައިގަތުމަށް ޚަރަދު ކުރުމާއި، ބަލި ފެތުރޭ މިންވަރު ދެނެގަތުމާއި، ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ތަފާސްހިސާބުގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ތަފާސްހިސާބުގެ ދުވަހެއް ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާއެރުވުމުން، އެ ފަދަ ދުވަހެއް ފާހަގަކުރުމަށް ނިންމެވި މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަކީ ޤައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމަވާފައި ވަނީ، ތަފާސްހިސާބުގެ ދާއިރާ އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުންދޭ އަހަންމިއްޔަތުކަން ފާހަގަކޮށް، ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއަޅައި، މި ދާއިރާއިން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފައިކުރުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަކުރަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރުއެވެ. މި އަހަރު މި ދުވަސް ފާހަގަކުރަމުންދަނީ "އިތުބާރުހުރި ތަފާސްހިސާބުން ދުނިޔެ ގުޅައިލުން،" މި ޝިޢާރުގެ ދަށުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާސިމް ހިތުގެ ސްކޭނެއް ހެދުން މުހިންމު : ޑޮކްޓަރުން

ޤާސިމް ހިތުގެ ސްކޭނެއް ހެދުން މުހިންމު : ޑޮކްޓަރުން

18 ޖުލައި 2017
އަދީބަށް ސިއްހީ ފަރުވާ ނުދިނުމަކީ އެންމެ މުހިންމު ހެކި މަރާލުން: ނަޝީދު

އަދީބަށް ސިއްހީ ފަރުވާ ނުދިނުމަކީ އެންމެ މުހިންމު ހެކި މަރާލުން: ނަޝީދު

30 ޖޫން 2017
އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު

އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު

19 ޖޫން 2017
ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

28 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު