Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެނދިކުޅުދޫއިން ގޯތި ދޫކުރުން

ކެނދިކުޅުދޫއިން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރު ކޮށްފި

19 އޮކްޓޯބަރު 2020 | ހޯމަ 20:57

28 އޮކްޓޯބަރުވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޮކްޓޯބަރު 2020 | ހޯމަ 20:57
ނ. ކެނދިކުޅުދޫ، ގޯތި ދޫނުކޮށް ވަނީ ގިނަ ދުވަސްތަކެއްވެފައި

ނ. ކެނދިކުޅުދޫ، ގޯތި ދޫނުކޮށް ވަނީ ގިނަ ދުވަސްތަކެއްވެފައި

ނ. ކެނދިކުޅުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ކެނދިކުޅުދޫ ކައުންސިލުން ބުނީ ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން 15 ސެޕްޓެމްބަރު 2020 ގައި ކައުންސިލުން އިއުލާން ކުރި ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ފޯމް ހުށަހެޅުމަށާއި ސަރުކާރުގެ އެކި އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުމަށް މި ހާލަތުގައި ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން އެ މުއްދަތު އިތުރުކޮށް އަލުން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

Advertisement - newsAdvertisement

ކައުންސިލުން ބުނީ ބަންޑާރާ ގޯއްޗަށް އެދޭ ފަރާތްތަކުން 28 އޮކްޓޯބަރު 2020 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ގޯއްޗަށް އެދޭ ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ފޯމް ދޫކުރާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން މެންދުރުފަހު 13:00ށް ކަމަށާއި، ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00ން މެންދުރުފަހު 13:00ށް ފޯމް ބަލައިގަނެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކުށުގެ ރެކޯޑް ފޯމްއާއި އެ ނޫން ވެސް މައުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.

200 ގޯތި ދޫކުރުމަށް ނިންމާއިވާ އިރު، ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ވާނެ ޝަރުތުތަކުގެ ތެރޭގައި ކައިވެނީގެ ގޮތުން ގުޅި ދިރިއުޅުމެއް ފަށާފައިވާ މީހަކު ކަމުގައި ވުމާއި، ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުމާއި، ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑުބައެއް ލިބިފައި ނެތުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް، ގޯއްޗަކުން ބައެއް، ހައުސިންގ ޔުނިޓެއް ނުވަތަ ސަރުކާރުން ދޫކުރާ ފްލެޓެއް ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުމާއި، ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް، ގޯއްޗަކުން ބައެއް، ހައުސިންގ ޔުނިޓެއް ނުވަތަ ސަރުކާރުން ދޫކުރާ ފްލެޓެއް ލިބިފައިނެތުން ވެސް ޝަތުރުތަކުގެ ތެރޭގައި ހިމެނެއެވެ.

ދެމަފިރިންނަށް ވެސް ގޯއްޗަށް އެދި ފޯރމް ހުށަހެޅިދާނެކަން ފާހަގަކޮށް ކައުންސިލުން ބުނީ ޕޮއިންޓް ލިބޭ މިންވަރަށް ބަލާ އިސްކަންދޭ ތަރުތީބުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެ ނަމަ ގޯތި ދޫކުރެވޭނީ އޭ ގެތެރެއިން އެންމެ މަތީ މާކްސް ލިބޭ މީހަކަށް ކަމަށެވެ. އަދި ޕޮއިންޓްގެ ގޮތުން ދެ ފަރާތް އެއްވަރުވެއްޖެނަމަ ގޯތި ލިބިގަންނާނެ މީހެއް ނިންމާނީ ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ދެ މީހުން ވާހަކަ ދައްކައިގެން ގޮތެއް ނުނިމިއްޖެ ކަމުގައި ވާނަމަ ދެމަފިރިންނަށް ލިބޭ ގޯއްޗެއް (އެއްމެދު) ގެ ގޮތުގައި ކަނޑައަޅާނެ ކަމަށެވެ. އަދި މިގޮތަށް ވެސް ދެފަރާތަށް އެއްބަސް ނުވެވިއްޖެ ކަމުގައިވާ ނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ގޯތި ދޫކުރުމުގެ ކަންކަން އިންތިޒާމް ކުރާ ކޮމިޓީގެ ހާޒިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެން ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ޕޮއިންޓް ދޭ އުސޫލުގައިވާ ގޮތުގެ މަތިން ކަމަށެވެ. ގޯތި ބޭނުންވާ އެންމެހައި ފަރާތްތަކުން ފޯމް ހުށަހެޅުމަށް ކައުންސިލުން އެދިފައިވާއިރު، މީގެ ކުރިން ގޯއްޗަށް އެދި ހުށަހަޅާފައިވާ (މިހާތަނަށް ގޯތި ނުލިބޭ ފަރާތްތައް) ފަރާތްތަކުން ވެސް އަލުން ފޯމް ހުށަހެޅުމަށް އެދިފައި ވެއެވެ.

ކެނދިކުޅުދޫއިން ގޯތި ދޫނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާތީވެއާއި ކުރިން ހުށަހަޅާފައިވާ ފޯމްތަކުގައިވާ މައުލޫމާތުތަކަށް ބޮޑެތި ބަދަލުތަކެއް މިހާރު އައިސްފައިވާތީ އެ ފޯމްތަކަށް އަމަލު ނުކުރާނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2017

މަސީހު މަޖިލީހުގައި ހުންނަވަނީ ގޯތި ވަކިކޮށްގެން: މޫސަ

25 އޮކްޓޯބަރު 2017
މަސީހު މަޖިލީހުގައި ހުންނަވަނީ ގޯތި ވަކިކޮށްގެން: މޫސަ
23 އޮކްޓޯބަރު 2017

އެއާޕޯޓް އަޅާއިރު، ކުޅުދުއްފުށިން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ : ކައުންސިލް

23 އޮކްޓޯބަރު 2017
އެއާޕޯޓް އަޅާއިރު، ކުޅުދުއްފުށިން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ : ކައުންސިލް
01 އޮކްޓޯބަރު 2017

ރަސްރަނި ބަގީޗާ ކުށްޔަށް ދޫކުރުމަށް އެޕްލިކޭޝަން ފޯމު ހައުސިން މިނިސްޓްރީން ދޫކުރަން ފަށައިފި!

01 އޮކްޓޯބަރު 2017
ރަސްރަނި ބަގީޗާ ކުށްޔަށް ދޫކުރުމަށް އެޕްލިކޭޝަން ފޯމު ހައުސިން މިނިސްޓްރީން ދޫކުރަން ފަށައިފި!
27 ސެޕްޓެމްބަރު 2017

ޑިސެމްބަރު މަހު ގަމުން ގޯތި ދޫކުރަން ހުއްދަ ލިބޭނެ: ގަމު ކައުންސިލް

27 ސެޕްޓެމްބަރު 2017
ޑިސެމްބަރު މަހު ގަމުން ގޯތި ދޫކުރަން ހުއްދަ ލިބޭނެ: ގަމު ކައުންސިލް
11 ޖުލައި 2017

ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ

11 ޖުލައި 2017
ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ
29 ޖޫން 2017

ގެއެއްގެ ގޯތި ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި

29 ޖޫން 2017
ގެއެއްގެ ގޯތި ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި
01 ޖޫން 2017

މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސްކޯލަރޝިޕްގެ މުއްދަތު އިތުރުކޮށްފި

01 ޖޫން 2017
މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސްކޯލަރޝިޕްގެ މުއްދަތު އިތުރުކޮށްފި
22 އެޕްރީލު 2017

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް