Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ ހޯދުމަށް ސިޓީން ކުރާ މަސައްކަތް

މެސީ ހޯދުމަށް ޖެނުއަރީ މަހު ސިޓީން ހުށަހަޅާނީ 15 މިލިޔަން ޕައުންޑް

މީގެ ކުރިން ކުލަބު ދޫކޮށްލަން މެސީ ނިންމި ނަމަވެސް، ފަހުން ވަނީ ކުލަބުގައި މަޑަުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 އޮކްޓޯބަރު 2020 | ހޯމަ 12:26
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ

ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހޯދުމަށް 15 މިލިޔަން ޕައުންޑް ހުށަހަޅަން މެންޗެސްޓާ ސިޓީން ތައްޔާރުވެއްޖެއެވެ.

މި ނިމުނު ޓްރާންސްފާ ބާޒާރުގައި މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް އެއްބަސްވުމުގައިވާ ގޮތުން މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކުރުމަށް ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާ ދޫކޮށްލަން މެސީ ނިންމުމާއެކު، މި ނިމުނު ޓްރާންސްފާ ބާޒާރުގައި ސިޓީން ވަނީ މެސީ ހޯދުމަށް މަސައްކަތް ކޮށްފައެވެ. އަދި ސިޓީއަށް ބަދަލުވުމާ ގުޅޭ ގޮތުން މެސީ އޭނާއަށް ކުރިން އިރުޝާދުދިން އަދި މިހާރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ މަޝްވަރާކުރި ކަމަށްވެސް އޭރު ރިޕޯޓުކުރިއެވެ.

ދާދި ފަހުން އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އަންނަ އަހަރުގެ ހޫނު މޫސުމުގައި ބާސާއާއެކު މެސީ ހަދާފައި އޮތް އެއްބަސްވުން ހަމަވާނެތީ، ޖެނުއަރީ މަހު ބޮޑު އަގެއް ހުށަހެޅުމުގެ ބަދަލުގައި ސިޓީން ބާސާއަށް ހުށަހެޅުމަށް ނިންމާފައިވަނީ 15 މިލިޔަން ޕައުންޑެވެ. އަދި ޖެނުއަރީ މަހު ބާސާއިން އެ ބިޑް ގަބޫލުނުކޮށްފި ނަމަ، ހިލޭ ޓްރާންސްފާއެއްގެ ދަށުން ހޫނު މޫސުމުގައި މެސީ ސިޓީއާ ގުޅޭނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އުމުރުން މިހާރު 33 އަހަރުގެ މެސީ އަންނަ އަހަރު ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، މެސީގެ އެއްބަސްވުން އާކުރަން ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ބާސާގެ މިހާރުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫގެ ދައުރުގައި މެސީ ބާސާގެ އެއްބަސްވުން އާނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެސީ ހޯދުމަށް ޖެނުއަރީ މަހު ސިޓީން 15 މިލިޔަން ޕައުންޑް ހުށަހަޅާއިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސިޓީގެ ޗީފް ފުޓްބޯލް އޮޕަރޭޝަންސް އޮފިސަރު އޮމަރު ބެރަޑާ ބުނީ މެސީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، ކޮންމެ ކުލަބަކުންވެސް އޭނާ ބޭނުންވާނެ ކަމަށެވެ. އެގޮތުން ސިޓީންވެސް އޭނާ ހޯދުމަށް ޝައުގުވެރިވާ ކަމަށާއި، މެސީގެ ސޮއި ހޯދުމުގެ މާލީ ގާބިލުކަން އެ ކުލަބުގައި އެބަހުރި ކަމަށްވެސް ވަނީ ބުނެފައެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު