Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 ވެކްސިން

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގައި އިސްކަންދޭނެ މީހުން ކަނޑައެޅި ވެކްސިން އަންނަށްވާއިރަށް ވާންޖެހޭ ތައްޔާރީތައް ވަނީ

އެންމެ ފުރަތަމަ ވެކްސިން ލިބޭ 3 އިންސައްތައިގައި ހިމެނެނީ ސިއްހީ ދާއިރާގައި، ސޯޝަލް ސަރވިސްގައި އަދި ސީދާ ބަލިމީހުންނާ ދިމާވާގޮތަށް މަސައްކަތްކުރާ މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2020 | އާދީއްތަ 10:33
މާލޭގެ މަގެއްގެ މަތީގައި މީހުން ހަރަކާތްތެރިވަނީ

މާލޭގެ މަގެއްގެ މަތީގައި މީހުން ހަރަކާތްތެރިވަނީ

ކޮވިޑް-19 ދުނިޔޭގެ 39 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހި އެބަލީގައި މިލިއަނަކަށްވުރެ ގިނަ މީހުންގެ ފުރާނަ މިހާރުވެސް ވަނީ ގެއްލިފައެވެ. އެހެންކަމުން އެންމެންނަށްވެސް އިންތިޒާރު ކުރެވެމުން އަންނަނީ މިކަމަށް ނިމުމެއް އަންނާނެ ދުވަހަކަށެވެ. އެކަން ވާންއޮތީ މިވައިރަސް އަށް ވެކްސިނެއް ނުވަތަ ބޭހެއް ލިބުމުންނެވެ. ކޮވިޑް-19 ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ފެށުމާއެކު ނަންހިނގާ ބޮޑެތި ފަރމަޝޫޓިކަލް ކުންފުނިތަކުން އަވަސްވެގަތީ ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށެވެ.

އާންމު ގޮތެއްގައި ވެކްސިނެއް އުފެއްދުމަށް މަދުވެގެން 18 މަސް ދުވަސް ހޭދަވާއިރު މިފަހަރު ދުނިޔެއަށް މަޖުބޫރުވެފައިވަނީ އެއަށްވުރެ އަވަހަށް ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށެވެ. މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް 190ށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އާންމު ގޮތެއްގައި ކާމިޔާބުވަނީ އުފައްދަން މަސައްކަތްކުރާ ވެކްސިންތަކުގެ 5 ނުވަތަ 7 އިންސައްތަ ވެކްސިނެވެ.

ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ބައެއް ވެކްސިންތައް މިހާރު އުޅެނީ ފޭސް ތިނެއްގެ ޓްރެއަލްގައެވެ. އެހެންނަމަވެސް އެއްވެސް ވެކްސިނަކަށް އަދި މިހާތަނަށް އައިއިރު ބޭނުންކުރުމުގެ ލައިސަންސެއް ލިބިފައެއްނުވެއެވެ. ވެކްސިނަކަށް ލައިސަންސް ލިބޭނީ ދެ ކަމެއް ފުރިހަމަ ވުމުންނެވެ. ފުރަތަމަ ކަމަކީ ވެކްސިން ޖަހައިގެން އެ ބައްޔަކުން ރައްކާތެރިކަން ލިބުމެވެ. ނުވަތަ އެބައްޔެއް ޖައްސާ ވައިރަސް އާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ރަނގަޅަށް މަސައްކަތްކުރުމެވެ. ދެ ވަނަ ކަމަކީ ވެކްސިން ޖަހައިގެން އިންސާނާގެ ހަށިގަނޑަށް އިތުރު ގެއްލުމެއް ނުލިބުމެވެ. އެހެން ގޮތަކަށް ބުނާނަމަ ސައިޑް އެފެކްޓްސް ނުފެނުމެވެ. މި ދެކަންތައް ފުރިހަމަވާކަމުގެ ޔަގީންކަން ލިބުމުން އެވެކްސިނަކަށް ޑަބްލިޔުއެޗްއޯއިން ލައިސަންސް ދެ އެވެ.

ކޮވިޑް-19 އަށް އުފައްދާ ވެކްސިންތަކުގެ ތެރޭގައި ބައެއް ގައުމުތަކުގައި ރަޖިސްޓްރީކޮށްފައިވާ ވެކްސިން ހުރިއިރު ބައެއް ގައުމުތަކުގެ ރައްޔިތުންނަށް އެގައުމުތަކުގައި އުފައްދަމުން އަންނަ ވެކްސިން ދޭތާ ވަނީ ދުވަސްތަކެއް ވެފައެވެ. އެހެންނަމަވެސް އެއިން ކޮންމެ ވެކްސަނީވެސް އަދިވެސް ފޭސް ތިނެއްގެ ޓްރެއަލްގައި އުޅޭ ވެކްސިންތަކެވެ. އެއީ ލައިސަންސް ލިބިފައިވާ ވެކްސިންތަކެއް ނޫނެވެ. އެވެކްސިންތަކުން ކޮވިޑް-19 އިން ދިފާއުކޮށްދޭކަން ޔަގީންކުރުމަށް އަދިވެސް އެގައުމުތަކުން އަންނަނީ ޓެސްޓްތައް ކުރަމުންނެވެ.

ވެކްސިނަށް ލައިސަންސް ދިނުމަށް ވެކްސިންގެ ފޭސް ތިނެއްގެ ޓްރެއަލްގެ އެތައް ހާސް ޑޭޓާތަކެއް ދިރާސާކުރެއެވެ. އެހެންކަމުން ފޭސް ތިނެއްގައި އިންސާނުންގެ ގަޔަށް ވެކްސިން ޖަހައިގެން އަޖުމަ ބަލަމުންދާއިރު ވެކްސިން އުފައްދާ ކުންފުނިތަކުން އަންނަނީ މިޑޭޓާތައް މިހާރު އެއްކުރަމުންނެވެ. ވެކްސިނަށް ލައިސަންސް ދޭނީ މީގެ އެތައް ހާސް ޑޭޓާތަކެއް ރިވައިސްކުރުމަށްފަހު އެއީ ބޭނުންކުރުމަށް ރައްކާތެރި ވެކްސިނެއްކަން ޔަގީންކުރުމަށްފަހު އެވެ. މި ޑޭޓާތައް އެންމެ އަވަހަށްވެސް އެކުންފުނިތަކަށް ލިބޭ ވަރުވާނީ އަންނަ މަހު ކަމަށް ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނެއެވެ.

ވެކްސިން އުފެއްދުމުގެ މަސައްކަތުގައި އަވަދެނެތި ކުންފުނިތަކުން އުޅެމުންދާއިރު ދެން އޮތީ ވެކްސިން ހޯދުމުގެ މަސައްކަތެވެ. ދުނިޔެ މިހާތަނަށް ދެކެފައިވާ މިފަދަ ކަންކަމަށް ބަލާއިރު މިފަދަ ވެކްސިނެއް އުފެއްދުމާއެކު ދުނިޔޭގެ ހުރިހާ ހިސާބަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދެވިފައެއްނުވެ އެވެ. އެންމެ ފުރަތަމަ ޓީބީއަށް ވެކްސިނެއް ހޯދުނުއިރު އެބަލި އެންމެ ބޮޑަށް ފެތުރިފައިވާ އެފްރިކާ ސަރަހައްދަށް އެވެކްސިން ފޯރުކޮށްދިނުމަށް ފަސް އަހަރުގެ މުއްދަތެއް ނެގިއެވެ. އެހެންކަމުން މިތަޖުރިބާ ތަކަށް ބަލާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ) އިން މިފަހަރު މިކަން ތަކުރާރުވާކަށް ބޭނުމެއްނުވެއެވެ.

އެހެންކަމުން ޑަބްލިޔުއެޗްއޯއިން ވަނީ ގަވީ ވެކްސިންސް އެލަޔަންސާއި ގުޅިގެން ކޮވެކްސް ފެސިލިޓީއެއް އުފައްދާފައެވެ. ކޮވެކްސް ފެސިލިޓީއަކީ ކޮވިޑް-19 ވެކްސިން ވަކި ބަޔެއްގެ އަތްމައްޗަށް އެއްކޮށް ދިޔުން ކޮންޓްރޯލްކޮށް ކޮންމެ ގައުމެއްގައިވެސް އެންމެ އަވަހަށް ވެކްސިން ބޭނުންވާ ހައިރިސްކު ކެޓަގަރީގެ މީހުންނަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް އުފައްދާފައިވާ ފެސިލިޓީއެކެވެ. މިފެސިލިޓީގައި ބައިވެރިވާ ގައުމުތަކުގެ އާބާދީގެ 20 އިންސައްތަ އަށް ވާވަރަށް މިފެސިލިޓީ މެދުވެރިކޮށް ވެކްސިން ލިބޭނެ އެވެ.

ރާއްޖެއިންވެސް ވަނީ މިފެސިލިޓީގައި ބައިވެރިވެފައެވެ. އެހެންކަމުން ކޮވިޑް-19 އަށް ވެކްސިނެއް ލިބުމާއެކު ރާއްޖޭގެ އާބާދީގެވެސް 20 އިންސައްތައަށް ބޭނުންވާވަރަށް ވެކްސިން ލިބޭނެ އެވެ. އެހެންނަމަވެސް ދެން އުފެދޭ ސުވާލަކީ ވެކްސިން ލިބެންވާއިރަށް ތައްޔާރުވާންޖެހޭ ކަންކަމަށް ރާއްޖެއިން ތައްޔާރުވަމުން އާދޭތޯ އެވެ. އެކަމަށް ބޭނުންވާ ފަންޑު ހޯދާ އެންމެ ފުރަތަމަ ވެކްސިން ދޭނެ މީހުން ކަނޑައަޅާ ވެކްސިންދިނުމުގެ ޕްރޮގްރާމް ހިންގުމަށް ރާއްޖެއިން ތައްޔާރުވަމުންދޭތޯ އެވެ.

މިސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އާބާދީގެ 20 އިންސައްތަ އަށް ހިލޭ ވެކްސިން ލިބޭއިރު ފުރަތަމަ ވެކްސިން ލިބޭނީ އާބާދީގެ 3 އިންސައްތަ އަށް ކަމަށެވެ. އަދި ބާކީ 17 އިންސައްތައަށް ވެކްސިން ލިބޭނީ އޭގެފަހުން ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. ވެކްސިން އެންމެ ފުރަތަމަ ލިބޭ 3 އިންސައްތައިގައި ހިމެނެނީ އެންމެ ފުރަތަމަ މިވެކްސިން ލިބެންޖެހޭ އެންމެ އިސް ސަފުގައި މަސައްކަތްކުރާ މީހުން ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ ރާއްޖޭގައި ވެކްސިން ދިނުމުގައި އިސްކަންދޭނެ މީހުން ކަނޑައެޅުމުގެ އެލޮކޭޝަން ފްރޭމް ވޯރކެއް މިހާރު ޑްރާފްޓް ކޮށްފައިވާ ކަމަށެވެ. އެކަން ކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެކިކަންކަމުގައި ލަފާދޭ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް(ޓެގު)ން ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. ވެކްސިން ޖަހާނެ މީހުން ކަނޑައަޅާފައިވާއިރު އެމީހުންގެ އަދަދުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ރަށްރަށުގައި ތިބީ ކިހާ މިންވަރަކަށްތޯ ބެލުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

އަލަށް ވެކްސިނެއް ލިބޭއިރު ކޮންމެ ގައުމަކުންވެސް އަލަށް ވެކްސިން ތަޢާރަފްކުރުމުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ އެސެސްމެންޓެއް ހަދަންޖެހެ އެވެ. ޑރ ނަޒްލާ ވިދާޅުވީ ރާއްޖެއިން ވަނީ މިދިޔަ ހަފްތާގައި އެސެސްމެންޓް ހަދާފައި ކަމަށެވެ. އަދި ވެކްސިނާއި ގުޅޭ އެކި ކަންކަމުގައި ޑަބްލިޔުއެޗްއޯ އާއި ޔުނިސެފާއެކު ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން ވޯރލްޑް ބޭންކާއި އޭޑީބީ ފަދަ ފަރާތްތަކާއެކު ވެކްސިން ހޯދުމުގައި އެފަރާތްތަކުން ލިބޭނެ އެހީތެރިކަމާއި ގުޅޭގޮތުންވެސް މަޝްވަރާތައްކުރެވި ކަންކަން ބަލަމުންދާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. ކޮވެކްސް ފެސިލިޓީ ނޫނަސް އެހެން ގޮތްގޮތުންވެސް ރާއްޖެއަށް ވެކްސިން ހޯދުމަށް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ އެކި އެކި ޑޯޒްތައް ހިމެނޭގޮތަށް ވެކްސިންތައް އުފައްދަމުން އަންނައިރު އެތަނުން ލައިސަންސް ލިބޭނީ ކޮން ވެކްސިނަކަށް ނޭންގޭކަމަށާއި އެހެންކަމުން އެފަދަ ކޮންމެ ކަމަކަށް ތައްޔާރުވެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށެވެ. ވެކްސިން އުފެއްދުމުގެ މަސައްކަތްކުރަމުން އަންނައިރު ވެކްސިންގެ ޑޯޒް ވިއްކާނެ އަގުތައް އަދި ގައުމުތަކުން ކަނޑައަޅާފައެއްނުވެ އެވެ.

ވެކްސިނެއް އަންނައިރު އެކަމަށް މީހުން ހޭލުންތެރިކޮށް އެކަން ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭނެއްވެސް އޮންނަންޖެހެ އެވެ. ޑރ ނަޒްލާ ވިދާޅުވީ އެކަމަށް ބޭނުންވާ ކޮމިޔުނިކޭޝަން ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ޔުނިސެފާ ގުޅިގެން ފެށުމުގެ ހިސާބުގައިވާ ކަމަށެވެ. އެކަމުގެ މަޝްވަރާތައް ކުރިޔަށްދާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން ވެކްސިން ލިބޭއިރު ލިބޭނީ ފުދޭވަރަކަށް ގިނައިން ކަމަށްވާތީ ވެކްސިން ރައްކާކޮށްފައި ބަހައްޓާނެ ސްޓޯރޭޖް ކެޕޭސިޓީ އެސެސްމެންޓް ހެދުމުގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އަންނަންވާއިރަށް ވާންޖެހޭ ތައްޔާރީތައް މިވަނީ ރާއްޖެއިން ވާން ފަށާފައެވެ. ރާއްޖޭގައި މިހާރުވެސް މިބަލި އެގާރަ ހާހަށްވުރެ ގިނަ މީހުންނަށް ޖެހި 36 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެހެންކަމުން ރާއްޖޭގެ ރައްޔިތުންނަށްވެސް ކުރެވޭ އެންމެ ބޮޑު އުންމީދަކީ ވީއެންމެ އަވަހަކަށް މިވައިރަސްއަށް ވެކްސިނެއް ލިބި މިބަލި މަޑުކަމުން ސަލާމަތްވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުކުޅަސް ޓެކް ފެއަރ ފުރަތަމަ ފަހަރަށް ރާއްޖޭގައި

އުކުޅަސް ޓެކް ފެއަރ ފުރަތަމަ ފަހަރަށް ރާއްޖޭގައި

17 ޖުލައި 2019
ކުޅިވަރުގެ އުމްރާނީ ތަރައްގީއަށްޓަކައި، އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަން ޖެހޭ

ކުޅިވަރުގެ އުމްރާނީ ތަރައްގީއަށްޓަކައި، އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަން ޖެހޭ

11 ޖުލައި 2019
އިންޑިއާގެ ބޮޑުވަޒީރު: މަޔަކަށް ލޯބިދިނުމުގައި ....!

އިންޑިއާގެ ބޮޑުވަޒީރު: މަޔަކަށް ލޯބިދިނުމުގައި ....!

05 ޖޫން 2019
ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް

22 ފެބުރުއަރީ 2019
ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

17 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު