Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އިބްރަހިމޮވިޗުގެ ދެ ލަނޑާއެކު ޑާބީ މެޗުން މިލާނަށް މޮޅެއް

އިންޓަ އަތުން މިލާން މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 އޮކްޓޯބަރު 2020 | އާދީއްތަ 06:40
މިލާނާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-1 ން

މިލާނާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-1 ން

ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ޖެހި ދެ ލަނޑާއެކު ޑާބީ މެޗުން އިންޓަ މިލާނުގެ މައްޗަށް އޭސީ މިލާން ކުރި ހޯދައިފިއެވެ.

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން މިލާން މޮޅުވީ 2-1 ންނެވެ. މިއީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހަށްފަހު ޑާބީ މެޗުން މިލާން މޮޅުވި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 އިން ރަނގަޅުވެ އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް ކުޅުނު ފުރަތަމަ މެޗުގައި އޭނާ މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 13 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ވަނީ މިލާނަށް ލީޑު ނަގައިދީފައެވެ. އިބްރަހިމޮވިޗް ފޮނުވާލި ޕެނަލްޓީއެއް އިންޓަގެ ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗް މަތަކުރި ނަމަވެސް، ރީބައުންސް ބޯޅަ އިބްރަހިމޮވިޗް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ރަފައެލް ލީއޯ ނަގައިދިން ހުރަހަކުން އިބްރަހިމޮވިޗް ވަނީ މިލާނަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ކުރީކޮޅު މިލާނުން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، މެޗުގެ 29 ވަނަ މިނެޓުގައި އިންޓައިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. އިވާން ޕެރިސިޗުގެ އެހީއާއެކު މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރޮމެލޫ ލުކާކޫއެވެ. އަދި މެޗުގެ ފަހު ސިކުންތުގައި ލުކާކޫއަށް ނަތީޖާ އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.

މި މޮޅާއެކު ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ތާވަލުގެ އެއްވަނައިގައި މިލާން އޮތީ 12 ޕޮއިންޓާއެކުއެވެ. އިންޓަ އޮތީ ހަތް ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އަލަށް ޕްރޮމޯޓްވި ކްރޮޓޯނޭއާ 1-1 ން އެއްވަރުވިއިރު، ނާޕޮލީން ވަނީ އެޓަލާންޓާ އަތުން 4-1 ން މޮޅުވެފައެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
22 މާރިޗު 2017

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް
27 ފެބުރުއަރީ 2017

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު