Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑްގެ ހާލަތަށް ބަދަލުއައުން

24 ކޭސް ފެނުމަކީ ކޮވިޑް ނެތުމެއް ނޫން، ސަމާލުވޭ!

ހޯމް ކަރަންޓީންގެ އުސޫލަށް ބަދަލު ގެންނާކަށް ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޮކްޓޯބަރު 2020 | އާދީއްތަ 07:35
އެކްޓިވް ސަރވައިލެންސްގެ ދަށުން މާލޭގެ މާރުކޭޓް ސަރަހައްދުގައި ކޮވިޑަށް ޓެސްޓް ކުރަނީ

އެކްޓިވް ސަރވައިލެންސްގެ ދަށުން މާލޭގެ މާރުކޭޓް ސަރަހައްދުގައި ކޮވިޑަށް ޓެސްޓް ކުރަނީ

24 ކޭސް ފެނުމަކީ ރާއްޖޭގައި ކޮވިޑް ނެތުން ނޫން ކަމަށާއި, ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްމާ ރަފީގު ވިދާޅުވެއްޖެއެވެ.

ހޮނިހިރު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒްލާ ވިދާޅުވީ ކޭސްތައް މަދުވި ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން އަދި އަވަސް ކަމަށެވެ. މީގެ އިތުރުގެ ކޭސްތަކުގެ އަދަދު މަދުވިނަމަވެސް ކަރަންޓީންވުމަށް އެއް ރަށުން އަނެއް ރަށަށް ދާއިރުގައި ކަރަންޓީންވުން އޮންނަނީ ފުރާ ތަނާއި ދާތަނާއި ދެ ތަނުގެ ރިސްކް ލެވެލްއަށް ބަލާފައި ކަމަށާއި, އެހެންކަމުން ހައިރިސްކް ތަނަކުން ލޯ ރިސްކް ތަނަކަށް ދާނަމަ ކަރަންޓީން ވާންޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު 24 ކޭސްފެނިފައިވާ އިރު, މިއީ ފާއިތުވި 3 މަސް ތެރޭގައި އެންމެ މަދުން މީހުން ޕޮޒިޓިވްވި ދުވަހެވެ. ނަމަވެސް މިކަމާއި ގުޅިގެން ޑރ. ނަޒްލާ ވިދާޅުވީ 1500 ސާމްޕަލް ޓެސްޓް ކޮށްގެން 24 ޕޮޒިޓުވްވުމަކީ ކޮވިޑް ނިމިގެން ދިޔުން ނޫން ކަމަށާއި, މާދަމާ އެއަށްވުރެ އިތުރަށް ޕޮޒިޓިވްވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އޮއްވާ އަތޮޅު ތެރެއަށް ދަތުރު ކުރާ ފަރާތްތަކުން ފުރަބަންދު ކަރަންޓީ ނުވެ ދިއުމަކީ އެއީ ރައްކާތެރި ކަމެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިހާތަނަށް ވެސް މަސައްކަތް ކުރަމުން މިއައީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތް އިރުގައި ވެސް މާލެއިން އިތުރު ރަށްރަށަށް ނުގޮސް އިތުރު ރަށް ރަށަށް ކޮމިއުނިޓީ ސްޕްރެޑް ނުދާނެ ގޮތްތަކަށް ރައްކާތެރިކަމާއެކު ކަންތައްތައް ބެލުން ކަމަށާއި, އެގޮތަށް އަދިވެސް ކުރިއަށް އޮތްތާނގައި އަމަލު ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން މާލެއިން ކޮމިއުނިޓީ ސްޕްރެޑް އެއްކޮށް ހުއްޓި ލޯކަލް ޓްރާންސްމިޝަނަކަށް ނުވަތަ އެއްނޫންވެސް މަދު އަދަދަކަށް ކޭސްތައް ފެންނަ ފަށައިފިއްޔާ އެ ހިސާބުން އެއަށް އިތުރު ބަދަލެއް ގެންނާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު