Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަކީލުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު

ބަރ ކައުންސިލުން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް، 227 ވަކީލުން ހުވާ ކޮށްފި

ހުވާ ލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 އޮކްޓޯބަރު 2020 | އާދީއްތަ 07:05
ވަކީލުން ހުވާ ކުރުމަށް ހޮނިހިރު ދުވަހުގެރޭ ވާރޗުއަލްކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން

ވަކީލުން ހުވާ ކުރުމަށް ހޮނިހިރު ދުވަހުގެރޭ ވާރޗުއަލްކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން

ބަރ ކައުންސިލުން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމަށް ފަހު 227 ވަކީލުން ވަކީލުކަމުގެ ހުވާ ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ވާރޗުއަލްކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މި ވަކީލުންނަށް ވަކީލުކަމުގެ ހުވާ ލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. އެގޮތުން އަލަށް ހުވާ ކުރެއްވި 227 ވަކީލުންނަށް ދިވެހިރާއްޖޭގެ ބަރ ކައުންސިލުން ވަނީ މަރުޙަބާ ކިޔާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ވަނީ އަލަށް ޙުވާ ކުރެއްވި ވަކީލުންނަށް މަރުޙަބާ ދަންނަވައި، ދާއިރާ އިން ދިރާސާ ކުރުމާއި، އިލްމު އިތުރު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

އަލަށް ހުވާ ކުރެއްވި ވަކީލުންނަކީ ޤާނޫނީ ވަކީލުކަމުގެ ދާއިރާއިން ކިޔެވުމަށްފަހު ހުވާ ނުކުރެވި ތިބި ވަކީލުން 1 މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރުމަށްފަހު، ވަކީލު ކަމުގެ ހުއްދަ ލިބޭ ގޮތަށް ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ތަސްދީޤު ކުރެއްވުމާއެކު، އެ ތަމްރީނު ފުރިހަމަ ކުރެއްވި ވަކީލުންނެވެ.

މި އިސްލާޙުގައި ވާ ގޮތުން ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށް، ޤާނޫނުގައި ބަޔާން ކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް، އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ޤާނޫނުގައި ބަޔާން ކުރާ ގޮތުގެމަތިން ޤާނޫނީ ވަކީލުކަމުގެ ހުވައި ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޤާނޫނީ ވަކީލުކަމުގެ ހުވައި އައު ކުރުމުގެ ގޮތުން، ޤާނޫނީ ވަކީލުކަމުގެ ހުވައި ކުރާ ހުރިހާ ފަރާތްތަކުން، މި ޤާނޫނަށް ޢަމަލު ކުރަން ފެށުމަށްފަހު ބަރ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބަރ އިމްތިޙާނުގައި ބައިވެރިވުން ވަނީ ލާޒިމުކޮށްފައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު