Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖޭގެ 77 ވަނަ ޤައުމީ ދުވަސް

"ބޭރުން އަންނަ އަދުއްވެއްގެ ބިރަށްވުރެ، ޤައުމުގައި ހުރި އިޖުތިމާއީ އަދި އަޙުލާޤީ ވަބާތަކުގެ ބިރު މާ ބޮޑު"

ދީނާއި، މިނިވަންކަމަށް ދިމާވެފައިވާ ގޮންޖެހުންތައްވެސް ކުރިއާ އަޅާބަލާއިރު ތަފާތު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 އޮކްޓޯބަރު 2020 | އާދީއްތަ 05:07
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރ އިމްރާން ވާރޗުއަލްކޮށް ބައިވެރިވެވަޑައިގެން ޚާއްސަ މެސެޖެއް ދެއްވަނީ

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރ އިމްރާން ވާރޗުއަލްކޮށް ބައިވެރިވެވަޑައިގެން ޚާއްސަ މެސެޖެއް ދެއްވަނީ

ބޭރުން އައިސް ޤައުމު އަޅުވެތި ކޮށްފާނެ އަދުއްވެއްގެ ބިރަށްވުރެ، ޤައުމުގައި ހުރި އިޖުތިމާއީ އަދި އަޙުލާޤީ ވަބާތަކުގެ ބިރު މާ ބޮޑު ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާރޗުއަލްކޮށް ބައިވެރިވެވަޑައިގެން ދެއްވި ޚާއްސަ މެސެޖެއްގައި މިނިސްޓަރ ވިދާޅުވީ، ދިވެހިންގެ އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ސިފަތައް ދައްކުވައިދޭ ކަންކަން ނެތިގެން ނުދާނެ ގޮތަކަށް ދިވެހިންގެ އަމަލުތައް ބައްޓަން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދިވެހިންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި، އަޅާލުމާއި، މެހެމާންދާރީ އަދާކުރުމުގެ ސިފަތަކާއި، ޤައުމިއްޔަތުގެ އަސާސްތައް ނެތިގެން ދިޔަ ނުދީ ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ އިތުރަށް ވިދާޅުވީ، ދުނިޔޭގެ ޙާލަތު ބަދަލުވަމުން އަންނައިރު، ރާއްޖެއަށް ވެސް އެކަމުގެ އަސަރު ފޯރާ ކަމަށާއި، މިއަދު ދީނާއި، މިނިވަން ކަމަށް ދިމާވެފައިވާ ގޮންޖެހުންތައް ވެސް ކުރިއާ އަޅާބަލާއިރު ތަފާތު ކަމަށެވެ. އަދި އެކަމަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ދިވެހި ރައްޔިތުންނަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ދުރުން ނުވަތަ ބޭރުން އަންނަ އަދުއްވެއްގެ ބިރަށްވުރެ، ޤައުމުގައި ހުރި އިޖުތިމާއީ އަދި އަޙުލާޤީ ވަބާތަކުގެ ބިރު މާ ބޮޑު ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުން މިނިސްޓަރ ވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުންނާއި އާއިލާތަށް ގިނަވުމާއި، އިސްލާމް ދީނުގެ އުސޫލުތައް ތައުޙީނު ކުރުމާއި، ދީނުގެ އުސޫލުތައް ދޫކޮށް، ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން ގިނަ ވުން ފަދަ ބޮޑެތި މައްސަލަތައް ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، އެފަދަ މައްސަލަތައް ޙައްލު ކޮށްގެން ނޫނީ ޙަޤީޤީ މިނިވަންކަމާއި ތަރައްޤީއެއް ނުހޯދޭނެ ކަމަށެވެ. އެއާއެކު އެފަދަ މައްސަލަތައް ޙައްލު ކުރުމަކީ ޤައުމީ ވާޖިބެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރެއްވުމަށް މިނިސްޓަރ ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރ ވަނީ މިނިވަންކަމާއި، ސިޔާސަތުތައް ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު