Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލޭ ޓްރެކް ސާފު ކުރުން

މެންބަރު ނިޔާޒްގެ އިސްނެންގެވުމުގެ މަތިން ހުޅުމާލޭ ޓްރެކް ސަރަހައްދު ސާފުކޮށްފި

މިއީ ހޮނިހިރު ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ ޙަރަކާތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2020 | ހޮނިހިރު 10:46
މެންބަރު ނިޔާޒްގެ އިސްނެންގެވުމުގެ މަތިން ހުޅުމާލޭ ޓްރެކް ސަރަހައްދު ސާފު ކުރަނީ

މެންބަރު ނިޔާޒްގެ އިސްނެންގެވުމުގެ މަތިން ހުޅުމާލޭ ޓްރެކް ސަރަހައްދު ސާފު ކުރަނީ

ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒްގެ އިސްނެންގެވުމުގެ މަތިން ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލޭ ޓްރެކް ސަރަހައްދުގައި ހުރި ގާތައް ނަގާ ސާފުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ މި ޙަރަކާތާ ގުޅިގެން "ރާއްޖެއެމްވީ" އަށް ދެއްވި އިންޓަރވިއުއެއްގައި މެންބަރު ނިޔާޒު ވިދާޅުވީ، މިއީ ހުޅުމާލޭ ޓްރެކަށް މޫދަށް އެރެން އަންނަ ވަރަށް ގިނަ އަދަދެއްގެ މީހުންގެ އެދުމެއް ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރު ނިޔާޒް ވިދާޅުވީ، އެހެން ސަރަހައްދު ތަކުގައި ވެސް މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވިސްނަވާ ކަމަށާއި، އަދި ބީޗު ސަރައްޙައްދުގައިވާ ކުނިތައް ނަގާ އެ ސަރަހައްދު ސާފުކުރުމުގެ ވިސްނުން ވެސް އެބަ ހުރި ކަމަށެވެ. އަދި މި ވަގުތަށް ޓްރެކް ސަރަހައްދު އެކަނި ސާފުކުރި ނަމަވެސް، ފަހުގެ ތާރީހެއްގައި ވޯޓަރ ސްޕޯޓްސް ހިންގަވާ ފަރާތްތަކާ ގުޅިގެން އެ ސަރަހައްދުތައް ވެސް ސާފު ކުރާނެ ކަމަށް މެންބަރ އަލީ ނިޔާޒް ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން އެޗްޑީސީގެ ޑިރެކްޓަރ އޮފް ބިޒްނެސް ޑިވެލޮޕްމެންޓް، މާކެޓިންގ އެންޑް ސޭލްސް އަރީން އަހުމަދު ވިދާޅުވީ، މި މަސައްކަތައް ނުހަނު ގިނަ ބައެއްގެ ތަރުހީބެއް ލިބިގެން ދިޔަކަމަށެވެ. އަދި އާންމުންގެ އެއްބާރުލުން ވެސް ލިބިގެން ދިޔަ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ހުރިހާ މަސައްކަތެއްވެސް ކުރެވިގެން ދަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ އިރުޝާދުތަކުގެ މަތިން ކަމަށާއި، މޫދުން ނަގާފައިވަނީ ވެސް ހަމައެކަނި މަރުވެފައި ހުރި ގާތައް އެކަނި ކަމަށްވެސް އަރީން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު