Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހަމްނާ އަޙްމަދު

އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުން، ހަމްނާގެ އެންމެ ބޮޑު އަމާޒު

ފެތުމުގެ ތެރެއަށް ހަމްނާއަށް ވަދެވުނީ އިންޑިއާގައި އޭނާ ކިޔަވަން އުޅުމުގެ ތެރޭގައި

އަތޫފް އާތިފް
އަތޫފް އާތިފް | 16 އޮކްޓޯބަރު 2020 | ހުކުރު 17:44
މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން ފެތުންތެރިޔާ ހަމްނާ އަޙްމަދު

މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން ފެތުންތެރިޔާ ހަމްނާ އަޙްމަދު

އުމުރުން އެންމެ 17 އަހަރުގެ ހަމްނާ އަޙްމަދަކީ ކުރިއަރަމުން އަންނަ ފެތުންތެރިއެކެވެ. އޭނާގެ ހުނަރަށް ތާރީފު ނުކުރާނެ ކޯޗެއް ނުހުންނާނެކަން ކަށަވަރެވެ. ހަމްނާ އަކީ ރާއްޖޭގެ ފެތުމުގެ ކުރިމަގޭ ބުނުމުން ދޮގަކަށް ނުވާނެކަން ކަށަވަރެވެ. ހަގު އުމުރުގައި އޭނާ ހޯދާފައިވާ ކާމިޔާބީތައް މިކަމަށް ހެކިވާނެއެވެ.

ފެތުމުގެ ތެރެއަށް ހަމްނާއަށް ވަދެވުނީ އިންޑިއާގައި އޭނާ ކިޔަވަން އުޅުމުގެ ތެރޭގައެވެ. ސްކޫލުގައި ފެތުން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމުން ހަމްނާއަށް ފަތަން ދަސްކުރަން މަޖުބޫރުވުމުންނެވެ. އެއާއެކު ފަތަން ދަސްކޮށް، ސްކޫލުން ބޭއްވި މުބާރާތްތަކުގައި ބައިވެރިވާން ހަމްނާ ފެށިއެވެ. އަދި ހަމްނާގެ ހުނަރު ފެނި، އޭނާ ކިޔަވަމުން އައި ސްކޫލުން ސްޓޭޓް މުބާރާތެއްގައި ހަމްނާ ބައިވެރިކުރުވިއެވެ. އެ މުބާރާތް ހަމްނާ ނިންމާލީ ރިހި މެޑެއްޔާއެކުގައެވެ. އެ މުބާރާތުން ލިބުނު ކާމިޔާބީއަކީ ހަމްނާ ފެތުމުގެ ތެރެއަށް ވައްދައިދިން ދޮރެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ހަމްނާ ވަނީ އޭނާގެ ކެރިއަރާ ގުޅޭ ގިނަ ވާހަކަތަކެއް ހިއްސާ ކޮށްފައެވެ. އެގޮތުން ހަމްނާ ދެކޭގޮތުގައި އޭނާ މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރަން ލިބޭ ފުރުސަތުތަކެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ބޭއްވި ގައުމީ ފެތުމުގެ މުބާރާތުން އެއްވަނަ ލިބުން އެއީ އޭނާގެ ކާމިޔާބީ ލިސްޓުގެ އެންމެ އުހުގައި ހޯދި ކާމިޔާބީ ކަމަށް ހަމްނާ ދެކެއެވެ.

މިހާ ހިސާބަށް އައިރު ވަރަށް ގިނަ ބައެއްގެ އެހީ ލިބިފައިވާ ކަމަށް ހަމްނާ ބުނެއެވެ. އެގޮތުން އޭނާއަށް ކޯޗުކަން ކޮށްދިން ކޯޗުން ވެދިން އެހީ ހަމްނާ ފާހަގަކުރެއެވެ. ހަމްނާ ބުނީ ކޯޗުން އޭނާއަށް އެހީ ނުވިނަމަ އޭނާ މިހާރު ހުރި ހިސާބަށް ނާދެވޭނެ ކަމަށެވެ. މީގެ އިތުރުން ހަމްނާގެ އާއިލާ އަކީ އޭނާ މިހާ ހިސާބަށް އައުމުގައި މުހިންމު ދައުރެއް އަދާކުރި ބައެކެވެ. މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ އެހެން މެމްބަރުން ވެދިން އެހީ ހަމްނާ ވަނީ ފާހަގަކޮށްފައެވެ. އަދި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވަމުން އަންނަ އެހީ ހަމްނާ ވަނީ ފާހަގަކޮށްފައެވެ.

ފެތުމުން އިތުރު ކާމިޔާބީތައް ހޯދުމަކީ ހަމްނާ ދެކެމުން އަންނަ ހުވަފެނެކެވެ. އެގޮތުން އޮލިމްޕިކް ގޭމްސްގައި ރާއްޖެ ތަމްސީލުކުރަން ހަމްނާ ބޭނުންވެއެވެ. މީގެ އިތުރުން އޭނާ މިހާރު ހަދާފައިވާ ރިކޯޑުތައް މުގުރާ، އައު ރިކޯޑުތައް ހެދުމަކީ އޭނާގެ އުންމީދެކެވެ. އަދި މިހާރު އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި އޮލިމްޕިކް ގޭމްސް ހަދައި، އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަމްނާ ބުނެއެވެ. އެގޮތުން އޮލިމްޕިކްސްއަށް ތައްޔާރުވުމަށް ސްކޮލާޝިޕް ހޯދުމަކީ އޭނާގެ އަމާޒެއް ކަމަށް ބުންޏެވެ.

ފެތުމުގައި މިހާތަނަށް ހަނދާނުން ނުފިލާނެ ކިތަންމެ ދުވަހެއް އައިސްފައިވާ ކަމަށް ހަމްނާ ވަނީ ބުނެފައެވެ. އެގޮތުން ހަމްނާ ބުނީ 200 މީޓަރު "ބެކްސްޓްރޯކް" ގައި ފުރަތަމަ ފަހަރަށް ބައިވެރިވި މުބާރާތަކީ ހަނދާނުން ނުފިލާނެ މުބާރާތެއް ކަމަށެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި 14 މިލި ސިކުންތުގެ ރިކޯޑަކާ ކައިރިވި ކަމަށާއި، އެކަމަކު ރިކޯޑު ހެދިފައި ނުވުން އެއީ ހަނދާނުން ނުފިލާނެ ކަމެއް ކަމަށްވެސް ބުންޏެވެ. ހަމްނާ ބުނީ ފެތުމުގައި 14 މިލި ސިކުންތަކީވެސް ބޮޑު އެއްޗެއް ކަމަށެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
25 ފެބުރުއަރީ 2017

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
07 ޖެނުއަރީ 2017

ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!

07 ޖެނުއަރީ 2017
ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު