Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުދަ އަރާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އެންގުން

މޫސުން ގޯސް، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާފާނެ: މޫސުމާއި ބެހާ ގައުމީ އިދާރާ

ށ. އަތޮޅުން ތ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 އޮކްޓޯބަރު 2020 | ހުކުރު 06:25
އެންމެފަހުން ކުރި ވިއްސާރައިގައި މާލޭގެ އިރުމަތީ ފަރާތަށް އުދަ އަރާފައި

އެންމެފަހުން ކުރި ވިއްސާރައިގައި މާލޭގެ އިރުމަތީ ފަރާތަށް އުދަ އަރާފައި

މޫސުން ގޯސްވެ ށ. އަތޮޅުން ތ. އަތޮޅަށް ޔެލޯ އެލަރޓް ނެރެެ, އުދަ އަރާފާނެ ކަމަށް ލަފާކޮށް ސަމާލުވާން އެދިއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ށ. އަތޮޅުން ތ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އެލަރޓް ނެރިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 11:00ން ފެށިގެން މެންދުރުފަހު 3:00އާ ހަމައަށެވެ. ސެޓްލައިޓް ފޮޓޯތައް ދައްކާ ގޮތުން ރާއްޖޭގެ މަތީގައި ގިނަ އަދަދެއްގެ ވިއްސާރަ ވިލާ ވަނީ އުފެދިފައެވެ.

ހުކުރު ދުވަހުގެ ހެނދުނު 10:00ން ހޮނިހިރު ދުވަހުގެ ހެނދުނު 10:00ށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާ އިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ. އަދި ދެކުނުގެ އެކިހިސާބަށް ކެރިއާއެކު ގުގުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އަދި ރާއްޖެތެރޭގެ ކަނޑުތައް ޢާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 8 ފޫޓާއި ދެމެދު ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެންވާ ކަމަށާއި، އެހެންކަމުން ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

ރައީސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅަކީ ކިތަންމެ ގޯސްކޮށް ކަންތައް ވިއަސް އެމީހަކާއި އެކީ މަސައްކަތް ކުރަން ޖެހޭނޭކަން: މަހުލޫފް

12 ޖޫން 2017
ރައީސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅަކީ ކިތަންމެ ގޯސްކޮށް ކަންތައް ވިއަސް އެމީހަކާއި އެކީ މަސައްކަތް ކުރަން ޖެހޭނޭކަން: މަހުލޫފް
08 ޖޫން 2017

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

08 ޖޫން 2017
ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ
01 ޖޫން 2017

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމް ގޯސް، ރާއްޖޭގެ އުތުރާއި މެދުތެރެއަށް ޔެލޯ އެލާޓް ނެރެފި

01 ޖޫން 2017
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމް ގޯސް، ރާއްޖޭގެ އުތުރާއި މެދުތެރެއަށް ޔެލޯ އެލާޓް ނެރެފި
31 މެއި 2017

ކަންބޮޑުވާ މިންވަރުގެ ދެ ފޭރުމެއްގެ ރިޕޯޓް ވަނީ ކޮށްފައި، ފިޔަވަޅުތައް ދަނީ އަޅަމުން: ޕޮލިސް

31 މެއި 2017
ކަންބޮޑުވާ މިންވަރުގެ ދެ ފޭރުމެއްގެ ރިޕޯޓް ވަނީ ކޮށްފައި، ފިޔަވަޅުތައް ދަނީ އަޅަމުން: ޕޮލިސް
29 މެއި 2017

ކާށީގެ އަގު ރަނަށް، އަދިވެސް އަގުބޮޑުވާނެ!

29 މެއި 2017
ކާށީގެ އަގު ރަނަށް، އަދިވެސް އަގުބޮޑުވާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު