Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަޒާޑަށް އަނެއްކާވެސް އަނިޔާވުން

އަނިޔާގެ ސަބަބުން ހަޒާޑަށް ކްލަސިކޯ މެޗު ގެއްލިދާނެ: ޒިދާން

އެންމެ ފަހުން ހަޒާޑަށް އަނިޔާވީ ފަރިތަކުރުންތަކުގެ ތެރެއިން އޭނާގެ ކަނާތު ފަޔަށް

އަތޫފް އާތިފް
އަތޫފް އާތިފް | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 18:08
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމް ތަރި އެޑެން ހަޒާޑް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމް ތަރި އެޑެން ހަޒާޑް

އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމް ތަރި އެޑެން ހަޒާޑަށް ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗުގައި ނުކުޅެވިދާނެ ކަމަށް ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

ސްޕެނިޝް ލީގުގައި ބާސާ އާއި ރެއާލް ބައްދަލުކުރާ މެޗު ތާވަލުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހަށެވެ.

ހަޒާޑް އަނެއްކާވެސް އަނިޔާވީ މި މަހުގެ އެއްވަނަ ދުވަހު ލީގުގައި ވަޔަޑޮލިޑާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގެ ކުރިންނެވެ. އެ މެޗުގެ ކުރިން ހަޒާޑުގެ ކަނާތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ މަސް ދުވަސް ވަންދެން ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަނިޔާގެ ސަބަބުން އުމުރުން 29 އަހަރުގެ ހަޒާޑަށް މިދިޔަ ސީޒަނުގައިވެސް ގިނަ މެޗުތަކެއް ގެއްލުނުއިރު، ކުޅުނު 22 މެޗުގައި ޖެހުނީ އެންމެ ލަނޑެކެވެ.

ދާދި ފަހުން ޒިދާން ބުނީ ހަޒާޑަށް ލިބިފައިވާ އަނިޔާއިން ސަލާމްތްވެ ބާސާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވިދާނެ ކަމަށާއި، އޭނާގެ ކޯޗުކަށްހުރެ އެއްވެސް ކުޅުންތެރިއެއް އަނިޔާގައި ހުއްޓައި ނުކުޅުވާނެ ކަމަށެވެ. އަދި ހަޒާޑުގެ އަނިޔާގެ ރިކަވަރީ އަވަސް ކުރުމަށް ރެއާލުން މަސައްކަތް ނުކުރާ ކަމަށާއި، ސަބަބަކީ ރިކަވަރީއަށް އެކަށީގެންވާ ވަގުތު ދިނުމަކީ އޭނާ ގެންގުޅޭ ފިލޯސޮފީ ކަމަށް ވާތީ ކަމަށެވެ.

ޒިދާން އިތުރަށް ބުނީ ހަޒާޑަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވެ އެންމެ އަވަހަށްވެސް ކުޅެވޭނީ އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ކަމަށާއި، އަދި އޭނާގެ އަނިޔާ ހީކުރި ވަރަށްވުރެ އަވަހަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

ހަޒާޑަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، މިދިޔަ ސީޒަނުގައި ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާ ގުޅިގެން އޭނާ އޮޕަރޭޝަނެއްވެސް ކުރިއެވެ.

ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ހަޒާޑް ރެއާލަށް ބަދަލުވެފައިވަނީ ބޮޑު ޓްރާންސްފާ ފީއަކަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެކަމަކު އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި އޭނާގެ އެންމެ މޮޅު ކުޅުން ދެއްކިފައެއް ނުވެއެވެ. އަދި ހަޒާޑުގެ ފަރާތުން ފެންނަ ބައެއް ކަންތައްތަކަށް މީޑިއާއިން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެ ގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ ޕްރީ-ސީޒަނަށް ޓީމާ ގުޅުނުއިރު ހަޒާޑުގެ ބަރުދަން ހުރީ އާންމުކޮށް ހުންނަން ޖެހޭ ވަރަށް ވުރެ މަތީގައި ކަމަށް ބުނެ މީޑިއާގައި ވަރަށް ބޮޑަށް އެ ވާހަކަތައް ދެކެވުނެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު