Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ފްރާންސާއި ޕޯޗުގަލަށްވެސް މޮޅެއް

ކްރޮއޭޝިއާ އަތުން ފްރާންސް މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 07:05
ކްރޮއޭޝިއާ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފްރާންސް މޮޅުވީ 2-1 ން

ކްރޮއޭޝިއާ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފްރާންސް މޮޅުވީ 2-1 ން

ޔުއެފާ ނޭޝަންސް ލީގުގެ ލީގު އޭ ގްރޫޕް ތިނެއްގައި ހިމެނޭ ފްރާންސާއީ ޕޯޗުގަލްވެސް ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް މޮޅުވީ ކްރޮއޭޝިއާ އަތުން 2-1 ންނެވެ.

ކްރޮއޭޝިއާގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ފްރާންސްއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ އަށްވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުންހިފާ މި ލަނޑު ފްރާންސަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަނެވެ.

ފުރަތަމަ ހާފު ލީޑުގައި އޮވެ ފްރާންސްއިން ނިންމާލި ނަމަވެސް، ދެވަނަ ހާފުގައި ކްރޮއޭޝިއާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެ ގައުމަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ނިކޯލާ ވްލަސިޗެވެ. އެކަމަކު މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް ކީލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ މި މެޗުން ފްރާންސް މޮޅުކޮށްދީފައެވެ.

މީގެ އިތުރުން މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލް ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވީ ސްވިޑެން އަތުން 3-0 ންނެވެ.

އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. މެޗުގައި ޕޯޗުގަލުން ލީޑު ނަގާފައިވަނީ 21 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ.

އަދި މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޑިއޯގޯ ޔޮޓާ ވަނީ ޕޯޗުގަލަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މި މެޗުގައި ޕޯޗުގަލުން ޖެހި ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޖަހައިދިނީ ދެވަނަ ލަނޑުވެސް ޖެހި ޔޮޓާއެވެ.

މި ނަތީޖާތަކާއެކު ލީގު އޭ ގްރޫޕް ތިނެއްގެ އެއްވަނައިގައި އޮތް ޕޯޗުގަލާއި ދެވަނައިގައި އޮތް ފްރާންސަށްވެސް ވަނީ ކުޅުނު ހަތަރު މެޗުން ޕޮއިންޓް ލިބިފައެވެ. ޕޯޗުގަލަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ކްރޮއޭޝިއާއަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސްވިޑެނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް

25 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު