Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެރިކަމަށް ފަހި މާޙައުލެއް ގާއިމުކޮށްދިނުން

ޤައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެންދާނީ، ކާބޯތަކެތީގެ ޔަގީންކަން ލިބިގެން: ރައީސް ސޯލިހު

މިއަދަކީ ރާއްޖޭގައި ފާހަގަ ކުރާ މި އަހަރުގެ ދަނޑުވެރިންގެ ދުވަސް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 05:24
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ދަނޑުވެރިކަމަށް ފަހި މާޙައުލެއް ގާއިމު ކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒު ކުރަމުން އަންނަ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށް ނިންމައި، ދަނޑުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، އިތުރު ހަ ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް ސަރުކާރުން އިޢުލާނު ކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އެ މަނިކުފާނުގެ ޚިޠާބުގައި މިއަދަކީ ރާއްޖޭގައި ފާހަގަ ކުރާ މި އަހަރުގެ ދަނޑުވެރިންގެ ދުވަސް ކަމަށްވެފައި، އަދި މާދަމާ އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ކާބޯތަކެތީގެ ދުވަސް ކަމަށްވާއިރު, މި ދެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށާއި، ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ އެންމެހައި ބޭފުޅުންނަށް، ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮ އެދުންތައް ފޮނުއްވިއެވެ.

މީގެ އިތުރުން ވެސް އެ މަނިކުފާނު ވަނީ ޤައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެންދާނީ، އެ ޤައުމަކީ ކާބޯތަކެތީގެ ޔަޤީންކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް ވެގެންކަމުގައި ވިދާޅުވެ، ސަރުކާރުގެ ސިޔާސަތު ބިނާވެފައިވަނީ، ޤައުމަށް މެދުވެރިވާ ކޮންމެ ހާލަތެއްގައި ވެސް، މި ޔަޤީންކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް ކަމުގައި ވިދާޅުވެފައެވެ.

ސަރުކާރުގެ ވަޢުދާ އެއްގޮތަށް ދަނޑުވެރި ކަމަށް އެތެރެ ކުރާ ތަކެތިން، މީގެ ކުރިން ނަގަމުން އައި އިމްޕޯޓް ޑިޔުޓީ މިހާރު ވާނީ ކަނޑާލާފައި ކަމަށާއި، އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޭޝަން (އެސް.ޑީ.އެފް.ސީ) މެދުވެރިކޮށް، ދަނޑުވެރި ކަމަށް ލޯނު ދޫކުރުމުގެ އިތުރުން ދަނޑުވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ތަމްރީނު ޕުރޮގުރާމުތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ފަންނީ މަޢުލޫމާތު ފެތުރުމުގެ މަސައްކަތް ވެސް އިތުރަށް ފުޅާ ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި, ޒަމާނުއްސުރެ ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ދަނޑުވެރިން އުފައްދާ ތަކެތި، ރަނގަޅު އަގުގައި ތާޒާކަމާއެކު، ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުމެވެ. މި ދަތިކަން ޙައްލު ކޮށްދިނުމަށް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި، ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ކުންފުންޏެއް އުފައްދައިފައިވާ ކަމުގައި އެ މަނިކުފާނި ވަނީ ވިދާޅުވެފައެވެ.

އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމާ ގުޅޭ މަޝްރޫޢުތަކަށް، ބޭރުގެ އެހީދޭ ޖަމުޢިއްޔާ އަދި ޖަމާޢަތްތައް މެދުވެރިކޮށް އެހީ ހޯދުމުގެ މަސައްކަތް ވެސް، ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަޤީންކަން،" މި ޝިޢާރެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2019

ޖަޒީރާވަންތަކަންމަތީ ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ ދިވެހިންގެ އަމިއްލަވަންތަކަން ދަމަހައްޓައިގެން: މިނިސްޓަރ ޔުމްނާ

17 ޖޫން 2019
ޖަޒީރާވަންތަކަންމަތީ ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ ދިވެހިންގެ އަމިއްލަވަންތަކަން ދަމަހައްޓައިގެން: މިނިސްޓަރ ޔުމްނާ
16 ޖޫން 2019

ހަތަރު ޤައުމެއްގެ އާ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

16 ޖޫން 2019
ހަތަރު ޤައުމެއްގެ އާ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
13 ޖޫން 2019

ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ޤާނޫނުތައް އުފައްދާނަން: ހެލްތު މިނިސްޓަރ

13 ޖޫން 2019
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ޤާނޫނުތައް އުފައްދާނަން: ހެލްތު މިނިސްޓަރ
06 މެއި 2019

ކާބޯތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް މާލޭގައި މާރުކޭޓްތަކެއް އަޅަނީ

06 މެއި 2019
ކާބޯތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް މާލޭގައި މާރުކޭޓްތަކެއް އަޅަނީ
04 އެޕްރީލު 2019

ޔާމީންގެ ވެރިކަމުގައި ރާއްޖެ މަޝްހޫރުވީ ވައްކަން ކުރާ ޤައުމެއްގެ ގޮތުގައި: ނަޝީދު

04 އެޕްރީލު 2019
ޔާމީންގެ ވެރިކަމުގައި ރާއްޖެ މަޝްހޫރުވީ ވައްކަން ކުރާ ޤައުމެއްގެ ގޮތުގައި: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު