Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019

ޖަޒީރާވަންތަކަންމަތީ ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ ދިވެހިންގެ އަމިއްލަވަންތަކަން ދަމަހައްޓައިގެން: މިނިސްޓަރ ޔުމްނާ

17 ޖޫން 2019 | ހޯމަ 14:27

ރާއްޖެއަކީ ދިގު ތާރީހެއް އޮތް، އަމިއްލަވަންތަ ގައުމެއް

އަމަން ހަލީމް
އަމަން ހަލީމް | 17 ޖޫން 2019 | ހޯމަ 14:27
މިނިސްޓަރ ޔުމްނާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ޕެނަލެއްގައި ބައިވެރިވަނީ (ކ-1)

މިނިސްޓަރ ޔުމްނާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ޕެނަލެއްގައި ބައިވެރިވަނީ (ކ-1)

ޖަޒީރާވަންތަކަންމަތީ ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ ދިވެހިންގެ އަމިއްލަވަންތަކަމާއި، ބަހާއި ސަގާފަތާއި ތަރިކަ ދަމަހައްޓައިގެންކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް މިއީ ދިގު ތާރީޚެއް އޮތް، އަމިއްލަވަންތަ ދިރިއުޅުމުގެ އާދަތަކެއް އޮތް ޤައުމެއް ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މި ސިފަތައް ދަމަހައްޓަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހިރިގަލުން ބިނާކޮށްފައިވާ މިސްކިތްތައް ދިވެހިރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނެތްއިރު، އެއީ ދިވެހިންގެ އަމިއްލަވަންތަކަމުގެ އެއް މިސާލުގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ. އަދި އެއީ ދިވެހިންގެ އިސްލާމީ ތާރީޚާއި ހުނަރުވެރިކަމުގެ ރަމްޒެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޔުމްނާ ވަނީ ދިވެހިރާއްޖޭގެ އެކި ހިސާބުތަކަށް ޚާއްސަ ފަންނުތައް ދެނެގަނެ އެ ފަންނުތަކާއި، ސަގާފަތާއި އާދަކާދައިގެ ތެރޭގައި ހުރި ކަންކަން ކުރިއެރުވުމުގެ މުހިއްމުކަމަށްވެސް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ފަންނުވެރިކަމާއި، ސަގާފަތާއި ތަރިކައިގެ ދާއިރާއަށް ކުރިން ނުދޭފަދަ އަހައްމިއްޔަތުކަމެއް ދީގެން މިއަދު މަސައްކަތް ކުރަމުންދާއިރު، އެ ދައިރާތަކަކީ އެކި ގޮތްގޮތުން އެ ދާއިރާތަކާއި އެތައް ވަޒީފާއެއް ގުޅިފައިވާ ދާއިރާތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ކޮންމެ އަތޮޅަކަށް، އަދި ރަށަކަށްވެސް ޚާއްސަ ކަންތައްތަކާއި ތަރިކަ ހުރިއިރު، މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ކުރިއެރުވިދާނެ ކަންކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މި ދާއިރާތައް ކުރިއެރުވުމަކީ ދިވެހިންގެ ތެރޭގައި ތިބި ފަންނުވެރިންނަށް އެތައް ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށާއި، އެއީ ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދުމުގެ ފުރުޞަތު އެތައް ބަޔަކަށް ފަހިވެގެންދާނެ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ހުނަރުވެރި ފަންނުވެރިން ތިބިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ، ޚާއްސަކޮށް ވިޜުއަލް އާޓްސް އާއި ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ހުނަރު ކުރިއެރުވުމަށް ފުރުޞަތުތައް ހޯދައިދެއްވުމަށް ފޯރަމްގެ ބައިވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް