Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް ބަޔާން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ޤައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރިއެއް ނުވޭ: އެމްއެންޑީއެފް

20 ފެބުރުއަރީ 2018 | އަންގާރަ 15:10

ޗައިނާގެ ހަނގުރާމަމަތީ މަނަވަރުތަކެއް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން ނުދާ ކަމަށް އިންޑިއާ އިން ބުނެފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ފެބުރުއަރީ 2018 | އަންގާރަ 15:10
އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ އުޅަނދުތަކެއް ހަރަކާތްތެރިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައި

އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ އުޅަނދުތަކެއް ހަރަކާތްތެރިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ޤައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް މިވަގުތު ހަރަކާތްތެރިނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އިންޑިއާ ކަނޑުގައި ރާއްޖެއާ ވީ ސަރަހައްދުގައި ޗައިނާގެ އަސްކަރީ އުޅަނދުތަކެއް ހަރަކާތްތެރިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ވާހަކަތަކަށް ރައްދުދީ އެމްޑީއެފް އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދާއި ސިޔާސީ ސަރަހައްދު ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ބަލަހައްޓަމުންދާ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ޤައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން އުފެދިފައިވާ ދުވަސްވަރެއްގައި ޤައުމީ ސަލާމަތަށް ނުރައްކާވެ، ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާ ފަދަ ވާހަކަތައް ނުފެތުރުމަށާއި ބޭރުގެ އެއްވެސް ޤައުމެއްގެ އަސްކަރީ ބާރެއް ރާއްޖެއަށް ނުފޫޒު ފޯރުވުމަށް ހިތްވަރު ލިބޭ ފަދަ ގޮތްގޮތަށް މުއާމަލާތް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ނޫސް ބަޔާނުގައި ވެއެވެ.

ޗައިނާގެ ހަނގުރާމަމަތީ މަނަވަރުތަކެއް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ޗައިނާ އާއި އޮސްޓްރޭލިޔާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ވެސް ބުނެފައި ވަނީ ޗައިނާގެ އަސްކަރީ އުޅަނދުތަކެއް އިންޑިއާ ކަނޑުގައި މި ވަގުތު ހަރަކާތްތެރިވަމުން ނުދާ ކަމަށެވެ. އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރާއްޖެ އާއި އިންޑިއާގެ ސިފައިން ގުޅިގެން މީގެ ކުރިން ވެސް ގިނަ އޮޕަރޭޝަންތަކެއް ހިންގާފައި ވެއެވެ.

ޗައިނާގެ އުޅަނދުތަކެއް އިންޑިއާ ކަނޑުގައި، ރާއްޖެއާ ކައިރިން ހަރަކާތްތެރިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި މި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ އެކަން ހައްލުކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށް އެކި ފަރާތްތަކުން ގޮވަމުންދާ ދަނޑިވަޅެއްގައެވެ. އަނެއްކޮޅުން ޗައިނާގެ އެހީތެރިކަމަށް ސަރުކާރުން އެދިފައިވަނިކޮށެވެ. ޗައިނާ އިން ބުނެފައި ވަނީ ރާއްޖޭގެ މައްސަލައިގެ ތެރެއަށް ވަދެ އިންޑިއާގެ އަސްކަރިއްޔާ އިން ފައުޖެއް ފޮނުވައިފި ނަމަ އެކަން ޗައިނާ އިން ހުއްޓުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ދާޚިލީ މައްސަލަތައް އަމިއްލަ އަށް ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް މެދުވެރިއެއްގެ ގޮތުން މައްސަލަ ހައްލުކުރުމުގައި އެހީވާން ޗައިނާ އިން ތައްޔާރަށް އޮތް ކަމަށް ޗައިނާ އިން ބުނެފައި ވެއެވެ. ރާއްޖޭގެ މަސްރަހު ހޫނުވެފައިވާ އިރު ޗައިނާގެ ގިނަ އިންވެސްޓްމަންޓްތަކެއް ރާއްޖޭގައި ހިންގާތީ އެ އިންވެސްޓްމަންޓްތަކުގެ ރައްކާތެރިކަމަށް ޗައިނާ އިން އިސްކަން ދޭނެއެވެ. ޗައިނާ އާއި ރާއްޖެއާ މެދު ގާތް ގުޅުމެއް އުފެދި ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަވަމުން ދާތީ އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް