Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީގެ ކޮރަމްޝަން

ހެލްތް މިނިސްޓްރީގެ ކޮރަޕްޝަން: މިނިސްޓަރ އަމީން ގޭގައި ހުންނެވީ އަމިއްލަފުޅަކަށް ނޫން، ރައީސް އެންގެވުމުން!

14 އޮކްޓޯބަރު 2020 | ބުދަ 13:19

ހެލްތް މިނިސްޓްރީގެ ކޮރަޕްޝަނާއި ގުޅިގެން މިނިސްޓަރު އަމީން، އޮފީހަށް ނިކުމެވަޑައިނުގެން މަޑުކޮށްލެއްވުމަށް، އެންގެވީ ރައީސް އޮފީހުން ލިޔުމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 އޮކްޓޯބަރު 2020 | ބުދަ 13:19
ރައީސް ޞާލިހު އާއި މިނިސްޓަރ އަމީން، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގަމުންދިޔައިރު ދަރުބާރުގޭގައި-

ރައީސް ޞާލިހު އާއި މިނިސްޓަރ އަމީން، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގަމުންދިޔައިރު ދަރުބާރުގޭގައި-

ހެލްތް މިނިސްޓްރީގެ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަތައް ތަހުގީގު ކުރަމުންދާތީ، ގޭގައި މަޑުކުރައްވަން ނިންމެވި ނިންމެވުމަކީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ އަމިއްލަފުޅު އިސްނެގުމާއި އަމިއްލަފުޅަށް ނިންމެވި ނިންމުމެއް ކަމަށް ބުނެ، ފެތުރެމުންދާ ޚަބަރަކީ ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް މައްޗަށް ބިނާކޮށް ދެކެވެމުންދާ ވާހަކަތަކެއްކަން "ރާއްޖެއެމްވީ"އަށް ހާމަވެއްޖެ އެވެ.

"ރާއްޖެއެމްވީ"އަށް ކަށަވަރުކަމާއެކު ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހެލްތް މިނިސްޓަރު އަމީން ގޭގައި މަޑު ކުރައްވަން އަންގަވާފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އެންގެވުމަކަށް ރައީސް އޮފީހުންނެވެ.

Advertisement - newsAdvertisement

ކޮވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ މައްސަލަތަކާއި ގުޅިގެން، 17 އޮގަސްޓް 2020 ވަނަ ދުވަހުން ފެށިގެން، ރައީސް އޮފީސް އޮފީހުން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނިކުމެވަޑައިނުގެން މަޑުކޮށްލެއްވުމަށް، ލިޔުމުން ރައީސް އޮފީހުން ވަނީ ހެލްތް މިނިސްޓަރު އަމީންއަށް އަންގަވާފައެވެ.

ނަމަވެސް، ހަމަ އެދުވަހު، ނޫސްތަކުގައި ހެލްތް މިނިސްޓަރު އަމީންއާ ހަވާލާ ދެއްވައި ރިޕޯޓްކޮށްފައިވަނީ، ހެލްތް މިނިސްޓަރު އަމީން މަސައްކަތުން އެކަހެރިވެ ވަޑައިގަތުމަށް ގަސްތު ކުރައްވާކަން ހާމަ ކޮށްފައެވެ. އަދި އެކަން ހަމަކުރައްވައި ރައީސް ޞާލިހުއަށް ސިޓީއެއް ފޮނުއްވި ކަމަށްވެސް ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.

ހެލްތް މިނިސްޓަރ އަމީން، ރައީސް ޞާލިހްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާއިގުޅޭ މިނިސްޓްރީ އޮފް ހެލްތުގެ ޚަރަދުތަކުގެ ކޮމްޕްލައަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާއިގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން އެ މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން، މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތު ކުރައްވާ ކަމަށެވެ.

އަމީންގެ އެ ސިޓީއާއެކު، މިއަދާ ހަމައަށްވެސް، ރައްޔިތުންނަށް ހީވެފައި އޮތީ، ހެލްތް މިނިސްޓްރީގެ މަސައްކަތުން އަމީން އެކަހެރިވެ ވަޑައިގެންނެވީ އަމީންގެ އަމިއްލަފުޅު އިސްނެންގެވުމާއި އަމިއްލަފުޅަށް ނިންމެވި ނިންމުމެއްގެ ގޮތުގައެވެ.

އެގޮތުން، ހެލްތް މިނިސްޓްރީން މިހާބޮޑު ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާތީ، ރައީސް ޞާލިހު އަމީން އާއެމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުންވެސް ފާޅުކޮށްފައި ވެއެވެ. ނަމަވެސް ހަގީގަތަކީ އޮޑިޓް އޮފީހުން، ހެލްތް މިނިސްޓްރީގެ ކޮވިޑް-19ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް ނެރުމާއެކު ރައީސް ޞާލިހު ވަނީ ހެލްތް މިނިސްޓަރު އަމީން މަސައްކަތުން އެކަހެރިވެ ވަޑައިގަތުމަށް އަންގަވާފަ އެވެ. އޮޑިޓް އޮފީހުން އެ ރިޕޯޓް ނެރެފައިވަނީ 16 ޖުލައި 2020 ވަނަ ދުވަހު އެވެ.

ވެންޓި ލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެމައްސަލަ ތަހުގީގު ކުރުމަށްފަހު، ބުދަ ދުވަހު (މިއަދު) މިވަނީ، ހެލްތް މިނިސްޓަރު އަމީން އާއި އެމިނިސްޓްރީގެ އިތުރު 10 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފަ އެވެ.

ކޮވިޑް-19ގެ ފަރުވާއަށް 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީ މީހެއް ކަމަށްވާ، ޑރ. އަލީ އަލް ތަޚުމަތީގެ ކުންފުނި ކަމަށްވާ، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގއާ ހަވާލުކުރުމުގައި ހެލްތް މިނިސްޓަރު އަމީންގެ ދައުރު ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާއިރު، މަގާމުގެ ނުފޫޒުން މިނިސްޓަރު އަމީން ކަންތައްތަކެއް ކުރައްވާފައިވާކަމުގެ ވަރަށް ބޮޑެތި ތުހުމަތުތަކެއް އޭސީސީގެ ތަހުގީގު ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ވެންޓިލޭޓަރުތައް ހޯދުމަށް ހަވާލު ކުރި އެއް ކުންފުނި ކަމަށްވާ ދުބާއީގެ އެގްޒެކިއުޓާރސް ޖެނަރަލް ޓްރޭޑިންގއަށް އެޑްވާންސް ފައިސާގެ ގޮތުގައި، ވެންޓިލޭޓަރުތައް ގަތުމުގެ އަގުގެ ޖުމްލަ ފައިސާގެ 90 ޕަސެންޓް ވަނީ ދީފަ އެވެ. އެއީ 75 ވެންޓިލޭޓަރުގެ ޖުމްލަ އަގު ކަމަށްވާ 34 މިލިއަން ރުފިޔާގެ ތެރެއިން 30.9 މިލިއަން ރުފިޔާ އެވެ. މި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމުގެ އެއްބަސްވުމުގައި އެގްޒެކިއުޓާރސްއާއެކު ހެލްތް މިނިސްޓްރީން ސޮއި ކުރީ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ. އަދި ހަމަ އެމަހުގެ ތެރޭގައި ދެފަހަރެއްގެ މަތިން އެޑްވާންސަށް ދޭން އެއްބަސްވެފައިވާ 30.9 މިލިއަން ރުފިޔާ ވަނީ އެކުންފުންޏަށް ފޮނުވާފައެވެ. އަދި އެއްބަސްވުމުގައިވާ ގޮތުން 14 ދުވަހުގެ ތެރޭގައި 75 ވެންޓިލޭޓަރު ހުންނަން ޖެހޭނީ ރާއްޖޭގައެވެ. އެހެންކަމުން އޭޕްރީލް 16 ވަނަ ދުވަހު އެ ވެންޓިލޭޓަރުތައް ރާއްޖޭގައި ހުންނަން ޖެހެއެވެ. ނަމަވެސް މިއަދާ ހަމައަށް އެ ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނެވިފައި ނުވެއެވެ.

އެ ބުނާ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ދުވަހާއި، އެޑްވާންސަށް ފައިސާ ދޫކުރުމުގައި ހެލްތް މިނިސްޓަރު އަމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެގޮތުން، އެގްޒެކިއުޓާރސްއާ އެކު ސޮއިކުރީ، އެޕްރީލް، ދެ ވަނަ ދުވަހު ކަމަށް ހެލްތް މިނިސްޓްރީގެ ލިޔުންތަކުގައި ހާމަކޮށްފައިވީނަމަވެސް، ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާރސް އިން ސޮއިކޮށް ހެލްތް މިނިސްޓްރީއަށް ފޮނުވީ، 16 އެޕްރީލް 2020 ވަނަ ދުވަހުއެވެ. އެދުވަހާ ހަމައަށް އައިރު، އެޑްވާންސަށް ދޭން އެއްބަސްވެފައިވާ 30.9 މިލިއަން ރުފިޔާ ވަނީ ދީ ނިންމާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް