Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެވިޑް ކޮލެޖް ޖެނުއަރީ ސެމެސްޓރ

އެވިޑް ކޮލެޖްގެ 2021 ވަނަ އަހަރުގެ ޖެނުއަރީ ސެމެސްޓަރގެ ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި

"ނައިބް ރަޝާދު ސްކޮލަރޝިޕް"ގެ 30 ފުރުޞަތު ހުޅުވާލާފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 އޮކްޓޯބަރު 2020 | ބުދަ 08:59
އެވިޑް ކޮލެޖްގައި އެކިއެކި ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދޭ

އެވިޑް ކޮލެޖްގައި އެކިއެކި ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދޭ

އެވިޑް ކޮލެޖްގެ 2021 ވަނަ އަހަރުގެ ޖެނުއަރީ ސެމެސްޓަރގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ފޭސްބުކް ލައިވް މެދުވެރިކޮށް އަންގާރަ ދުވަހު ބޭއްވި ވާރޗުއަލް އޯޕަންޑޭގެ ޙަރަކާތް ފަށްޓަވައި ދެއްވުމުގެ ގޮތުން، ޗެއަރަމަން އަބްދުﷲ މުސްތާޤް ރަޝާދުވަނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި އެވިޑް ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލޯންޗްކޮށްދެއްވާފަ އެވެ.

Advertisement - newsAdvertisement

އެވިޑް ކޮލެޖުން މަޢުލޫމާތު ދިން ގޮތުގައި ތަފާތު ގިނަ ދާއިރާތަކަކުން ހަތްދިހައަށް ވުރެ ގިނަ ކޯސް ޖެނުއަރީ މަހު އެވިޑް ކޮލެޖުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފަ އެވެ.

އެގޮތުން، ކޯސްތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓް، ހިއުމަން ރިސޯރސް މެނޭޖްމެންޓް، އެކައުންޓިންގ އެންޑް ފައިނޭންސް، އިންފޮރމޭޝަން ޓެކްނޮލޮޖީ، އޮފީސް މެނޭޖްމެންޓް، އެޑިޔުކޭޝަނަލް ލީޑަރޝިޕް، ޓީޗިންގ ސެކަންޑްރީ، ޓީޗިންގ ޕްރައިމަރީ، އާރލީޗައިލްޑްހުޑް އެޑިޔުކޭޝަން، ޝަރީއާ އެންޑް ލޯ، ޤުރުއާން ޓީޗިންގ، ސައިކޮލޮޖީއާއި ކައުންސެލިންގ އަދި އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން ހިމެނެއެވެ.

މީގެ ގިނަ ދާއިރާތަކުން ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ ލެވެލް، އެސޯސިއޭޓް ޑިގްރީ ލެވެލް، ބެޗްލަރސް ޑިގްރީ ލެވެލް އަދި މާސްޓަރސް ލެވެލްގެ ކޯސްތައް އެވިޑް ކޮލެޖްގައި ހިންގަމުންގެންދެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ ސެމެސްޓަރއަށްވެސް އެވިޑް ކޮލެޖުން ސްކޮލަރޝިޕްގެ ފުރުޞަތުތައް ވަނީ ހުޅުވާލާފަ އެވެ.

އެވިޑްކޮލެޖްގެ ޗެއަރަމަންގެ ބައްޕާފުޅުގެ ނަންފުޅަށް ޚާއްޞަކުރައްވައިގެން ކުރިއަށްގެންދާ "ނައިބް ރަޝާދު ސްކޮލަރޝިޕް" ފުރުޞަތުގެ ގޮތުގައި މިފަހަރުވެސް 30 ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެވިޑް ކޮލެޖުން މަޢުލޫމާތުދެއެވެ.

އެއީ އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހަށް ޚާއްޞަކޮށްގެން މާސްޓަރސް ފެންވަރުގެ 2 ފުރުޞަތާއި، ޑިޕްލޮމާ ފެންވަރުގެ 3 ފުރުޞަތު އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތަކަށް 15 ފުރުޞަތާއި އަދި މާލޭގައި ހުންނަ އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހަށް ޚާއްޞަކޮށްގެން މާސްޓަރސް ލެވެލްގެ 2 ފުރުޞަތު، ޑިޕްލޮމާ ލެވެލްގެ 3 ފުރުޞަތު އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތަކަށް 5 ފުރުޞަތު ކަމަށް އެވިޑުން ބުންޏެވެ.

މިހާރުވެސް އެވިޑް ކޮލެޖްގައި އެކިއެކި ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ހާޞިލްކުރަމުންގެންދެއެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި

23 އެޕްރީލު 2017
އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި
04 އެޕްރީލު 2017

މާމިގިލީގައި 23 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ!

04 އެޕްރީލު 2017
މާމިގިލީގައި 23 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ!
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު