Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބައިނަލްއަގްވާމީ ދެ އެވޯޑް އެއް ސްޓްލެކޯއަށް

ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ ގެ އެވޯޑް ސްޓެލްކޯއަށް

12 އޮކްޓޯބަރު 2020 | ހޯމަ 12:11

ސްޓެލްކޯއިން އަންނަނީ އެ ކުންފުނީގެ މުއައްޒަފުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުން

އަތޫފް އާތިފް
އަތޫފް އާތިފް | 12 އޮކްޓޯބަރު 2020 | ހޯމަ 12:11
ސްޓެލްކޯ ކުންފުނީގެ މައި އޮފީސް

ސްޓެލްކޯ ކުންފުނީގެ މައި އޮފީސް

ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ ގެ އެވޯޑް ސްޓެލްކޯއަށް ލިބިއްޖެއެވެ.

ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި، އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސް ރަސްމިއްޔާތުގައި ސްޓެލްކޯއަށް ލިބިފައިވަނީ "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑެވެ. މީގެ އިތުރުން އިންޑިވިޖުއަލް ކެޓަގަރީ އިން "އިމާރޖިންގ ލީޑަރ އޮފް ދި އިޔަރ" ގެ އެވޯޑް ވެސް ސްޓެލްކޯ އަށް ވަނީ ލިބިފައެވެ.

"ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" ގެ އެވޯޑް ސްޓެލްކޯ އަށް ލިބިފައިވަނީ އެ ކުންފުނީގެ އެންމެ މުހިންމު އެއް ރައުސުލްމާލު ކަމުގައިވާ، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ހިތްހަމަޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ލަފަޔާއި އިރުޝާދާއި އެކު، ކުންފުނިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުންފުނި ހިންގުމުގައި ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފުކޮށް، ބޭނުން ކުރުމާއި، ކުންފުނި ހިންގުމާއި އޯވާރޯލް ޕާރފޯމެންސް އަދި ގަވަނެންސް ހަރުދަނާވުމުގެ އިތުރުން ކުންފުނީގެ ގްރީންލައިފް އިނިޝިއޭޓިވް ނުވަތަ ތިމާވެއްޓާއި ރައްޓެހި ހަކަތައަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމާއި، ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސްޓެލްކޯއިން އަޅާފައިވާ އަދި އަޅަމުންގެންދާ ނަމޫނާ ފިޔަވަޅުތައް މީގެ ތެރޭގައި ހިމެނޭކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މި އެވޯޑް ލިބުނީ ސްޓެލްކޯއަކީ ރައްޔިތުންނާއި ސީދާގުޅިފައިވާ ކުންފުންޏަކަށްވާ ހިނދު، ކުންފުނީގެ ފަރާތުން އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ގެންގުޅެފައިވާ ސިޔާސަތުތަކުގެ ހަރުދަނާ ކަމުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން އަންނަނީ އެކުންފުނީގައި ވަޒީފާއަދާކުރުމުގެ ފުރުސަތުދީ، މުޖުތަމައުއަށާއި، ކުންފުންޏަށް ބޭނުންތެރިބައެއްގެ ގޮތުގައި ހާއްސައެހީއަށް ބޭނުންވާ ބައެއް ފަރާތްތަކެއް ހެދުމާއި، ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ހަށިހެޔޮ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ކަސްރަތު ކުރުމަށް ޖިމެއް ގާއިމް ކުރުން ހިމެނެއެވެ. މީގެ އިތުރުންވެސް، ސިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި، އިންހައުސް ހެލްތު އިންޝުއަރޭންސް ސްކީމެއް ހަމަޖެއްސުމާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހުރި، އަދި ކުންފުނީގެ ވިޔަފާރީގެ ދައިރާއިން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެއްވަރަށް ކުރިއަރާފައިވާ ބަޔަކަށް ހެދުމަށާއި، ކަސްޓަމަރުންނަށް ދޭން ބޭނުންވާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި ދިނުމަށް، ތައުލީމާއި، ތަޖުރިބާ އިތުރުކުރުމަށް ތަފާތު އެކިއެކި ސްކޯލާޝިޕްތަކުގެ ފުރުސަތު ހުޅުވާލުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި މިދާއިރާއިން އަންހެނުން ބިނާކޮށް ބާރުވެރި ކުރުވުމަށް އަންހެނުންނަށް ހާއްސަ ކޮށްގެން އިލެކްޓްރީޝަން ކޯސް ހިންގުންވެސް ހިމެނެ އެވެ.

އަދި ސްޓެލްކޯގެ މުވައްޒަފުންގެ ގޮތުގައި ތިބެ ނިޔާވާ ފަރާތްތަކުގެ 18 އަހަރުން ދަށުގެ ކުދިންނަށް 18 އަހަރު ވަންދެން މާލީ އެހީތެރިކަން ފޯރުކޯށްދިނުމާއި، މާބަނޑު އަންހެނުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި 6 މަސްދުވަސް ހަމަޖެއްސުމުގެ އިތުރުން، ލީވް ނިމުމަށްފަހު އަލުން މަސައްކަތުގެ މާހައުލަށް ނިކުތުމުން 2 ގަޑި އިރުގެ ބްރޭކެއް ހަމަޖައްސައިދިނުންވެސް ހިމެނެ އެވެ. އަދި ހައްޖާއި، އުމްރާގެ ފުރުސަތާއި، ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަށް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2017

މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!

10 އޮކްޓޯބަރު 2017
މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!
21 އޯގަސްޓު 2017

ދިރާގު ޓީވީއަށް "އޭއެންޑްއީ" ނެޓްވޯކްގެ 5 ޗެނަލް ތައާރަފު ކޮށްފި

21 އޯގަސްޓު 2017
ދިރާގު ޓީވީއަށް "އޭއެންޑްއީ" ނެޓްވޯކްގެ 5 ޗެނަލް ތައާރަފު ކޮށްފި
20 އޯގަސްޓު 2017

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017
ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!
19 އޯގަސްޓު 2017

ސާޓާ އެވޯޑްސްގެ ހަފްލާ އައްޑޫގައި!

19 އޯގަސްޓު 2017
ސާޓާ އެވޯޑްސްގެ ހަފްލާ އައްޑޫގައި!
01 އޯގަސްޓު 2017

"އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް

01 އޯގަސްޓު 2017
 "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް
08 ޖުލައި 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު
12 ޖޫން 2017

ސަން އެކުއާ ޕަސިކުޑާއަށް ސްރީލަންކާގެ ލީޑިން ބީޗް ރިޒޯޓްގެ އެވޯޑް ލިބިއްޖެ

12 ޖޫން 2017
ސަން އެކުއާ ޕަސިކުޑާއަށް ސްރީލަންކާގެ ލީޑިން ބީޗް ރިޒޯޓްގެ އެވޯޑް ލިބިއްޖެ
14 މެއި 2017

ބީއެމްއެލް އިން "ސްޓާފް އެވޯޑްސް 2017" ގައި އެވޯޑް ދީފި

14 މެއި 2017
ބީއެމްއެލް އިން "ސްޓާފް އެވޯޑްސް 2017" ގައި އެވޯޑް ދީފި
27 ފެބުރުއަރީ 2017

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

27 ފެބުރުއަރީ 2017
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
15 ޖެނުއަރީ 2017

މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ

15 ޖެނުއަރީ 2017
މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް