Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިނާވެށީގެ ބިލް

ފަޅު ތެރޭގައި ގެ އަޅައިގެން އުޅެވޭނެ ގޮތުގެ ކޮންސެޕްޓެއް ތައްޔާރުކޮށްފި

މިނިސްޓަރ ގެ މިހިޔާލަށް ގިނަ ފާޑުކިއުންތަކެއްވެސް އަމާޒުވެގެންދިޔަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2020 | ހޯމަ 12:30
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

ރާއްޖޭގެ ރަށްތަކުގެ ފަޅުތަކުގައި، ގެ އަޅައިގެން ދިރިއުޅެވޭނެ ގޮތުގެ ކޮންސެޕްޓެއް ތައްޔާރު ކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މީގެކުރިން މިނިސްޓަރ ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށް ރަށުގެ ފަޅު ތެރޭގައި ގެ ހަދައިގެން ދިރިއުޅުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން ގިނަ ފާޑުކިއުންތަކެއް ވެސް އަމާޒުވެގެން ދިޔައެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވަނީ ހޯމަ ދުވަހު ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ގުޅިގެން މަޖިލީހަށް މައުލޫމާތު ދެއްވުމަށް ވަޑައިގެން މިކަމާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ. އަސްލަމް ވިދާޅުވީ މި ހިޔާލަށް އަމާޒުވި ފާޑުކިއުންތައް ނެންގެވީ 'ޕޮޒިޓިވް' ކޮށް ކަމަށެވެ.

ރާއްޖޭގައި ހުރިގާ ރަށެއްގެ ހިކިފަސް ބިން އެއްކޮލުމުން 600 ސްކޮއަރ ކިލޯ މީޓަރު އަރާ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ބިމުގެ ގޮތުގައި ހިކިފަސް ބިން ނޫން ބިން ވެސް ބަލަން ޖެހޭ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ރަށާއި ގުޅިފައިވާ ފަޅުވެސް ބިމުގެ ގޮތުގައި ގުނާއިރު، މިކަން މިސާލެއްގެ ގޮތުގައި ނަންގަވަމުން އޭނާ ވިދާޅުވީ ވަކި ވަރަކަށް ވުރެ ތިލަ ކޮންމެ ބިމަކީ ރާއްޖޭގެ ބިމުގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ.

އެ ބިންތައް ތަފާތު އެކި ބޭނުންތަކަށް ބޭނުން ކުރެވޭނެ ކަމަށް ވިދާޅުވެ އަސްލަމް ވަނީ ފަޅަކީ ބިމުގައި ހިމެނޭ ތަނެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ، އެތަނުގައި ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައްވެސް 'ޑިފައިން' ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މިގޮތަށް ކަނޑައެޅިއްޖެ ނަމަ، ރާއްޖޭގެ ބިމުގެ މުއްސަނދިކަން ވަރަށް ބޮޑުތަނުން އިތުރު ވެގެންދާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި 'ސަބްމަރޖްޑް ' ލޭންޑަކީ އަގެއް ހުރި އެއްޗެއްގެ ގޮތުގައި ހެދޭނެއެވެ. މިހާތަނަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި މިކަން 'ލަރޖް ސްކޭލެއްގައި' ނުކުރި ނަމަވެސް، ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ވިސްނައިގެން ދިރިއުޅެވޭނެ ތަނަކަށް ހެދުމުގެ ޓެކްނޮލޮޖީ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ފަދަ ބިންތަކުގެ ތެރޭގައި ކޮމަރޝަލް އުސޫލުން ދޫކުރެވޭ ބިން ވެސް ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ފަދަ މޮޑެލް އެއް ހަދާފައިވާ ކަމަށެވެ. އެ މޮޑެލް މުޅިން ފުރިހަމަ ނުވި ނަމަވެސް ކޮންސެޕްޓެއް ހެދިފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ މި ކޮންސެޕްޓު އަޅާކިޔަން ޖެހޭނީ ބިން ހިއްކުމަށްފަހު ލިބޭ ހިކިފަސް ބިމުގެ އަގާއި ފެން މަތީގައި ދިރިއުޅުމަށް ދާ އަގާއި އަކަފޫޓަކަށް ދާ އަގަށް ކަމަށެވެ. އަދި ކުރިއަށްދާނީ ކިހިނެއްތޯ އެނގޭނީ އަގުގައި ހުރި ތަފާތު ބެލުމަށްފަހު ކަމަށެވެ.

މިއީ ރާއްޖޭގެ ބިމުގެ ދަތިކަމަށް ލިބޭ ހައްލެއް ކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މި ކޮންސެޕްޓާއި އެއްގޮތަށް މަސައްކަތް ކުރެވިއްޖެ ނަމަ ބިން ހިއްކަން އޮންނަ ޑިމާންޑް ކޮންމެވެސް ވަރަކަށް ކުޑަވެގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު