Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ ދަރަނި އަނބުރާ ދެއްކުން

ކޮމިޓީ ރިޕޯޓުން ކުރިއަށް އޮތް ތިން އަހަރު ދަރަނި ދައްކަން ހޭދަކުރާނެ ވަރު ދެނެގަނެވޭނެ: ރައީސް ނަޝީދު

މި މައްސަލަ މަޖިލީހުން ބަލަނީ ރައީސް ނަޝީދުގެ ހުށައެޅުވުމަކާއި ގުޅިގެން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2020 | ހޯމަ 07:17
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

ދައުލަތުގެ ދަރަންޏާއި ގުޅިގެން މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލާ ރިޕޯޓުން ކުރިއަށް އޮތް ތިން އަހަރު ދަރަނި ދެއްކުމުގައި ހޭދަކުރާނެ ވަރު ދެނެގަނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ރިޕޯޓު މަޖިލީހުގެ ކޮމިޓީން އެކުލަވާލުމަށް ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ނަމުގައި ގެރެންޓީ ދީފައިވާ ލޯނުތަކާއި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ދަރަނީގެ މިންވަރު ހުރި މިންވަރު ސާފުނުވާތީ އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާތީއެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ، އޮޑިޓަރ ޖެނެރަލްގެ ފަރާތުން ދައުލަތުގެ ދަރަންޏާއި ގުޅިގެން ދެ އޮޑިޓު ރިޕޯޓެއް ލިބިފައިވާ ކަން މެމްބަރުންގެ ސަމާލުކަމަށް ގެންނަވާފައެވެ. އަދި މި ދެ ރިޕޯޓު މަޖިލީހަށް ލިބިފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީންވެސް އެކަން ބަލަމުން ދަނިކޮށްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މި ރިޕޯޓުގައި ހުރެދާނެ މައުލޫމާތަކާއި މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

އެ ފަރާތްތަކުން ކަންބޮޑުވަނީ ދަރަންޏާއި ގުޅިގެން ހުންނަ ކަންކަމުގައި ތަފާތުތަކެއް އުޅޭ ނަމަ ބައިނަލްއަގްވާމީ އިދާރާތަކުންވެސް އެކަން ފާހަގަކުރާނެތީ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މި އަދަދުތަކުގައި ފަރަގެއްވާނަމަ، އެކަން ހޯދާ ދެނެގަތުމަކީ މަޖިލީހުގެ ޒިންމާއެއްކަމަށެވެ.

2012 ވަނަ އަހަރާއި 2018 ވަނަ އަހަރު ދައުލަތް އިންތިހާއަށް ދަރަނިވެރިވެފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މަޖިލީހުން އެކުލަވާލާ ރިޕޯޓުގައި ނަގާފައިވާ ކޮންމެ ބާވަތެއްގެ ދަރަނީގެ މިންވަރާއި 2021, 2022, އަދި 2023 ވަނަ އަހަރު ދަރަނި ދެއްކުމުގައި ހޭދަ ކުރާނެ ވަރުވެސް ދެނެގަނެވޭނެކަމަށެވެ. ރައީސް ނަޝީދު ވަނީ މި މަސައްކަތަކީ ދައުލަތުގެ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަޖިލީހަށް ހާޒިރުވެ، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ދަރަނި ދެއްކުމަށް (ޑެޓް ސަރވިސިންގ އަށް) ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ މި އަހަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޑެޓް ސަރވިސިންގްގައި އިންޓްރެސްޓް ޕޭމަންޓްސް އާއި ޕްރިންސިޕަލް ޕޭމަންޓްސްއަށް ދައްކާނެ އަދަދު ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ޑެޓް ސާރވިސިންގް އަށް ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ ދާނެ ކަމަށް ބެލެވޭ ކަމަށާއި އޭގެ ތެރެއިން 2.1 ބިލިއަން ރުފިޔާގެ އިންޓްރެސްޓް ޕޭމެންޓްސް ގޮތުގައި ދައްކާ، 2.1 ބިލިއަން ރުފިޔާ ޕްރިންސިޕަލް ޕޭމަންޓްސްގެ ގޮތުގައި ދައްކާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު