Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަފާރީ ކޭސް މައްސަލަ

ސަފާރީ ކޭސް: ވިކްޓިމްގެ ބަޔާން ބަދަލުކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ!

12 އޮކްޓޯބަރު 2020 | ހޯމަ 03:12

މައްސަލަ ބަލައިދޭން ފުލުހުންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިއަދު ވަނީ ހުށަހަޅާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 އޮކްޓޯބަރު 2020 | ހޯމަ 03:12
ކެންޔާ އަންހެން މީހާގެ ބަޔާން ބަދަލުކުރަން މަސައްކަތް ކުރީ އެ މައްސަލަ ބަލާ ދެ އޮފިސަރުން ކަމަށް ވަނި ތުހުމަތު ކުރެވިފައި

ކެންޔާ އަންހެން މީހާގެ ބަޔާން ބަދަލުކުރަން މަސައްކަތް ކުރީ އެ މައްސަލަ ބަލާ ދެ އޮފިސަރުން ކަމަށް ވަނި ތުހުމަތު ކުރެވިފައި

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ޖިންސީ ގޯނާކުރި މައްސަލައިގައި އޭނާ ފުލުހުންނަށް ދިން ބަޔާނަށް, އެ މައްސަލަ ބަލާ އޮފިސަރުން އުނި އިތުރު ގެނެސް ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތުކޮށް މައްސަލަ ބަލައިދޭން ފުލުހުންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފިއެވެ.

މި ބަޔާން ބަދަލު ކުރަން އޭގައި ހުރި ބައެއް ބައިތައް އުނި އިތުރު ގެންނަން މަސައްކަތް ކުރާ ވީޑިއޯއެއް ވަނީ ޓުވިޓަރގައި އާންމުވެފައެވެ. އެ ވީޑިއޯގައި މި މައްސަލަ ބަލާ އިންވެސްޓިގޭޓިވް އޮފިސަރަކު ބަޔާނުގައި ހުރި ބައެއް ވާހަކަތައް ކިޔައި، އުނިކުރަންވީ ކޮން ބައެއްތޯ ސުވާލުކުރެއެވެ. އަދި ހުރިހާ ވާހަކައެއް ވެސް ލިއެފައި ހުންނާނެ ކަމަށް ފިރިހެން ފުލުހަކު ބުނާ އަޑު އިވެއެވެ.

Advertisement - newsAdvertisement

މި މައްސަލައާއި ގުޅިގެން ކެންޔާގެ އަންހެން މީހާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ނޫރުބާން ފަހުމީ ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލައިގެ އޮންލައިން ބައްދަލުވުމެއް ބާއްވާ ވަކި ހިސާބަކުން މީޓިން މެދުކަނޑާލިއެވެ. އަދި ވިކްޓިމްގެ ވީޑިއޯ އިންޓަރވިއުއެއް ދައްކާނެ ކަމަށް އިންވެސްޓިގޭޓްކުރާ އޮފިސަރުން ބުނި ކަމަށާއި، އިރުކޮޅެއް ނަގާނެ ކަމަށް ބުނި ނަމަވެސް އެކަންތައް ދިގުލައިގެން ދިޔަކަމަށް ނޫރުބާން ވިދާޅުވިއެވެ.

ކެންޔާ އަންހެން މީހާގެ ވީޑިއޯގެ ބަދަލުގައި އެ މައްސަލަ ބަލާ އޮފިސަރުން އެ ބަޔާނުގައި ހުރި ބައިތައް ބަދަލުކޮށް އުނި އިތުރު ގެންނަން މަސައްކަތް ކުރި ވީޑިއޯ ހިއްސާކުރެވުނީ އޮޅުމަކުންނެވެ. މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ، ކަން ހިނގައިދިޔަގޮތް ބެލުމަށް ފަހު އެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ނޫރުބާން ވިދާޅުވީ ވިކްޓިމްގެ ބަޔާން އޮންނަން ޖެހޭނީ ވިކްޓިމް ކިޔައިދިން ގޮތަށް ކަމަށާއި ފުލުހުންނަށް އެ ބަޔާނަކަށް އުނިއިތުރެއް ނުގެނެވޭނެ ކަމަށެވެ. އަދި ފެންނަ ނުފެންނައަށް، ފުލުހުންނަށް ފެނުނީމަ ވަކި ބަސްތަކެއް ލާފައި ވަކި ތަންތަން އުނިކޮށްފައި ނުހެދޭނެ ކަމަށާއި، ފުލުހުންނަކީ ވިކްޓިމްގެ ހައްގުތައް ހިމާޔަތްކޮށް، ވިކްޓިމްގެ މަސްލަހަތު ރިޕްރެޒެންޓް ކޮށްދޭން ޖެހޭ ފަރާތް ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ވަކީލުންނާ ބެހޭގޮތުން ވާހަކަ ދައްކާފައި ވިކްޓިމްގެ ބަޔާނަށް ބަދަލުގެންނަން އުޅޭކަމަށް ވާހަކަތަކެއް ހުރުމުން މި ކޭސްގައި ފުލުހުންގެ ނިޔަތް ސާފުވާ ކަމަށް ނޫރުބާން ވިދާޅުވިއެވެ.

ކެންޔާ އަންހެން މީހާގެ މައްސަލައިގައި ފުލުހުން މީގެ ކުރިން ވެސް ބައެއް ކަންކަން އޮޅުވާލާ ފޮރުވަން މަސައްކަތް ކުރިކަމުގެ އެތައް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އަދި މި މައްސަލަ ދިގުލައިގެން ގޮސް މައްސަލަ އަދިވެސް އޮތީ ނުނިމިއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ބަރުލަމާނީ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ޔަހޫދީ ނަތަންޔާހޫ ހުރީ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން!

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

15 ފެބުރުއަރީ 2017
ސާކް ސަމިޓަށް ސަފާރީތައް  ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް