Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ ސީޑޯ ފޮތް ރައީސްގެ އަނބިކަނބަލުން އިފ

ކުޑަކުދިންގެ ސީޑޯ ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އިފްތިތާހު ކޮށްދެއްވައިފި

11 އޮކްޓޯބަރު 2020 | އާދީއްތަ 14:27

މި ފޮތުން ސީޑޯ މުއާހަދާއިން އަންހެންކުދިންނަށް ކަށަވަރުކޮށްދޭ ހައްގުތަކާއި ސަރުކާރުގެ ޒިންމާތަކާއި ބެހޭ މައުލޫމާތު ކުޑަކުދިންނާގުޅޭ ގޮތަކަށް ލިބިގެންދާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 އޮކްޓޯބަރު 2020 | އާދީއްތަ 14:27
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު

ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުކުމުގެ ގޮތުން އަންހެނުންނާމެދު ކުރާ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުޢާޙަދާ (ސީޑޯ)ގެ ކުޑަކުދިންގެ ފޮތެއް، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން މިއަދު އިފްތިތާހުކޮށްފިއެވެ.

އާކް އިން ޔުނިސެފްއާއި ގުޅިގެން ތައްޔާރުކޮށްފައިވާ މި ފޮތް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ފޭސްބުކް ލައިވް އިވެންޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުއެވެ.

Advertisement - newsAdvertisement

މި ފޮތް މެދުވެރިކޮށް ސީޑޯ މުއާހަދާއިން އަންހެންކުދިންނަށް ކަށަވަރުކޮށްދޭ ހައްގުތަކާއި ސަރުކާރުގެ ޒިންމާތަކާއި ބެހޭ މައުލޫމާތު ކުޑަކުދިންނާގުޅޭ ގޮތަކަށް ލިބިގެންދާނެއެވެ.

ތައުލީމާއި ވަޒީފާ، ސިއްހީ ފަރުވާ، ކައިވެނި އަދި އާއިލީ ދިރިއުޅުމުގައި ލިބެންޖެހޭ ހައްގުތައް ކުޑައިރު އެނގުމަކީ އަންހެން ކުއްޖަކަށް ނުވަތަ އަންހެނަކަށްވީތީ ކުރާ ތަފާތުކުރުންތައް ނައްތާލުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް އާކްއިން ގަބޫލުކުރެއެވެ.

މި ފޮތް އިފްތިތާހުކުރުމަށް ކުރިއަށް ގެންދިޔަ ލައިވް އިވެންޓްގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ، ސީޑޯ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ މުއާހަދާ (ސީ.އާރް.ސީ)އަކީ ގުޅިލާމެހިފައިވާ ދެމުޢާހަދާކަމަށެވެ. އަދި ހުރިހާ އުމުރެއްގެ ކުދިންނަށް ލިބިގެންވާ ހައްގުތައް ރައްކާތެރިކުރުމަށް ފިރިހެންކުދިންނާއި އަންހެންކުދިން މިދެ މުއާހަދާއަށް އަހުލުވެރިކުމުގެ މުހިންމުކަމަށް އެކަމަނާ އަލިއަޅުވާލެއްވިއެވެ.

އާކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޒީނާ ޒާހިދުގެ ވާހަކަފުޅުގައި އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދެވިއްޖެނަމަ، އޭގެ ފައިދާ އެކުދިންނަށާއި އެކުދިންގެ ޢާއިލާއަށް ކުރުމުގެ އިތުރުން މުޖުތަމަޢުއަށާއި ޤައުމަށްވެސް ކުރާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޔުނިސެފް ކަންޓްރީ ރެޕްރެސެންޓޭޓިވް ޑރ. މުނީރު ސަފީލްދީންގެ ވާހަކަފުޅުގައި ސީޑޯއަކީ އަންހެންކުދިންނަށް ލިބިދޭންޖެހޭ އެންމެހާ ހައްޤުތަކާއި އެކުދިންގެ މުސްތަޤްބަލްގެ ބިންގާކަމުގައި ފާހަގަކުރައްވައި، މިއަހަރުގެ ޝިއާރުކަމުގައިވާ "މަގޭ އަޑު، އަހަރެމެންގެ ހަމަހަމަ މުސްތަޤްބަލް" އަށްވެސް އަލިއަޅުވާލެއްވިއެވެ.

އާކް އިން ވަނީ މި ފޮތް އިފްތިތާހުކޮށްދެއްވި ކަމަށްޓަކައި ރައީސްގެ އަނބިކަނބަލުން އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ފޮތް އެކުލަވާލުމުގައި ޔުނިސެފްއިން ދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވާ އިރު، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި އާކް އިން ދެމިތިބޭނެކަމުގެ ޔަޤީންކަން ވެސް އާކް އިން ވަނީ އަރުވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 މެއި 2017

"ރަންމުތް" ފޮތް ނެރެފި

25 މެއި 2017
"ރަންމުތް" ފޮތް ނެރެފި
18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
12 އެޕްރީލު 2017

ޔާމިން ފަޅި ދޫކޮށް މައުމޫނު ފަޅިއަށް ބަދަލުވި ސައުދުގެ އަނބިކަނބަލުންގެ ކޮއްކޮ ވަޒީފާއިން ވަކިކޮށްފި

12 އެޕްރީލު 2017
ޔާމިން ފަޅި ދޫކޮށް މައުމޫނު ފަޅިއަށް ބަދަލުވި ސައުދުގެ އަނބިކަނބަލުންގެ ކޮއްކޮ ވަޒީފާއިން ވަކިކޮށްފި
04 މާރިޗު 2017

ނޫހުގެފާނުގެ ނައުކޮޅާ ގުޅޭ ގޮތުން ރައީސް ޔާމީން އިންޒާރުދެއްވީ އަނބިކަނބަލުންނަށް: މެމްބަރު ނާޒިމް

04 މާރިޗު 2017
ނޫހުގެފާނުގެ ނައުކޮޅާ ގުޅޭ ގޮތުން ރައީސް ޔާމީން އިންޒާރުދެއްވީ އަނބިކަނބަލުންނަށް: މެމްބަރު ނާޒިމް
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް