Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލިބާލީ ނާޕޮލީގައި މަޑުކުރުން

ކުލިބާލީ ހޯދަން ސިޓީން މަސައްކަތް ކޮށްފައެއް ނުވޭ

10 އޮކްޓޯބަރު 2020 | ހޮނިހިރު 17:39

ނާޕޮލީއާއެކު ސިޓީން ކުލިބާލީ ހޯދުމުގެ މަޝްވަރާތައް ކުރިއަށްގެންދިޔަ ކަމަށް ވަނީ ރިޕޯޓުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 އޮކްޓޯބަރު 2020 | ހޮނިހިރު 17:39
ނާޕޮލީއަށް ކުޅެމުން އަންނަ ސެނެގާލުގެ ޑިފެންޑަރު ކަލިދޫ ކުލިބާލީ

ނާޕޮލީއަށް ކުޅެމުން އަންނަ ސެނެގާލުގެ ޑިފެންޑަރު ކަލިދޫ ކުލިބާލީ

ނާޕޮލީއަށް ކުޅެމުން އަންނަ ސެނެގާލުގެ ޑިފެންޑަރު ކަލިދޫ ކުލިބާލީ ހޯދަން މެންޗެސްޓާ ސިޓީން މަސައްކަތް ކޮށްފައިނުވާ ކަމަށް އެ ޓީމުގެ ޗީފް ފުޓްބޯލް އޮޕަރޭޝަންސް އޮފިސަރު އޮމަރު ބެރަޑާ ބުނެފިއެވެ.

ކުލިބާލީ އަކީ ނާޕޮލީން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާއެވެ. އެއާއެކު މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުންވެސް ފާރަލި އުމުރުން 29 އަހަރުގެ ކުލިބާލީ ހޯދުމަށް މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީންވެސް މަސައްކަތް ކުރި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ނާޕޮލީއާއެކު ސިޓީން ކުލިބާލީ ހޯދުމުގެ މަޝްވަރާތައް ކުރިއަށްގެންދިޔަ ކަމަށާއި، ނާޕޮލީ ދޫކޮށް ސިޓީއަށް ބަދަލުވާން ކުލިބާލީ ބޭނުންވާ ކަމަށްވެސް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު މި ނިމުނު ޓްރާންސްފާ ބާޒާރުގައި ކުލިބާލީ ނާޕޮލީ ދޫކޮށްލާފައިނުވާއިރު، ދާދި ފަހުން ސިޓީގެ ޗީފް ފުޓްބޯލް އޮޕަރޭޝަންސް އޮފިސަރު އޮމަރު ބެރަޑާ ބުނީ ކުލިބާލީއަށް ސިޓީން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް އެ ކުލަބުން ކޮށްފައިނުވާ ކަމަށެވެ. އަދި ނާޕޮލީއާއެކުވެސް ކުލިބާލީއާ ގުޅޭ އެއްވެސް މަޝްވަރާއެއްވެސް ކޮށްފައިނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

ގެންކް ދޫކޮށް 2014 ވަނަ އަހަރު 6.5 މިލިޔަން ޕައުންޑަށް ނާޕޮލީއާ ގުޅުނު ކޫލިބަލީ އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކޫލިބަލީ ވަނީ ނާޕޮލީއަށް ކުޅެދިން 248 މެޗުގައި 10 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ނާޕޮލީއާއެކު އިޓާލިއަން ކަޕްގެ އިތުރުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ސެނެގާލްގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެމުން އަންނަ ކުލިބާލީ ވަނީ މިހާތަނަށް ގައުމީ ޓީމުގެ ޖާޒީގައި 42 މެޗު ކުޅެފައެވެ.

ކުލިބާލީ ހޯދުމަށް ސިޓީން މަސައްކަތް ކޮށްފައިނުވާކަން ހާމަކުރިއިރު، މި ނިމުނު ޓްރާންސްފާ ބާޒާރުގައި އެ ޓީމުން ވަނީ ދެ ޑިފެންޑަރެއްގެ ސޮއި ހޯދާފައެވެ. އެއީ ބޯންމަތުގެ ޑިފެންޑަރު ނޭތަން އަކޭ އާއި ބެންފީކާގެ ޑިފެންޑަރު ރުބެން ޑިއާސްއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް