Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލިމާލޭ ގައި ގަސް އިންދުން

ވިލިމާލޭ ހުސްބިންތަކުގައި ހުރި ގަސްތައް ނަގާތީ ރައްޔިތުންގެ ނުރުހުން!

10 އޮކްޓޯބަރު 2020 | ހޮނިހިރު 12:17

ގަސްތައް ނަގަން 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައި

އަލީ ސަމާޚް
އަލީ ސަމާޚް | 10 އޮކްޓޯބަރު 2020 | ހޮނިހިރު 12:17
ވިލިމާލޭ \'\'ކިނބިވާ\'\' ސަރަހައްދުގައި ގަސް އިންދަމުންދާ ސަރަަހައްދެއް

ވިލިމާލޭ \'\'ކިނބިވާ\'\' ސަރަހައްދުގައި ގަސް އިންދަމުންދާ ސަރަަހައްދެއް

ވިލިމާލޭ ހުސް ބިންތަކުގައި ގަސް އިންދާފައި ހުރި ސަރަހައްދުތައް ހުސްކުރުމުގެ މަސައްކަތް ކައުންސިލުން ފެށުމުން، އެތަނުގައި ގަސް އިންދައިގެން އާމްދަނީ ހޯދާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ މީހުން ގަސް އިންދަމުން އަންނަނީ ދައުލަތުގެ ބިންތަކުގައެވެ. އަދި އެ ބިންތަކަކީ ގަސް އިންދަން ރަސްމީ ގޮތުން ދޫކޮށްފައިވާ ބިންތަކެއް ނޫނެވެ. ކައުންސިލުން ވަނީ މީގެ ކުރިންވެސް އެތަންތަން ހުސްކުރަން އަންގާފައެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ''ކިނބިވާ'' ސަރަހައްދުގައި އިންދާފައިވާ ގަސްތައް ވަށައިގެން ޖަހާފައި ހުރި ފެންސުތައް ނެގުމުގެ މަސައްކަތް ކައުންސިލުން ފެށުމުން އެތަނުގައި ގަސް އިންދާ ފަރާތްތަކުން ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.އެ ސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން ވަނީ އެ މީހުންގެ ކަންބޮޑުވުން ރާއްޖެއެމްވީއާ ހިއްސާކޮށްފައެވެ.

އެ އަވަށުގެ ތަރައްގީގެ ކަންތައްތަކުގައި އިސްވެ ހަރަކާތްތެރިވަމުން އަންނަ މުހައްމަދު ވަހީދު ބުނީ، ހުސްބިމުގައި ގަސް އިންދަމުން ދަނިކޮށް މާލެ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބައްދަލުވުމެއް ބާއްވާ ގަސް އިންދުމާއިގެން ކުރިޔަށް ދާން އެންގި ކަމަށެވެ. ނަމަވެސް އެހެން އެކަން އޮއްވާ ހޮނިހިރު ދުވަހު ސިޓީ ކައުންސިލުން 48 ގަޑިއިރުގެ އިންޒާރެއް ދިނުމަށް ފަހު ގަސްތައް އިންދާފައިވާ ސަރަހައްދުގެ ބިތްތައް ރޫޅަލާއި ގަސްތަކަށް ގެއްލުން ދީފައިވާ ކަމަށް ބުންޏެވެ.

އެތަނުގައި ގަސް އިންދަމުންދާ އުއްމު ބުނީ، އެ ހުސް ބިމުގައި ގަސް އިންދަން ފެށީ ވިލިމާލެ ދާއިރާ ކައުންސިލަރު ހަމްނާ ވަހީދު ހުއްދައާއި އެކު ކަމަށާއި، ހައްދާ ގަސް ވިއްކޭ ގޮތް ހަމަޖައްސަވާނެ ކަމަށް ސިޓީ ކައުންސިލް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން 23،000ރ. ގެ އިންވެސްޓުމެންޓެއް ކޮށްގެން ގަސް އިންދާފައިވާ ކަމަށެވެ. ގަސް ވިއްކައިގެން ރަނގަޅު އާމްދަނީ އެއް ހޯދަމުން އަންނަ އުއްމު ސިފަކުރާ ގޮތުގައި ކޮވިޑް-19 ގެ މި ހާލަތުގައި އިންދާފައި ހުރި ގަސްތައް ނަގަން ފެށުމަކީ އާމްދަނީއަށް ހުރަސް އެޅުމެވެ.

އޭނާ ބުނީ، ބިމު ކުއްޔެއް ނަގާ ގޮތަށްވެސް ގަސް އިންދޭނެ އިންތިޒާމް ކައުންސިލުގައި އެދުމުން ކައުންސިލުން އެކަމަށް އިޖާބަ ދީފައިނުވާ ކަމަށެވެ.

ގަސް އިންދާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ރާއްޖެއެމްވީން ސުވާލުކުރުމުން ވިލިމާލެ ދާއިރާގެ ކައުންސިލަރު ހަމްނާ ވިދާޅުވީ، ވިލިމާލޭގައި ގަސް އިންދަން ވަކި ބިމެއް ހާއްސަ ކޮށްފައިނުވާއިރު، ބައެއް ފަރާތްތަކުން ހުސް ބިންތަކުގައި ގަސް ޕޮޓްތައް ބަހައްޓަމުން ގަސް އިންދަމުންދާ ކަމަށެވެ.

ހަމްނާ ވިދާޅުވި 2017 ވަނަ އަހަރު ކައުންސިލްގެ މެމްބަރުކަމާއި ހަވާލުވެވަޑައިގަތްއިރު ވެސް އެ މައްސަލަ ވަރަށް ގިނައިން ހުށައެޅޭ ކަމަށާއި، އެކަމަކު ބިންތަކަކީ ކައުންސިލުގެ ދަށުގައިވާ ތަންތަނަށް ނުވާތީ އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ކައުންސިލްގެ ދަށަށް ބިންތައް ދިޔުމާއި އެކު އެހެން ހުރި ހުސް ބިންތަކުގައި ގަސް އިންދާ ތަންތަނަށް ހުސްކުރަން އިއުލާނުކޮށް ގެޒެޓް ކޮށްފައިވާ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ދައުލަތުގެ ބިންތަކުގައި އިންދާފައި ހުރި ގަސްތައް ނަގަން އަންގާފައިވާ ކަމަށެވެ.

ހަމްނާ ވިދާޅުވީ، މިހާރު އެތަނުން ނަގަމުންދަނީ ގަސް އިންދަން ވެގެން ހަދާފައިވާ ނެޓްތަކާއި ބިތްތަކާއި، ފުޅި ބުރިތަކުގެ އިތުރުން ހަންބުރި ތަކެއް ކަމަށެވެ. ސިޓީ ކައުންސިލްގެ މޭޔަރު ޝިފާގެ ވިސްނުމަކީވެސް ވިލިމާލެ އަކީ ގާޑެން ވިލެޖަކަށް ހެދުން ކަމަށާއި، އެކަމަށްޓަކައި ގަސް އިންދާނެ ތަނެއް ސިޓީ ކައުންސިލްގެ ފަރާތުން ހަމަޖައްސަވައި ދެއްވާނެ ކަމަށް މޭޔަރާއި ހަވާލާދެއްވި ހަމްނާ ވިދާޅުވިއެވެ.

ހަމްނާ ވިދާޅުވީ، އިންދާފައި ހުރި ގަސްތައް ނަގަން ދީފައިވާ 30 މުއްދަތުގެ ތެރޭގައި ގަސް ހައްދަން ބޭނުންވާ ފަރާތްތަކަށް އުސޫލެއްގެ ތެރެއިން އެކަން މަގު ފަހިކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ހާއްސަ އުސޫލެއް ކަނޑައެޅިގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޝްވަރާ ހޯދުމާ ގުޅޭ ގޮތުން ހަމްނާ ވިދާޅުވީ، ހުސްބިންތަކުގައި ހުރި އެއްޗެހި އެހެން ތަންތަނަށް ބަދަލުކުރާއިރު ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމަށެވެ. އަދި ވިލިމާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގަސް އިންދުމުގެ އުސޫލެއް ކަނޑައެޅިފައި ނެތުން ކަމަށް ފާހަގަކޮށް، ކައުންސިލްތައް އުފެދި އެތައް ދައުރުތަކެއް ނިމިގެން ދިޔައިރުވެސް އުސޫލެއް ހެދިފައި ނެތުމަކީ ކަންބޮޑުވުމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް