Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުޑީޝާރީ އިސްލާހުކުރުމުގެ މަސައްކަތް

މި ސަރުކާރުން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގަން ނުދާނެކަން ޔަގީން: ސިރާޖު

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަކީ އެމްޑީޕީން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 އޮކްޓޯބަރު 2020 | ހުކުރު 08:30
ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު

ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު

މިހާރުގެ ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒުފޯރުވަން މަސައްކަތްކުރާ ކަމަށް ބުނެ ދައްކާ ވާހަކައަކީ ހަމަޖެހޭ ވާހަކައެއް ނޫންކަަމަށާއި މީގެކުރިން ފެނިގެން ދިޔައީ ހިތްހަމަނުޖެހޭ ހުކުމެއް ސުޕްރީމް ކޯޓުން ކުރުމުން އެކޯޓުގެ ފުރާޅުން ޓިނުނެގިތަން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު ވިދާޅުވީ މިއަދުގެ ސަރުކާރުން ހިތްހަމަނުޖެހޭ ހުކުމެއް ކޯޓުން ކުރިޔަސް އެގޮތަށް އެކަން ނުކުރާނެ ކަމަށެވެ. ކޯޓުތަކުން ކަންކުރާނީ ޤާނޫނުގައި ލިޔެފައިވާގޮތަށް ކަމަށް ސިރާޖު ވިދާޅުވިއެވެ. ކުރީގެ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަކީ އެމްޑީޕީން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށާއި ނަމަވެސް ސްޕްރީމް ކޯޓުން ހުކުމްކޮށްގެން އެދިޔައީ އެހެން ގޮތަކަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސިރާޖު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓްގައި 100 މިލިއަން ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށާއި، މީހަކު ސުވާލުކުރަން ނުޖެހޭ ކަމެއްކަމަށް އެމަނިކުފާނަށް ހީފުޅުވިއަސް ތަހުޒީބީ ގައުމުތަކުގައި ކަންހިނގަމުންދަނީ އެއުސޫލުން ނޫންކަމަށެވެ. އެއީ ސުވާލު އުފެދޭ ކަމެއްކަމަށާއި ވަކިން ޚާއްސަކޮށް ދިވެހި ދައުލަތުގެ ރައީސްކަން ކޮށްފައިވާ މީހެއްގެ އެކައުންޓްގައި ނުބައްދަލު މިންވަރަށް ފައިސާ ހުރުމަކީ އެކަމާއި ގުޅިގެން ފިޔަވަޅުތަކެއް އެޅެންޖެހޭނެ ކަމެއްކަމަށް ސިރާޖު ވިދާޅުވިއެވެ. އަދި މިހާރު ޤާނޫނުލް އުގޫބާތަށް ނުހައްގު މުއްސަނދިކަން ހޯދުމާއި ގުޅޭގޮތުން މިގެނެވޭ އިސްލާހާއެކު ކޮރަޕްޝަނަށް މަގުފަހިވެގެންދާ ކަންކަން ވަރަށް ބޮޑަށް ބަންދުވެގެންދާނެކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ރައީސް ޔާމީނަކީ ވެރިކަމުގައި ހުންނެވިއިރުވެސް މުސާރައިގެ ދެ ބައި ކުޅަ އެއް ބައި ނަންގަވައިގެން އުޅުއްވިކަމަށް ވިދާޅުވި ބޭފުޅެއްކަމަށެވެ. އެހެންކަމުން މިކަންކަން ބެލެންޖެހޭނެކަމަށް ސިރާޖު ވިދާޅުވިއެވެ.

މަގާމުން ވަކިކުރެވޭ ފަނޑިޔާރުންވެސް މިސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ވާހަކަތައް ދައްކާކަމަށާއި އެކަމާއި ގުޅޭގޮތުން ވިދާޅުވާނީ ކީކީތޯ ދެންނެވުނު ސުވާލަށް ޖަވާބު ދެއްވަމުން ސިރާޖު ވިދާޅުވީ އެކަން މިނެކިރާނީ ރައްޔިތުން ކަމަށެވެ. ފަނޑިޔާރުންގެ ތެރެއިން ރިޝްވަތު ނަގައިގެން މަސައްކަތްކުރަނީ ކޮންކޮން ބައެއް ކަން އެއީ އެންމެންނަށްވެސް އެނގޭ ކަންކަންކަމަށާއި ފަނޑިޔާރުން ކޮށްފައި ހުންނަ ޓްވީޓްތަކަށް ބަލާލުމުންވެސް ކަންކަން ސާފުވެގެންދާނެ ކަމަށެވެ.

ރައްޔިތުން މިހާރު ކުރިޔަށްވުރެ ބޮޑަށް ފަނޑިޔާރުގެއަށް އިތުބާރު ކުރާ ކަމަށާއި ޚާއްސަކޮށް ހުޅުވާލައިގެން ޝަރީޢަތްތައް ކުރިޔަށް ގެންދާތީ ރަައްޔިތުންނަށް ކަންކަން ވަމުންދާ ގޮތް ސާފުކަަމަށް ސިރާޖު ވިދާޅުވިއެވެ. އަދި މައްސަލަތައް ހުރެގެން މަގާމުން ވަކިކުރެވުނު ފަނޑިޔާރުން މިހާރުގެ ފަނޑިޔާރުގެ މިނިވަން ނޫންކަމަށް ވިދާޅުވުމުން ދެން އެކަމާމެދު އަންނާނީ ހިނިކަމަށް ސިރާޖު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު