Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ތާޅަފިލި އަލިބެގެ މައްސަލަ

ޓީޓީ އެސޯސިއޭޝަނުން ބެލި މައްސަލަތަކުގެ އިތުރު ތަފުސީލު ދިނުމަށް އަލިބެ އެދިވަޑައިގެންފި

އަލިބެގެ މައްސަލައެއް ބެލީ ޓީޓީ އެސޯސިއޭޝަނާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2020 | ބުރާސްފަތި 16:50
ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)

ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބެލި މައްސަލަތަކުގެ އިތުރު ތަފުސީލު ދިނުމަށް ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެދިވަޑައިގެންފިއެވެ.

ޓީޓީ އެސޯސިއޭޝަނުން އަލިބެގެ މައްސަލައެއް ބެލީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އަސާސީ ގަވާއިދާ ޚިލާފަށް ޓީޓީ އެސޯސިއޭޝަނާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ.

މި މައްސަލައިގައި ޓީޓީ އެސޯސިއޭޝަނުން ވަނީ މިކަމަކީ އަލިބެގެ ފަރާތުން މިފަދަ ކަމެއް ފެނުނު ފުރަތަމަ ފަހަރު ކަމަށްވުމުން، ކުރިއަށް އޮތް ތަނުގައި މިފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޓީޓީ އެސޯސިއޭޝަނަށް މާފަށް އެދި ލިޔުމުން ހުށަހެޅުމުން، ޓީޓީ އެސޯސިއޭޝަނުގެ އެހެން މެންބަރުންނެކޭ އެއްގޮތަށް، އެހިނދުން ފެށިގެން އެ އެސޯސިއޭޝަނުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި، ވަސީލަތްތައް ބޭނުންކުރުމަކަށް ހުރަހެއް ނެތް ކަމަށްވެސް ވަނީ އަންގާފައެވެ.

ޓީޓީ އެސޯސިއޭޝަނުން ފޮނުވި ސިޓީގެ ޖަވާބުގައި އަލިބެ ވަނީ އަންގާރަ ދުވަހު ސިޓީއެއް ފޮނުވާފައެވެ. އަލިބެ ފޮނުވި ސިޓީގައި އޭނާ ވަނީ މައިގަނޑު ހަ ނުކުތާއެއް ފާހަގަކުރައްވާފައެވެ.

އެގޮތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޓީޓީ އެސޯސިއޭޝަނާ ގުޅުން ހުރި މީހުންނާއި، އަމިއްލަ ހައްގުގައި ކަމަށާއި، ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްގެންދިޔައީ ޤާނޫނު އަސާސީންވެސް އެ ފުރުސަތު އޮތުމުންކަން ކޯޓުން ފުރަތަމަ ބޭއްވި އަޑުއެހުމުންވެސް އެނގެން އޮތް ކަމަށް އަލިބެ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅުމުން އެސޯސިއޭޝަނުން އަމަލުކުރީ ކޯޓުގެ ނިންމުމަށްވެސް އިހުތިރާމު ކުޑަވާ ގޮތަށް، މައްސަލަ ހުށަހެޅި މީހާއަށް އަމާޒުކޮށް، ވަކި ކަމެއް ހާސިލުކުރަން ބޭނުންވާ ގޮތަށް ކަމަށްވެސް އަލިބެ ވަނީ ބުނެފައެވެ.

އެ ސިޓީގައި އަލިބެ އިތުރަށް ބުނީ ޓީޓީ އެސޯސިއޭޝަނުން އޭނާގެ މައްސަލަ ބެލީ ހީލަތްތެރި ގޮތަކަށް އޭނާއަށް ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ދިނުމެއް ނެތި ކަމަށެވެ. އެގޮތުން މީގެ ކުރިން އަލިބެ ބަލީ ޓީޓީ އެސޯސިއޭޝަނުން ބެލި މައްސަލައިގެ ތަފުސީލު ހާމަކުރައް އެކި ފަހަރު މަތިން އެދެފައެވެ. އަދި އޭގެ ފަހުންވެސް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތު ހާމަނުކުރުމުން އަލިބެ އެ މައްސަލައިގެ ތަފުސީލު ހޯދަން ސަރުކާރުގެ އިދާރާތަކުގައިވެސް އެދިވަޑައިގަތެވެ.

އަލިބެ މާފަށް އެދުމަށް ޓީޓީ އެސޯސިއޭޝަނުން އެންގިއިރު، އެ އެސޯސިއޭޝަނުން ވަނީ އަލިބެ ހިމެނިވަޑައިގަތް ހުސްވި ދައުރުގެ ހިންގާ ކޮމިޓީގައި ނިންމާފައިވާ ނިންމުންތަކާއި، ހިއްސާކޮށްފައިވާ މައުލޫމާތާ ބެހޭގޮތުން ހަގީގަތާ ޚިލާފު މައުލޫމާތު މީޑިއާތަށް މެދުވެރިކޮށް އާންމުކުރުމާއި، ޓޭބަލް ޓެނިހުގެ އަރަމުން އަންނަ ހަގު ކުޅުންތެރިންނަށް ނަމޫނާ ދައްކަންޖެހޭ ފަދަ މަގާމެއްގައި ހުރެ، އެކުޅުންތެރިންގެ ހިތްވަރު އެލޭ ފަދަ ކަންކަން އަލިބެ ކޮށްފައިވާ ކަމަށް ބުނެފައެވެ.

އެހެންކަމުން އަލިބެ ވަނީ ޓީޓީގެ ކުރީގެ ހިންގާ ކޮމިޓީއާ ގުޅޭ ކަންތައްތަކަކާ ބެހޭގޮތުން މީޑިއާގައި ދެއްކި ހަގީގަތާ ޚިލާފު ވާހަކަ އަކީ ކޮބައިތޯ ސާފުކުރަންވެސް އެދިވަޑައިގެންފައެވެ. އަދި ޓީޓީގެ ހަގު ކުޅުންތެރިންގެ ހިތްވަރު އެލޭ ގޮތަށް އަލިބެ ކަންތައްތައް ކޮށްފައިވާ ކަމަށް އެސޯސިއޭޝަނުގެ ސިޓީގައި ބުނެފައިވާތީ، އެ ކަމަށް އިންކާރުކުރައްވާ އަލިބެ ވިދާޅުވީ އެއީ އެސޯސިއޭޝަނުން އޭނާ ބޮލުގައި އަޅުވާ ތުހުމަތެއް ކަމަށާއި، އޭނާ އަކީ ދުވަހަކުވެސް ހަގު ކުޅުންތެރިންގެ ހިތްވަރު އެލޭނެ ފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށެވެ. އަދި ހަގު ކުޅުންތެރިންގެ ހިތްވަރު އެލޭ ގޮތަށް އަލިބެއަށް ކުރެވުނު ކަންތައްތައްވެސް އޮޅުންފިލުވައިދޭން ވަނީ އެދިވަޑައިގެންފައެވެ.

ޓީޓީ އެސޯސިއޭޝަނާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލައިގައި އަލިބެއަށް ނަސޭހަތްތެރިވެ، މާފަށް އެދެން އެންގިއިރު، އަލިބެ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހުގެ 17 ވަނަ ދުވަހަށް ތާވަލުކުރިއެވެ. އެކަމަކު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ނިމިފައިވުމުން، އެ މައްސަލައިގެ މުއާލާތް މިހާރު ކެނޑިފައިވާ ކަމަށް ކޯޓުގައި ވިދާޅުވެ އަލިބެ ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އަމިއްލަފުޅަށް އެމައްސަލަ އަނބުރާ ކޯޓުން ނަންގަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު