Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްލައިމެޓް އެކްޝަން ޕްލޭން

ރާއްޖޭގެ ކްލައިމެޓް އެކްޝަން ޕްލޭން ވަރުގަދަވާނެ، އަޕްޑޭޓްވާނެ: ރައީސް

އެންޑީސީތައް މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުށައަޅަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އޮކްޓޯބަރު 2020 | ބުދަ 11:22
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު- ރައީސް ސޯލިޙު ވިދާޅުވީ ރާއްޖެއިން ސުންގަޑީގެ ކުރިން އެންޑީސީ ހުށައަޅާނެ ކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު- ރައީސް ސޯލިޙު ވިދާޅުވީ ރާއްޖެއިން ސުންގަޑީގެ ކުރިން އެންޑީސީ ހުށައަޅާނެ ކަމަށް

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމުގެ ގޮތުން ދިވެހިރާއްޖެއިން އެކުލަވާލާ "ކްލައިމެޓް އެކްޝަން ޕްލޭން" އިތުރަށް ވަރުގަދަ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ޕެރިސް އެގްރީމަންޓުގެ ދަށުން ޤައުމުތަކުން ހުށައަޅަންޖެހޭ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ތައް މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް ކްލައިމެޓް ވަލްނަރެބަލް ފޯރަމް (ސީވީއެފް) އިން ވަނީ ގޮވާލައްވާފައެވެ.

އެކަމަށް ތައުރީފު ކުރައްވައި ބުދަ ދުވަހު ރައީސް ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ވެސް ސުންގަޑީގެ ކުރިން އެންޑީސީ ހުށައަޅާނެ ކަމަށާއި، ރާއްޖެއިން އެކުލަވާލާނީ ކުރިއަށްވުރެ ވަރުގަދަ އެކްޝަން ޕްލޭނެއް ކަމަށެވެ.

ރައީސް ސޯލިޙު ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ޕެރިސް އެގްރީމަންޓުގައި ވާގޮތަށް ރާއްޖެއިން އެންޑީސީ ހުށައަޅާނެ ކަމަށެވެ.

ކްލައިމެޓް ވަލްނިރަބަލް ފޯރަމް އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށައެޅިފައިވާ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަޑު އިއްވުމުގެ ގޮތުން ދިވެހިރާއްޖެއިން އުފައްދާފައިވާ ފޯރަމެކެވެ. 2009 ވަނަ އަހަރު އުފެއްދި މި ފޯރަމްގައި 48 ގައުމަކުން ވަނީ ބައިވެރިވެފައެވެ.

މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޤައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ޤައުމުތަކުން ބޭނުން ކުރާ ހަކަތަ އަކީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތަ އަށް ބަދަލު ކުރުމަށް މަސައްކަތް ކުރުމެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު