Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށި އެއަރޕޯޓް

ހޯރަފުށި އެއަރޕޯޓް އިންޑިޔާގެ ބަޔަކާއި ހަވާލުކޮށްފައެއް ނުވޭ: އަމީރު

ހޯރަފުށި އެއަރޕޯޓް އިންޑިޔާ ކުންފުންޏަކަށް ދީފައިވާކަމަށް ބުނެ އިދިކޮޅުން އަންނަނީ ވާހަކަދައްކަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އޮކްޓޯބަރު 2020 | ބުދަ 08:05
ހޯރަފުށީގައި އަޅަމުން ގެންދާ އެއަރޕޯޓް

ހޯރަފުށީގައި އަޅަމުން ގެންދާ އެއަރޕޯޓް

ހއ. ހޯރަފުށީގައި ތަރައްޤީ ކުރަމުން އަންނަ އެއަރޕޯޓް އިންޑިޔާ ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ދޮގު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވަނީ އިދިކޮޅު މެމްބަރުން ހޯރަފުށި އެއަރޕޯޓް އިންޑިޔާ ކުންފުންޏަކަށް ދިން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކުގައި ހިމެނޭ ދޮގު ސާފު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުގެ ކިބައިން ވަނީ އެެދިވަޑައިގަންފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ހޯރަފުށި އެއަރޕޯޓް އިންޑިޔާގެ އެއްވެސް ބަޔަކާއި ހަވާލުކޮށްފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

އިދިކޮޅު ފަރާތްތަކުން މިފަހަކުން އަންނަނީ އިންޑިޔާގެ ކުންފުނިތަކަށް ރާއްޖޭގެ ބޮޑެތި މަޝްރޫޢުތައް ހިންގަންދޭ ކަމުގެ ތުހުމަތުތަކެއް ވަރަށް ބޮޑަށް ކުރަމުންނެވެ. އެގޮތުން އެންމެ އުތުރުން އޮންނަ ހަނިމާދޫ އެއަރޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްްޤީ ކުރުމަށް އިންޑިޔާއިން ފަންޑު ކުރުމާއި ގުޅިގެން އެއަަރޕޯޓް ހިންގުން ވެސް އިންޑިޔާއާ ހަވާލު ކޮށްފައިވާ ކަމަށް އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް ސަރުކާރުން އަންނަނީ އެވާހަކަތައް ދޮގު ކުރަމުންނެވެ.

އިންޑިޔާއިން އަންނަނީ ރާއްޖެއަށް ކޮވިޑް-19 ގެ މިދަތި ދަނޑިވަޅުގައި ބޮޑެތި އެހީތަކެއް ދެމުންނެވެ. އެގޮތުން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު ދީފައިވާއިރު 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ބޮޑު ހަތް މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިޔާގެ އެހީގައި ގިނަ މަޝްރޫޢުތަކެއް ފެށުމަށް ތައްޔާރުވަމުން އަންނައިރު އިދިކޮޅު ފަރާތްތަކުން މިކަމުގައި އިންޑިޔާ އާއި ދެކޮޅަށް ދައްކާ ވާހަކަތަކުގެ އަޑުތައް ބާރުވެ އެކަމުގެ ފާޑުކިޔުންތައް ވަނީ ގިނަ ވެފައެވެ. ޚާއްސަކޮށް މަޖިލީހުގެ ތެރޭގައި ވެސް އިދިކޮޅު މެމްބަރުން މިހާރު ދައްކަވާ ކޮންމެ ވާހަކައެއްގައި އަންނަނީ އިންޑިޔާއަށް ފާޑު ކިޔުއްވަމުންނެވެ.

ހއ. ހޯރަފުށީގައި ތަރައްޤީ ކުރާ އެއާޕޯޓު މަޝްރޫގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ މަސައްކަތްތައް މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ޖުމްލަ 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރެވި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް އެ އަހަރުގެ މާރޗް 31ގައި ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2017

އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި

26 އޮކްޓޯބަރު 2017
އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި
18 އޮކްޓޯބަރު 2017

ކުންފުނިތަކުން ވަގަށް ނެގި ފައިސާ އިން އެއަރޕޯޓް ޓާމިނަލް މަސައްކަތް ކުރެވޭނެ، ލޯން ނަގާކަށް ނުޖެހޭނެ: ޑރ ޖަމީލް

18 އޮކްޓޯބަރު 2017
ކުންފުނިތަކުން ވަގަށް ނެގި ފައިސާ އިން އެއަރޕޯޓް ޓާމިނަލް މަސައްކަތް ކުރެވޭނެ، ލޯން ނަގާކަށް ނުޖެހޭނެ: ޑރ ޖަމީލް
05 އޮކްޓޯބަރު 2017

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހއ. ހޯރަފުށިން ކުޑަކުއްޖަކު ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހއ. ހޯރަފުށިން ކުޑަކުއްޖަކު ހައްޔަރުކޮށްފި
15 އޯގަސްޓު 2017

ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި

15 އޯގަސްޓު 2017
ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި
17 ޖުލައި 2017

އިންޑިޔާގެ ބޮޑުވަޒީރަށް ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

17 ޖުލައި 2017
އިންޑިޔާގެ ބޮޑުވަޒީރަށް ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު