Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެީމީރާ

އެއަރޕޯޓް ސަރޗާޖް ނަގަންފެށުމާއެކު މޭމަހު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

އެންމެ ގިނަ ފައިސާ ލިބުނީ ޖީއެސްޓީއަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 11 ޖޫން 2017 | އާދީއްތަ 13:47
މީރާ: މިދިޔަ މޭމަހު ލިބުނު އާމްދަނީ މިދިޔައަހަރު މެއި މަހަށްވުރެ އިތުރު

މީރާ: މިދިޔަ މޭމަހު ލިބުނު އާމްދަނީ މިދިޔައަހަރު މެއި މަހަށްވުރެ އިތުރު

މިއަހަރުގެ މޭ މަހު އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށާއި އޭގެ ތެރޭގައި އެމެރިކާ ޑޮލަރުން ބަލައިގަތް އާމްދަނީގެ ގޮތުގައި 35.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ބުނެއެވެ. މީރާ އިން ބުނި ގޮތުގައި އެ މިންވަރަކީ މިދިޔަ އަހަރުގެ މޭ މަހު މީރާއަށް ލިބުނު އާމްދަނީ އާ އަޅާބަލާއިރު 5.9 އިންސައްތަ އިތުރު މިންވަރެކެވެ. އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީ.އެސް.ޓީ، ވިތުހޯލްޑިންގް ޓެކްސް، އެއާޕޯޓް ސަރވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ މޭ މަހަށްވުރެ އިތުރުވުން ކަމަށް މީރާއިން ބުނެއެވެ. މިއަހަރުގެ މޭ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 49 އިންސައްތަ ކަމަށާއި އެއީ 598.2 މިލިއަން ރުފިޔާ ކަމަށް މީރާއިން ބުނެއެވެ. މީރާއިން ބުނި ގޮތުގައި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައެވެ. ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މީރާއަށް މިދިޔަ މޭ މަހު 317.1 މިލިއަން ރުފިޔާ ލިބުނެއެވެ. ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މޭ މަހު މީރާއަށް 72.4 މިލިއަން ރުފިޔާ ލިބުނުއިރު ގްރީން ޓެކްސްގެ ގޮތުގައި 63.1 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި މީރާއަށް 49.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2018

މޭމަހު ޖެންޑާއަށް ހުށައެޅި މައްސަލަތަކުން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް!

13 ޖޫން 2018
މޭމަހު ޖެންޑާއަށް ހުށައެޅި މައްސަލަތަކުން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް!
03 މާރިޗު 2018

ވިލާއަށް 99 އަހަރަށް މާމިގިލި އެއަރޕޯޓް ދިނުމުގައި ކޮރަޕްޝަން ހިންގާފައެއް ނުވޭ: އޭސީސީ

03 މާރިޗު 2018
ވިލާއަށް 99 އަހަރަށް މާމިގިލި އެއަރޕޯޓް ދިނުމުގައި ކޮރަޕްޝަން ހިންގާފައެއް ނުވޭ: އޭސީސީ
07 ޖެނުއަރީ 2018

ކުޅުދުއްފުއްޓާއި ފުނަދޫ އެއަރޕޯޓްގައި އިމާރާތްތަކެއް އަޅާނެ ބަޔަކު ހޯދަނީ

07 ޖެނުއަރީ 2018
ކުޅުދުއްފުއްޓާއި ފުނަދޫ އެއަރޕޯޓްގައި އިމާރާތްތަކެއް އަޅާނެ ބަޔަކު ހޯދަނީ
24 ޑިސެމްބަރު 2017

މާފަރު އެއަރޕޯޓް ޔޫއޭއީއަށް ދިނީ ނުރަސްމީ، އަމިއްލަ ގުޅުމެއްގެ ތެރެއިން: ރައީސް

24 ޑިސެމްބަރު 2017
މާފަރު އެއަރޕޯޓް ޔޫއޭއީއަށް ދިނީ ނުރަސްމީ، އަމިއްލަ ގުޅުމެއްގެ ތެރެއިން: ރައީސް
07 ނޮވެމްބަރު 2017

ނ. މާފަރު އެއަރޕޯޓް ބިޑަށް ހުޅުވާލާފައިވަނީ އޮޅުމަކުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި: ހަނީފާ

07 ނޮވެމްބަރު 2017
ނ. މާފަރު އެއަރޕޯޓް ބިޑަށް ހުޅުވާލާފައިވަނީ އޮޅުމަކުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި: ހަނީފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު