Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންއައިސީއަށް މެމްބަރުން އައްޔަން ކުރުން

އެންއައިސީއަށް ގާސިމް އައްޔަން ކުރުމާ މެދު އާންމުންގެ ހިޔާލު ހޯދަނީ

7 އޮކްޓޯބަރު 2020 | ބުދަ 05:04

މިމަހުގެ 12ވާ ހޯމަ ދުވަހުގެ 14:00ގެ ގެ ކުރިން ޝަކުވާ ހުށަހަޅަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޮކްޓޯބަރު 2020 | ބުދަ 05:04
ޅ.ނައިފަރު، ނިކަގަސްދަށުގެ ގާސިމް އަބްދުލްކަރީމް

ޅ.ނައިފަރު، ނިކަގަސްދަށުގެ ގާސިމް އަބްދުލްކަރީމް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅާފައިވާ ފަރާތާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއުލާނެއްގައި ބުނެފައިވަނީ އެންއައިސީއަށް ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ޅ.ނައިފަރު، ނިކަގަސްދަށުގެ / ގާސިމް އަބްދުލްކަރީމްގެ އައްޔަނުކުރުމާ ގުޅޭގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް، ގޮތެއް ނިންމުމަށް އެމައްސަލަ 5 އޮކްޓޫބަރު 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، ގާސިމްއާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަނީ އިއުލާންކޮށްފައެވެ.

މަޖިލީހުން ބުނީ ގާސިމްގެ ނަމާ މެދު އެއްވެސް ޝަކުވާއެއް ނުވަތަ އެއްވެސް ހިޔާލެއް ދޭން ބޭނުންވާ މީހުނަށް 12 އޮކްޓޫބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެގޮތުން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެސް committee@majlis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައި ދިނުމަށް މަޖިލީހުން ވަނީ އެދިފައެވެ.

އެންއައިސީގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅާފައިވާ ގާސިމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ހުންނަވާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތުތަކެއް ލީކްކޮށްލި ފަރާތަކެވެ. އަދި ބީއެމްއެލްގެ އެތެރޭގެ މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލާގައި 1 އަހަރާއި 4 މަހުގެ ޖަލު ހުކުމެއް އައިސްފައިވާއިރު އޭނާ މިނިވަންވީ 2017 ވަނަ އަހަރެވެ.

އެންއައިސީ އަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނަކަށްވާއިރު ކޮމިޝަންގައި މިހާރު ހުންނަވަނީ ދާދި ފަހުން މެމްބަރަކަށް އައްޔަން ކުރެއްވި ކާނަލް (ރޓޑ) އަހްމަދުޖިހާދު އެކަންޏެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް