Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯގެ އަހަރީ އާންމު ޖަލްސާ

2019 އަހަރަކީ މިހާތަނަށް މިފްކޯގެ ހަޔާތުގައި އެންމެ ގިނައިން މަސް ގަތް އަހަރު!

48 ހާސް މެޓްރިކް ޓަނުގެ މަސްވަނީ ގަނެފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2020 | އަންގާރަ 18:59
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ހަޔާތުގައި މިހާތަނަށް އެންމެ ގިނައިން މަސްގަތް އަހަރަކީ 2019 އަހަރު ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

އެކުންފުނީގެ އަހަރީ އާންމު ޖަލްސާ އަންގާރަ ދުވަހު ބާއްވާފައިވާއިރު، 2019 އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފައިވެ އެވެ. އަދި 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ޔައުމިއްޔާ ވަނީ ފާސްކޮށްފަ އެވެ.

Advertisement - newsAdvertisement

މިފްކޯގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިހާތަނަށް އެކުންފުނީގެ ހަޔާތުގައިވެސް އެންމެ ގިނައިން މަސް ގަނެފައިވަނީ 2019 އަހަރު ކަމަށާއި އެގޮތުން ސާޅީސް އަށްހާސް ފަސް ސަތޭކަ އަށްވުރެން ގިނަ މެޓްރިކްޓަނުގެ މަސް ވަނީ ކުންފުންޏަށް ގަނެފަ އެވެ.

ތަފާސް ހިސާބު ދައްކާ ގޮތުން އެންމެ ގިނައިން މަސް ގަނެފައިވަނީ ދެކުނުން ކަމަށާއި އުތުރުންނެވެ.

އަދި ފާއިތުވި 2019 ވަނަ އަހަރަކީ މިފްކޯ އިން އެންމެ ގިނަ އަދަދަކަށް ރާއްޖޭގެ މަސްވެރިންނަށް ފައިސާ ދޫކުރި އަހަރު ކަމަށްވެސް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

އެގޮތުން 901 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި މިއީ އެކުންފުންޏަށް ލިބުނު ކާމިޔާބީއެއް ގޮތަށް އޭޖީއެމްގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ބައްދަލުވުމުގައި ކުންފުނިން މިހާތަނަށް ހޯދާފައިވާ ކާމިޔާބީ ތަކާއި އަދި ކުރިއަށް އޮތް ތަނުގައި ކުުރުމަށް ޕްލޭންކޮށްފައި ހުރި ކަންތައްތައްވެސް ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން މިފްކޯގެ މިސްރާބް ހުރީ މަސްވެރިން ބާނާ މަސްކިރުވަން އޮންލައިން ޕްލެޓްފޯމަކާއި ދިމާލަށް ގެންދިއުން ކަމަށާއި އެކުންފުނިން މިހާރު ކުރަމުންދާ މަސައްކަތަކީ އެޕްލިކޭޝައެއް ތައްޔާރުގެ މަސައްކަތް ކަން ފާހަގަކުރަމުން، މިއަހަރުގެ ނޮވެމްބަރ މަހުގެ ފަހުކޮޅު މިއެޕްލިކޭޝަން ޓެސްޓް ކުރަން ފައްޓާނެކަން ވަނީ ހާމަކޮށްފައެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން މިހާރު މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލުވެ، މިއެޕްލިކޭޝަނުން މަސްވެރިންނަށް ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.

މަސްބާނައިގެން މަސްކިރުވުމަށް އަންނައިރު އެންމެ ކައިރިން މަސްކިރުވޭނެ ކެޕޭސިޓީ ހުރީ ކޮން ބޯޓެއްގައި ކަމާއި މަސްކިރުވާ ބޯޓް އޮންނަ ލޮކޭޝަންއާއި އަދި ކިޔުގައި ނުޖެހި މަސްކިރުވޭނެ ރަނގަޅު އިންތިޒާމްތަކެއް މި އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ލިބިގެންދާނެ އެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ފެނާއި، ތެޔޮ އަދި މިފްކޯގެ ފިހާތަކުން ކްރެޑިޓް ސްކީމަށް ތަކެތި ބައްލަވައިގަނެވޭނެ ކަމަށާއި މިއީވެސް މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ އެވެ.

ހަތް އަހަރަށް ފަހު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ވަނީ ދޫކޮށްލާފައެވެ. މިފްކޯއިން އަގު ކޮންޓްރޯލް ކުރުމަށްފަހު މަސް ގަންނަމުން އައިސްފައިވަނީ 20 ރުފިޔާއަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ކޮންމެ ބަދަލެއް ގެނައުމުގެ ބާރު މިފްކޯއަށް ލިބިގެންދާނެއެވެ.

މިފްކޯއަށް ދިމާވެފައިވާ ސްޓޯރޭޖްގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށޭނެކަން ވަނީ އޭޖީއެމްގައި ހާމަކޮށްފައެވެ. އެގޮތުން ސްޓޯރޭޖްގެ މައްސަލަ ހައްލު ކުރުމަށް 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ތައްޔާރުވެފަ އެވެ.

މިފްކޯގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ސްޓޯރޭޖް އިތުރު ކުރުމުގެ އިތުރުން، ކޫއްޑޫ އާއި ފެލިވަރުގެ ބަނދަރު ތަރައްގީ ކުރެވިގެންދާނެ ކަމަށާއި ކޯލްޑް ސްޓޯރޭޖާއި ކޭނިންގ ކެޕޭސިޓީ ވެސް އިތުރު ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މަސްވެރިން ބާނާ މަހަށް ދުވަހުން ދުވަހަށް ފާއިސާ ދެވޭ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހެދުމަށް މަސައްކަތްތަކެއް ކުރާއިރު އެންމެ ފުރަތަމަ ވެސް ބޭނުންވަނީ އެކަށީގެންވާ ޕްރޮސެސިން ކެޕޭސިޓީއެއް ކަމަށް އެކުންފުނިން ބުންޏެވެ.

އެގޮތުން މިހާރު ކޫއްޑޫގައި 2000 ޓަނު އަދި ފެލިވަރުގައި 700 ޓަނުގެ ސްޓޯރޭޖެއް ހުރިއިރު ފެލިވަރުގައި ފްރީޒިން ކެޕޭސިޓީއެއް ނެތް ކަމަށާއި އެހެންކަމުން އެންމެ ފުރަތަމަ ފެލިވަރުގައި 200 ޓަނުގެ ފްރީޒިން ކެޕޭސިޓީއެއް ޤާއިމްކޮށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.

އަދި ކޮވިޑްގެ މިދަނޑިވަޅުގައި އެންމެ ބޮޑު ލުއި ފަސޭހަކަމެއް ލިބިގެން ދިޔައީ މަސްވެރިންނަށް ޚާއްސަކޮށްގެން ދޫކޮށްފައިވާ 'މަސްވެރިޔާ ކާޑު'އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުސްތޫރީ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

ދުސްތޫރީ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

22 މެއި 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިދިޔަ އަހަރަކީ ރެކޯޑް މިންވަރަކަށް ކޯޓްތަކަށް މައްސަލަތައް ހުށަހެޅުނު އަހަރެއް: ޑީޖޭއޭ

މިދިޔަ އަހަރަކީ ރެކޯޑް މިންވަރަކަށް ކޯޓްތަކަށް މައްސަލަތައް ހުށަހެޅުނު އަހަރެއް: ޑީޖޭއޭ

14 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު