Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލުތަކުގައި އަންހެނުންގެ ދައުރު

ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރުމަކީ ތަފާތު ކުރުމެއް ނޫން: އޭޖީ އޮފީސް

6 އޮކްޓޯބަރު 2020 | އަންގާރަ 18:16

މި މައްސަލަ ފުރަތަމަ ހުށައަޅާފައިވަނީ ސުޕްރީމް ކޯޓަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 އޮކްޓޯބަރު 2020 | އަންގާރަ 18:16
މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވާހަކަ ދައްކަވަނީ

މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވާހަކަ ދައްކަވަނީ

ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހަކީ ޖިންސީ ގޮތުން ތަފާތު ކުރުން ނޫން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

ޖުމްހޫރި ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ހައިކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި އަޑުއެހުމުގައި ބައިވެރިވެވަޑައިގެން ދައުވާއަށް ޖަވާބުދާރީވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ، މި ޤާނޫނުގެ ސަބަބުން ޖިންސީ ގޮތުން ތަފާތު ނުވާ ކަމަށެވެ. އެގޮތުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ޤާނޫނަށް އިސްލާޙުތަކެއް ގެންނަން ޖެހޭކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، މި ދާއިރާތަކުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަކީ މި ސަރުކާރުންވެސް އިސްކަންދޭ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، މިހާރުވެސް ލޯކަލް ކައުންސިލް ތަކުގައި އަންހެނުންގެ ދައުރު ކުޑަކަން ފާހަގަ ކުރައްވައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލު ވިދާޅުވީ، 2011 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް އިންތިޚާބުވާ އަންހެނުންގެ އިންސައްތަ 10ށް ވުރެވެސް ދަށް ކަމަށެވެ. އެއާއެކު އަންހެނުންނަށް ކައުންސިލްގައި ގޮނޑިތަކެއް ހާއްސަ ކުރުމަކީ ތަފާތު ކުރުމެއް ނޫން ކަމަށާއި، އެއީ ހަގީގަތުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުންކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ވަކީލު ވިދާޅުވީ، މުޖުތަމައުގެ އާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖުތިމާއީ ގޮތުން ޚާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ކުރާ ކަންކަމަކީ ތަފާތު ކުރުން ކަމަށް ނުބެލެވޭކަމަށް ސީދާ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހަކީ އެ އަސާސްގެ މައްޗަށް ބިނާވެގެންވާ އިސްލާޙެއްކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، މިއީ ބައިނަލްއަޤުވާމީ ގޮތުންވެސް މިހާރު ބަލައިގެންފައިވާ އުސޫލުތަކެއް ކަމަށެވެ. އަދި އެކަން ބޭރުގެ ޤައުމުތަކުގެ ނިންމުންތަކުންވެސް ފެންނަން އޮތްކަން ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި އަންހެނުންނަށް ވަކި ގޮނޑިތަކެއް ހާއްސަކޮށްފައި އޮތުމަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އޭޖީ އޮފީހުން ވަނީ އެދިފައެވެ.

އަންވަރުގެ ފަރާތުން ހުށައެޅި މި މައްސަލަ ފުރަތަމަ ހުށައަޅާފައިވަނީ ސުޕްރީމް ކޯޓަށެވެ. އެހެން ނަމަވެސް މި މައްސަލަ ނުބެލޭނެ ކަމަށް ނިންމައި ސުޕްރީމް ކޯޓުގެ ރެޖިސްޓްރ، މޫސަ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފުރަތަމަ މަރުހަލާގައި އެ މައްސަލަ ބެލުމުގެ ބާރުލިބިގެންވަނީ ހައިކޯޓަށް ކަމަށެެެވެ. އެހެން ކަމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެލެން ނެތް ކަމަށް އެ ކޯޓުން ފޮނުވި ސިޓީގައިވެއެވެ. އެއާއެކު އަންވަރު ވަނީ އެ މައްސަލަ ހައިކޯޓަށް ހުށައަޅާފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

5

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
08 ފެބުރުއަރީ 2017

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް