Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާންތެރިވުން

ރައްޔިތުންގެ ހައްގު، މުޖުތަމައުގެ ހައްގު އެއީ ކުޅޭކުޅޭ އެއްޗެއް ނޫން!

ދައުލަތުގެ ފައިސާއިން ހިޔާނާތްވުމުގައި ދައުލަތުގެ އިސްވެރިން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2020 | ބުދަ 04:35
ކުރީގެ ރައީސް ޔާމީން އަދި ކުރީގެ ނާއިބު ރައީސް އަދީބު އަރިހުގައި ކުރީގެ ފިޝަރީޒް މިނިސްޓަރު ޝައިނީ: ކުރީގެ ސަރުކާރުން ދައުލަތުގެ ފައިސާއާއި މުދަލުން ބޮޑެތި ހިޔާނާތް ހިންގާފައިވޭ

ކުރީގެ ރައީސް ޔާމީން އަދި ކުރީގެ ނާއިބު ރައީސް އަދީބު އަރިހުގައި ކުރީގެ ފިޝަރީޒް މިނިސްޓަރު ޝައިނީ: ކުރީގެ ސަރުކާރުން ދައުލަތުގެ ފައިސާއާއި މުދަލުން ބޮޑެތި ހިޔާނާތް ހިންގާފައިވޭ

ރައްޔިތުންގެ ހައްގު، އަދި މުޖުތަމައުގެ ހައްގަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަން ދެނެހުރެމެ، މުޖުތަމައުގެ ހައްގުތަކަށް ދައުލަތް ހިންގުމުގެ ޒިންމާ އަދާކުރާ ފަރާތްތަކުން އަރައިގަތުމަކީ ވަރަށް ނުރައްކާތެރި މައްސަލައެކެވެ. މިކަމަށް ސަމާލުވަނީ ދައުލަތް ހިންގުމުގެ ޒިންމާ ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ކިތައް ބޭފުޅުންތޯއެވެ؟

ދިވެހި ދައުލަތް ހިންގުމުގެ ޒިންމާ އަދާކުރަމުންދާ ގިނަ ފަރާތްތަކުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާތީ ދިވެހި ދައުލަތަށާއި ގައުމަށް ބޮޑެތި ގެއްލުންތަކެއްވެސް ދަނީ ލިބެމުންނެވެ. ފަހުގެ ތާރީހަށް ބަލާލިނަމަވެސް ދިވެހި ދައުލަތް ހިންގުމުގެ ޒިންމާ އަދާކުރަމުންދާ ގިނަ ފަރާތްތަކުން، އެފަރާތްތަކުގެ ބާރުވެރިކަމުގައިތިބެ، ދިވެހި ނިކަމެތި ރައްޔިތުން، އިތުރަަށް ނިކަމެތި ކުރުން ނޫންކަމެއް ކުރާތަނެއް ނުފެނެއެވެ. ދައުލަތް ހިންގުމުގެ ޒިންމާ އަދާކުރަމުންދާ ވެރިންގެ ތެރޭގައި އިހުލާސްތެރިވެރިން ހަމަ މަދީއެވެ.

ނުބައި ވެރިންގެ ބަހަށް ހެއްލި، އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަމުންދާ މީހާގެ މަގު އޮޅި، ހިޔާނާތާއި ކޮރަޕްޝަން ހިންގާ ވެރިންގެ ބައިގަނޑުގެ ތެރެއަށް އުމަގުވާ މަންޒަރު ފެންނަ ފަހަރުވެސް މަދެއް ނޫނެވެ. މިއަދު ދިވެހި ގައުމުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ބެލިޔަސް އެ މަންޒަރު ވަރަށް ސާފުކޮށް އެބަފެނެއެވެ.

ގައުމު ހިންގަމުންދާ ސަރުކާރު، ރައްޔިތުންގެ ވޯޓުން ބަދަލުކުރިޔަސް، ރައްޔިތުންނަށް ހިތްހަމަ ޖެހުމެއް ނެތެވެ. ހަމަ ކުރީގައިވެސް ވައްކަން ކުރުމުގެ ތުހުތަމުކުރެވޭ އެތައް ބަޔަކު އަދިވެސް ހަމަ އެ މީހުންގެ ބައިބޯކުރުމުގައި، އެތިބި މަގާމުގައެވެ. ހަމަ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަން ހިންގާ ބައިގަނޑު ބޮޑުކުރާތަން ނޫންތަނެއް އަދިވެސް މިގައުމުން ނުފެއެވެ.

ތިމާގެ ހަލާލު މަސައްކަތުން ހޯދާ ފައިސާއިން، އަނބިދަރިންނަށް ޚަރަދު ކުރުމާއި، ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރަން ދައުލަތުގެ ޒިންމާދާރު މަގާމުތަކުގެ ތިއްބެވި ބޭފުޅުން ވިސްނާނީ ކޮންދުވަހަކުން ބާއޭ ހިތައް އަރައެވެ. އެހެން ހިތަށް އަރަނީވެސް މިގައުމު ހިންގުމުގެ ޒިންމާއާ ހަވާލުވެ ތިއްބެވި ބޭފުޅުން، ދައުލަތުގެ ފައިސާއިން ކުރަމުންދާ ވައްކަމުގެ މައްސަލަތަކުގައި މިލިއަން ޑޮލަރުން ގުނާލެވޭތީ އެވެ. މިލިއަނެއް ނުވަތަ ފަސް މިލިއަނެއްހާ ޑޮލަރުން ނޫންގޮތަކަށް ދައުލަތުގެ އިސްވެރިން މިހާރު ވައްކަމެއް ކުރާތަނެއް ނުފެނެއެވެ. އެހެންވީމާ، މިލިއަން ޑޮލަރުން އެވަރަށް ވައްކަން ކުރަމުންދާއިރުވެސް، ދިވެހި ދައުލަތުގެ މުވައްޒަފުންނަށް މުސާރަދީ، ސަރުކާރުން ދެން ކުރަން ހުރި ކަމެއްވިއްޔާ ކުރަމުންދަނީ ވެސް ހަމަ ދައުލަތުގައި ފައިސާ ހުރުމުން ނޫންތޯ އެވެ.

މިހާރުވެސް ދިވެހި ދައުލަތުން 70 ބިލިއަން ރުފިޔާއިން ދަރުވާލާފައިވާއިރު، ދިވެހި ނިކަމެތި ރައްޔިތަކަށްވި ފައިދާއެއް އެމީހުންގެ ޖީބަށް އިތުރުވި ފައިސާ ފޮއްޗެއް އެބައޮތްތޯ އެވެ. ނަމަވެސް މިބުނާ ވައްކަން ކުރުމުގައި އުޅުއްވާ ބޭބޭފުޅުން، ކުންފުނިތައް ހައްދަވާ، ހިނގަމުންދާ ކުންފުނިތަކުން ހިއްސާގަނެ، ވިޔަފާރި ފުޅާކުރަމުން ވަޑައިގަންނަވާއިރު، އުޅެވޭގޮތްވެސް ހަދާންކޮށްލުން ބުއްދިވެރި ނޫންތޯ އެވެ.

މިއަދުވެސް މިފެންނަނީ އޭގެ ކުޑަކުޑަ މިސާލެއް ނޫންތޯ އެވެ. ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަކީ އޭނާގެ ޒާތުގައި ނުބައި ނުލަފާ ބޭފުޅެއް ނޫނެވެ. އަދީބަކީ ދައުލަތުގެ އިސް މަގާމަކަށް ވަޑައިގެންނެވުމުގެ ކުރިން، އެއްވެސް ބާރެއް ނުފޫޒެއް އޮތް ބޭފުޅެއްވެސް ނޫނެވެ. އޭރު އަދީބަކީ ހިތްހެޔޮ، މީހުންނާ ވަރަށް ގުޅުން ބޮޑު ބޭފުޅެކެވެ. ނަމަވެސް އަދީބަށް ވެސް މަގު އޮޅުނީ، ދިވެހި ރައްޔިތުންގެ ފައިސާއާ މުދަލަށް ހިޔާނާތް ވަމުންދިޔަ ބަޔަކާއި ގުޅިވަޑައިގެންނެވުުން ނޫންތޯ އެވެ. ދައުލަތުގެ އިސްމަގާމުތަކަށް ވަޑައިގެންނެވުމާއެކު، ލިބިލެއްވި ފުރުސަތުތަކާއި، ނުފޫޒާއި ބާރު އަދީބަށް ލިބިވަޑައިގެންނެވީ، އެހެނަކުން ނޫނެވެ. "ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެން" އަދީބުގެ ޖީބުތައް ފުރި ބަންޑުންވި އެވެ.

އަދީބަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައީސް ޔާމީނަށްވުރެ ވެސް، ބާރުގަދަ ނުފޫޒުގަދަ ބޭފުޅެއްކަން ފެންނަމުންދިޔަ މަންޒަރުތަކުން އެނގެއެވެ. ސަބަބަށްވީ، ރައީސް ޔާމީން ވެސް ވިދާޅުވާހެން، އަދީބަކީ އޭރު ސަރުކާރު ހިންގަމުންދިޔަ ޕީޕީއެމް ފައިސާ ޖަހާ މެޝިނެވެ. ޕީޕީއެމަށް ބޭނުންވާ ފައިސާ ހޯދާ އޭޓީއެމްގެ ގޮތުގައި ރައީސް ޔާމީން، އަދީބު ސިފަކުރެއްވިއިރު، އަދީބަކީ، ހަމަ ދައުލަތުން މިނިސްޓަރެއްގެ މުސާރަ ލިބޭ، ޒިންމާދާރު ވެރިއެކެވެ. އިތުރު ވިޔަފާރިއެއް ނުކުރައްވަ އެވެ. ގާނޫނުން އެކަން ކުރަން ހުއްދައެއްވެސް ނޫނެވެ. އެހެންކަމުން އަދީބަކީ ސަރުކާރާއި ޕީޕީއެމަށް ފައިސާ ހޯދާދޭ މެޝިނެއްކަމަށް ރައީސް ޔާމީން ސިފަކުރެއްވި ކުރެއްވުމުގައި ވެސް ޝައްކު އެފެދޭ ނޫންތޯ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އަދީބުގެ އަތުގައި ފައިސާ ހުންނަކަން ނޭނގޭ ދިވެހި ރައްޔިތަކު ނުހުންނާނެ އެވެ. ގިނަ ބަޔަކު އަދީބު އަރިހަށް ގޮސް ފައިސާ ހޯދާފައިވެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހުޝާމަދުކޮށްގެން ފައިސާގެ ފަހަތުން ދުވި މީހުންނެވެ. އަނެއްބަޔަކީ ކުއްލިއަކަށް ނޫޓުގެ ބޮނޑިވަަރަކުން ޖީބު ފުރާލަން ލިބުނީމާ ތައުރީފު ކުރަމުން ކައިރީގައި އުޅުއްވި ބޭފުޅުންނެވެ. ތިމާގެ މުފްތުތައް ބޮޑުކުރަން، ތިމާގެ ނެތްވަރުން އަދީބުއަށް ތަޢުރީފުކޮށް މަދަޙަ ސަނާކިޔަމުން އުޅުނު ބަޔަކުވެސް ފެނުނު ނޫންތޯ އެވެ. ޕަރުވާނާތައް ބައްތި ވަށައިގެން އުދުހި އުދުހިފައި ބޯތަޅަތަޅާފައި އުޅޭހެން އަދީބުގެ އަރިހުގައި ތަޢުރީފުގެ ޅެންބައިތުތައް ކިޔަމުން ދުވެ ފުމެ އުޅުނު މީހުންވެސް ދުށީމު ނޫންތޯ އެވެ. ތިމާގެ އަތުގައި ބާރު އޮންނައިރު، ފިރުމާފައި އަނގަޔަށް ކޭކެ ލަވާދޭނެ މީހުން ގިނަވާނެ ނޫންތޯ އެވެ. އެމަންޒަރުތައް ދުށީމު ނޫންތޯ އެވެ. ތިމާގެ އަތުގައި ބާރާއި ނުފޫޒު އޮންނައިރު، ތިމާއާއެކު އެއް ފޮޓޯއަކަށް އަރަން، އެ މަންޒަރަށް ނުކަތާވަރަށް މީހުން ފިތިބާރުވެގެންވިޔަސް އަރަން މަސައްކަތް ކުރިތައް ވެސް ފެނުނު ނޫންތޯ އެވެ. "ބްރޯ"އަކީ ތިމާގެ ވަރަށް ގާތް މީހެކޭ ބުނެ، ސިޔާސީ މީހަކު، ކީއްކުރަންތޯ އެވެ. ރާއްޖޭގައި އިސްކޮށް ކުރިން އުޅުއްވި ބައެއް ފަނޑިޔާރުންނާއި، ދައުލަތުންގެ މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ ކުރީގެ މެމްބަރުންގެ ތެރެއިން ފޮނި ކަނޑާނުލާ މީހަކު ވަރަށް މަދުވާނެ އެވެ.

ނަމަވެސް މިއަދު މިއެންމެން ކޮބައިތޯ އެވެ. އެދުވަހު އަދީބަށް، ސަނާކިޔާ، ޅެންބައިތާއި ލަވަ ހަދާ، އަނބިމީހާ ކައިރީގައި ނުބަހައްޓަހާ ކައިރީގައި އަދީބު ބެހެއްޓުމަށް އޭރު މަސައްކަތްކުރި މީހުންތައް މިހާރުވެސް ހަމަ ހެވިފައި އެތިބީ އެވެ. އެކަމަކު އަދީބު މިއަދު އޮންނަވަން ޖެހިފައިމިވަނީ ޖަލުގަ ނޫންތޯ އެވެ.

މިއީ ރަނގަޅު އިބްރަތަކަށް ފުދެއެވެ. އަދީބަކީ އޭނާގެ ޒަމާނުގައި، ބާރާއި ނުފޫޒުން އެއްވެސް ކަމެއް ކުރުމަށް ޖެހިލުންވި ބޭފުޅެއް ނޫނެވެ. އޭރު އޭނާގެ އަރިހުގައި އޭނާ ބޭނުންވާހާ ކަމެއް ކުރުމަށް 24 ގަޑުއިރު މީހުންތިބެއެވެ. މިއަދު އެކަނިމާއެކަނި ޖަލުގައި އޮންނަވަން ޖެހިފައިވާއިރު، ކުރެވުނު ކަންކަމާމެދު މައާފަށް އެދުނުނަމަވެސް އަދި ވާކަށް ނެތެވެ.

އަދީބަށް ހުކުމް އިއްވި ގާޒީ ވެސް ވިދާޅުވިހެން، ޒުވާން އުމުރުގައި ބާރުގަދަ މަގާމަކަށް ވަޑައިގެންނެވުނު ގޮތް ހަނދާން ކޮށްލަން ޖެހެއެވެ. އަދީބު ކުރައްވާފައި ވަނީ ދިވެހި ދައުލަތާއި ރައްޔިތުން ވެސް ލަދުގަނެ މުޅި ދުނިޔެއަށް ރާއްޖެ ފަލީހަތްވާނެ ފަދަ ކަމެއް ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

މަގާމުގެ، ބާރުގައި ހުންނަ ވަގުތު ކައިރީގައި ކިތަންމެ ބަޔަކު ތިބި ނަމަވެސް ކުށްވެރިވާ ވަގުތު ގާތުގައި ވާނީ ތިމާގެ ނަފުސް އެކަނި ކަމަށްވެސް ގާޒީ، އަދީބަށް ނަސޭހަތްތެރިވަމުން ވިދާޅުވި އެވެ.

މި މައްސަލަތަކުގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި ކުރެވުނު ކުށްތަކާމެދު ހިތާމަކޮށް އެ ކުށްތަކަށް ތައުބާވެވަޑައިގެންފައިވާ ކަމަށް އަދީބު ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވައި ގާޒީ ވިދާޅުވީ އަދީބު އަރައިގަނެވިފައި ވަނީ ދިވެހި ހުރިހާ ރައްޔިތުންގެ ހައްގުތަކަށް ކަމަށްވާތީ އެކަމަށް އޮތް ތައުބާއަކީ ގެއްލުނު ފައިސާ ހޯދުން ކަމަށެވެ. އަދި ދައުލަތަށް އެ ފައިސާ ދެއްކެވުން ގޮތަކަށް ދެއްކުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ހަގީގީ މަންޒަރު ސާފުވާނީ ވެސް އަދީބު އެ ވާހަކަތައް ވިދާޅުވެ ދެއްވުމުން ކަމަށްވާތީ އަދި އެފަދަ ހިޔާނާތެއް އަލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ވެސް އެ ވާހަކަަތައް ވިދާޅުވެ ދެއްވާނެ ކަމަށް އަދީބު ވިދާޅުވެފައި ވެއެވެ.

ގާޒީ ވަނީ، ބާކީ އޮތް ދުވަހު އަމިއްލަ ނަފްސު މުރާޖައާކޮށް، އެކަން ވީ ގޮތް އަމިއްލަ ނަފްސާ ސުވާލުކޮށް، އޭގެ ހަގީގަތް ދިވެހި ދައުލަތަށް ހިއްސާކޮށް، އެ ފައިސާ އަނބުރާ ދެވުނު ގޮތަކަށް ދެއްވުމަށާއި އެހެންނޫނިއްޔާ ތައުބާވި ކަމަށް ނުވާނެ ކަމަށް ވިދާޅުވެ އަދީބަށް ނަސޭހަތް ދެއްވާފަ އެވެ.

ގެއްލިފައި ވަނީ އެކެއްގެ ހައްގެއް ނޫނެވެ. ގެއްލިފައި ވަނީ މުޅި މުޖުތަމައުގެ ހައްގެކެވެ. މިއަށް އިންސާފު ހޯދައިދެވޭނީ އެ ފައިސާ ދިވެހި ދައުލަތަށް ލިބިގެން ނެވެ. އަދީބާ ހަމައިން އަދި މިކަން ނިމޭކަށް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބޮންދުން"ގެ ހައްގުތަކުގެ ބަހުސް: އިހަވަންދޫއާ ހަމައަކުން ނުނިމޭ

"ބޮންދުން"ގެ ހައްގުތަކުގެ ބަހުސް: އިހަވަންދޫއާ ހަމައަކުން ނުނިމޭ

19 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު