Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޮރައިޒަން ފިޝަރީޒް

ހޮރައިޒަންގެ މައްސަލައަށް ހައްލު ނުލިބޭތީ މެންބަރު ފިރުޝާންގެ ކަންބޮޑުވުން މަޖިލީހުގެ ރައީސަށް

5 އޮކްޓޯބަރު 2020 | ހޯމަ 06:53

މަސް ފެކްޓްރީ އެޅުމުގެ މަޝްރޫއަށް 14 އަހަރު ވީ އިރުވެސް މަސައްކަތް ނުނިމޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 5 އޮކްޓޯބަރު 2020 | ހޯމަ 06:53
ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން

ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން

މަސްފެކްޓްރީ އެއް ހެދުމަށްޓަކައި ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫން ދުކޮށްފައިވާ ބިމުގައި މަސް ފެކްޓްރީ އެޅުމުގެ މަޝްރޫއަށް 14 އަހަރު ވީ އިރުވެސް އެ މަސައްކަތަށް އެއްވެސް ސަރުކާރަކުން އަޅާނުލުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.

މި މައްސަލަ މެންބަރު ފިރުޝާން ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެނެސް މިއަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

Advertisement - newsAdvertisement

ގދ. ހޯނޑެއްދޫއާއި މުޅި ހުވަދު އަތޮޅުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުން ފާޅުކުރައްވާ މެންބަރު ފިރުޝާން ހޯމަ ދުވަހު މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫން ބިން ދޫކުރެވުނުތާ މިއަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހަށް 15 އަހަރު ފުރޭއިރު، މަސް ފެކްޓްރީ އަދިވެސް ހަދާ ނިމިފައިނުވާތީ ރާއްޖޭގެ އިގްތިސާދަށާއި އެ އަތޮޅުގެ ރައްޔިތުން ކުރާ ސީދާ ފައިދާއެއް ވެސް ނެތް ކަމަށެވެ.

މި ސިޓީގައި މެންބަރު ފިރުޝާން އިތުރަށް ވިދާޅުވެފައިވަނީ، މި މައްސަލައަށް މިހާތަނަށް އެއްވެސް އަލިމަގެއް ފެނިފައިނުވާއިރު، އެ ކުންފުނީގެ ހޯނޑެއްދޫގައި ތިބި މުވައްޒަފުން މަދުކޮށް، ބާކީ ތިބި މުވައްޒަފުންނަށް ކޮވިޑް-19 ކަމަށް ބުނެ މުސާރައިގެ ގޮތުގައި 1000 ރުފިޔާ އަށްވުރެ ދަށް އުޖޫރައެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ އެތަނުގައި ހުރި ބައެއް މުދަލާއި ވެހިކަލް ފަދަ ތަކެތިވެސް ރަށުން ބޭރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މެންބަރު ވިދާޅުވެފައި ވަނީ މި މަޝްރޫއަށް 14 އަހަރަށްވުރެ ގިނަ ދުވަސްވެފައިވީއިރު، މަސައްކަތް އެއްކޮށް ނިމިފައިނުވާއިރު، ސަރުކާރުތަކުން މިކަން މިހާ ފަސޭހަކޮށް ދޫކޮށްލައިގެން ތިބެން ޖެހޭ ސަބަބެއް އެއްގޮތަކަށް ވެސް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

ހޯނޑެއްދޫގައި މަސް ގަންނަ ސެންޓަރެއް ގާއިމު ކުރުމަށް ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 2005 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ޒަހާ މަޖިލީހަށް ހާޒިރު ކުރުމުން އެކަމަނާ އެދުވަހު ވިދާޅުވެފައި ވަނީ މި މައްސަލަ އޮތްގޮތުން މި މައްސަލަ ދެން ދާނީ ކޯޓަށް ކަމަށެވެ.

އެދުވަހު މެމްބަރުން ތަކުރާރުކޮށް މިނިސްޓަރަށް އަމާޒު ކުރެއްވި ސުވާލަކީ އެގްރިމެންޓާ ހޮރައިޒަން އިން ޚިލާފުވެފައިވާ ކަމަށް ދެކެވަޑައިގަންނަވަންތޯ އާއި އެހެންކަމަށްވާނަމަ ފިޔަވަޅު އަޅުއްވާނީ ކޮންއިރަކުންތޯ އެވެ. މިނިސްޓަރު އެ ސުވާލަށް ސީދާ ޖަވާބެއް ނުދައްވާ ވިދާޅުވީ އުންމީދުކުރެއްވި ހިސާބަށް އެމަސައްކަތް ނުދާކަމަށެވެ. އަދި ހެދިފައިހުރި އެކްސްކުލޫސިވް އެގްރިމެންޓް އުވާލައިގެން ނޫނީ މަސްވެރިންނަށް ހަމައަގު ހޯދައި ނުދެވޭނެކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ހޯނޑެއްދޫގައި މަސް ފެކްޓްރީ އެއް އެޅުމަށް ބިން ކުއްޔަށް ދީފައިވަނީ އަކަފޫޓަކަށް 15 ލާރީގެ މަގުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް