Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އެމެރިކާގެ ހާލަތު

ފިނި މޫސުމާއި ދިމާކޮށް އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވަނީ

ހޮނިހިރު ދުވަހު އެކަނިވެސް ހަތަރު ސްޓޭޓެއްގައި ވަނީ ރިކޯޑް މިންވަރަކަށް އަލަށް މީހުންނަށް ވައިރަސް ޖެހިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 އޮކްޓޯބަރު 2020 | އާދީއްތަ 15:55
ވިސްކޮންސިންގައި މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކިޔު ހަދައިގެން

ވިސްކޮންސިންގައި މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކިޔު ހަދައިގެން

ފިނި މޫސުމާއި ދިމާކޮށް އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނި މޫސުން ކަމަށްވުމާއެކު ގިނަ ބަޔަކު ތަންތަނުގެ އެތެރޭގައި ގިނަ ވަގުތު ހޭދަކުރާއިރު އެމެރިކާގެ 9 ސްޓޭޓެއްގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަަމަށް ރޮއިޓަރސް ޓެލީން ދައްކައެވެ. އެގޮތުން ފާއިތުވި ހަތް ދުވަހު ގިނަ ކޭސްތައް ފެނިފައިވަނީ މިޑްވެސްޓް އަދި ހުޅަނގު ސަރަހައްދުގައި ހުރި ސްޓޭޓްތަކުގައެވެ.

ހޮނިހިރު ދުވަހު އެކަނިވެސް ހަތަރު ސްޓޭޓެއްގައި ވަނީ ރިކޯޑް މިންވަރަކަށް އަލަށް މީހުންނަށް ވައިރަސް ޖެހިފައެވެ. މުޅި ޖުމްލަ 49،000 މީހުންނަށް އަލަށް ވައިރަސް ޖެހިފައިވާއިރު މިއީ ފާއިތުވި ހަފްތާގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑް ކުރި ދުވަސް ވެސް މެއެވެ.

މި ސްޓޭޓްތަކުގައި ދުވާލު ގަޑީގައި ފިނިހޫނު މިން ހުންނަނީ 10 ޑިގްރީ ސެލްސިޔަސްގައެވެ. ސިއްހީ މާހިރުން އަންނަނީ މީގެ އެތައް ދުވަހެއް ކުރިން ވެސް ފިނިމޫސުމާއި ދިމާކޮށް މީހުން ބޭރު ތެރޭގައި އުޅޭނެ ވަގުތު މަދުވުމާއެކު ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބުނަމުންނެވެ.

މޮންޓާނާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ފާއިތުވި ތިން ދުވަހު އިތުރުވެފައިވާއިރު ރިކޯޑް އަދަދަކަށް މީހުން ހޮސްޕިޓަލްގައި ވަނީ އެޑްމިޓްކޮށްފައެވެ. މީގެއިތުރުން ވިސްކޮންސިންގައިވަނީ ރިކޯޑް އަދަދަކަށް މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އަދި ވައިރަސް ޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. ވިސްކޮންސިންގައި ވައިރަސް އަށް ޓެސްޓްކުރެވޭ ޓެސްޓްތަކުގެ 22 އިންސައްތަ ނަތީޖާ އަކީ ޕޮޒިޓިވްއެވެ. މިއާއެކު ވިސްކޮންސިން ވެގެން ގޮސްފައިމިވަނީ މިވަގުތު އެމެރިކާގެ ސްޓޭޓެއްގައި އެންމެ މަތިން ޕޮޒިޓިވްވާ ރޭޓް އުޅޭ ސްޓޭޓަށެވެ.

ވިސްކޮންސިންގެ ގަވަރުނަރު ވަނީ އޮގަސްޓް މަހުގެ 1ން ފެށިގެން އެ ސްޓޭޓްގައި މާސްކު އެޅުން މަޖުބޫރު ކޮށްފައެވެ. އެހެންނަމަވެސް ރިޕަބްލިކުން އަންނަނީ މާސްކު އެޅުން މަޖުބޫރު ކުރުމުން މިކަމާމެދު ކޯޓުގައި ވަކާލާތު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި

03 އޮކްޓޯބަރު 2017
އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި
13 އޯގަސްޓު 2017

އެމެރިކާގައި ހިނގާ މުޒާހަރާތައް ކުށްވެރި ނުކުރުމުން ޓްރަމްޕް ހޫނު ފެނަށް!

13 އޯގަސްޓު 2017
އެމެރިކާގައި ހިނގާ މުޒާހަރާތައް ކުށްވެރި ނުކުރުމުން ޓްރަމްޕް ހޫނު ފެނަށް!
28 ޖުލައި 2017

އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

28 ޖުލައި 2017
އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި
26 ޖޫން 2017

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

26 ޖޫން 2017
މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ
26 ޖޫން 2017

ގަތަރުގެ މައްސަލައިގައި ދެ ފަރާތުންވެސް ވާހަކަތައް ފިނި ކުރަންޖެހޭ: އެމެރިކާގެ ޚާރިޖީ ވަޒީރު

26 ޖޫން 2017
ގަތަރުގެ މައްސަލައިގައި ދެ ފަރާތުންވެސް ވާހަކަތައް ފިނި ކުރަންޖެހޭ: އެމެރިކާގެ ޚާރިޖީ ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު